Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެމިލީ މިނިސްޓްރީ

ޖުލައި މަހު ފެމިލީ މިނިސްޓްރީ އަށް 228 މައްސަލަ: އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް

31 އޯގަސްޓު 2026 | ހޯމަ 05:13

ފެމިލީ މިނިސްޓްރީން ޖުލައި މަހު 228 މައްސަލައެއް ބަލާފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައަކާއި ގެވެށި އަނިޔާގެ 54 މައްސަލައެއް ހިމެނޭ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރެވިފައިވާއިރު، އެހީތެރިކަން ހޯދުމަށް އެކި ހެލްޕްލައިންތަކަށް ގިނަ އަދަދެއްގެ ކޯލްތައް ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 އޯގަސްޓު 2026 | ހޯމަ 05:13
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން | ދަ ޕްރެސް

މިދިޔަ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ މިނިސްޓްރީ އިން 2026 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ 228 މައްސަލައެއް ބަލައިގަނެ އެ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާފައިވެ އެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 34 ފިރިހެން ކުދިންނާއި 54 އަންހެން ކުދިންނެވެ.

Advertisement - newsAdvertisement

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އިހުމާލުވުމުގެ 22 މައްސަލައަކާއި ޖިންސީ ގޯނާގެ 17 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާ ފެނުމުގެ 14 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާގެ 9 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 7 މައްސަލައެއްގެ އިތުރުން ބްލެކްމެއިލް ކުރުމުގެ 4 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އަދި ބުލީ ކުރުމާއި ސައިބަރ ބުލީއިންގް، ސައިބަރ އެކްސްޕްލޮއިޓޭޝަން، އަދި ކުޑަކުދިން ގްރޫމް ކުރުން ފަދަ މައްސަލަތައް ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

ކުޑަކުދިންގެ އަޚުލާގީ މައްސަލަތަކާ ގުޅޭގޮތުން ޖުމްލަ 15 މައްސަލައެއް މިދިޔަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 11 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ. މި މައްސަލަތަކުގެ ތެރޭގައި ރުޅިގަދަވުމުގެ 3 މައްސަލައަކާއި ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލައެއްގެ އިތުރުން ސްކޫލަށް ދާން ދެކޮޅު ހެދުމުގެ 4 މައްސަލައެއް ހިމެނެ އެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އުފަންވުން ރަޖިސްޓްރީ ކުރުމުގެ އެއް މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 54 މައްސަލައެއް މި މުއްދަތުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި 45 އަންހެނުންނާއި 9 ފިރިހެނުން ހިމެނެ އެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 32 މައްސަލައަކާއި ނަފްސާނީ އަނިޔާ ނުވަތަ ބަހުގެ ހަމަލާ ދިނުމުގެ 12 މައްސަލައެއްގެ އިތުރުން ބިރުދެއްކުމުގެ 3 މައްސަލައަކާއި ޖިންސީ އަނިޔާގެ 3 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ރޭޕް ކުރުމުގެ އެއް މައްސަލައާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން 14 މައްސަލައެއް މިނިސްޓްރީ އިން ވަނީ ބަލާފަ އެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހުރި 7 ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއް މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވާ އެއް މައްސަލަ ހިމެނެ އެވެ.

މިނިސްޓްރީގެ ހެލްޕްލައިންތަކަށް ލިބުނު ކޯލްތަކަށް ބަލާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1412 ކޯލް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ކުޑަކުދިން ކުރި 943 ކޯލާއި ބޮޑެތި މީހުން ކުރި 649 ކޯލް ހިމެނެ އެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 1421 ކޯލް ލިބިފައިވާއިރު، މީގެ ތެރޭގައި 185 ކުޑަކުދިންނާއި 155 ބޮޑެތި މީހުން ކުރި ކޯލް ހިމެނެ އެވެ. ކައުންސެލިންގް ޚިދުމަތްތަކަށް ބަލާއިރު، ޖުމްލަ 226 ކައުންސެލިންގް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، 64 ޓްރެއިނިންގް ސެޝަނާއި 15 ޕޭރެންޓިންގް ސެޝަން ވެސް ވަނީ ބާއްވާފަ އެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އުފަންވިތާ 3 ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ހެލްތު އެންޑް ފެމިލީ މިނިސްޓްރީއަށް ވަދެއްޖެ

16 އޯގަސްޓު 2026
އުފަންވިތާ 3 ދުވަސްވީ ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ހެލްތު އެންޑް ފެމިލީ މިނިސްޓްރީއަށް ވަދެއްޖެ
10 ޖޫން 2026

ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

10 ޖޫން 2026
ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި
20 އެޕްރީލު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

20 އެޕްރީލު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ އާއި ފޮޓޯ ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
21 ފެބުރުއަރީ 2026

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް