Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްސަންޑްރާ ބުލޮކް

މަޝްހޫރުތަރި ސަންޑްރާ ބުލޮކްގެ ބައިވެރިޔާ ރެންޑަލްއަށް ޖެހުނު ނާރުގެ ބަލި - އޭއެލްއެސް އާ ދެކޮޅަށް ކުރި އުނދަގޫ ހަނގުރާމައިގެ ވާހަކަތައް ހިއްސާކޮށްފި

21 އޯގަސްޓު 2026 | ހުކުރު 09:43

ސަންޑްރާ ބުލޮކްގެ ބައިވެރިޔާ ބްރަޔަން ރެންޑަލް އޭއެލްއެސް ބަލީގައި މަރުވުމުގެ ކުރިން އެކަން ސިއްރުކުރަން އެދުނު ސަބަބާއި، އެ ބަލިމަޑުކަމުގެ ތެރޭގައި އާއިލާއަށް ކުރިމަތިވި ދަތިތައް އޭނާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފި. ރެންޑަލް ބެލެހެއްޓުމުގައި ދަރިންނާއި ނަރުހުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަމުން، ބުލޮކް ބުނީ މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އެ ހިތާމަތަކުން އަރައިގަނެ އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 09:43
ނިއުޔޯކް ސިޓީގައި 2018 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ބޭއްވި 'އޯޝަންސް 8' ގެ ވޯލްޑް ޕްރިމިއާގެ ތެރެއިން ސަންޑްރާ ބުލޮކް އަދި ބްރަޔަން ރެންޑަލް

ނިއުޔޯކް ސިޓީގައި 2018 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ބޭއްވި 'އޯޝަންސް 8' ގެ ވޯލްޑް ޕްރިމިއާގެ ތެރެއިން ސަންޑްރާ ބުލޮކް އަދި ބްރަޔަން ރެންޑަލް | ގެޓީ އިމޭޖަސް

ސަންޑްރާ ބުލޮކްގެ ބައިވެރިޔާ ބްރަޔަން ރެންޑަލް، ނާރުގެ ބައްޔެއް ކަމަށްވާ އޭއެލްއެސްއާ ދެކޮޅަށް ކުރި އުނދަގޫ ހަނގުރާމައާއި، އޭނާ ވަކިވެދިޔުމުން ކުރެވުނު އިހުސާސްތައް ބުލޮކް ފުރަތަމަ ފަހަރަށް ހިއްސާކޮށްފި އެވެ.

ބްރަޔަން ރެންޑަލްގެ ބަލީގެ ވާހަކަ ދައްކަމުން ބުލޮކް ބުނީ، އެ ބައްޔާ ބެހޭގޮތުން ވާހަކަދެއްކުމުގެ ހުއްދަ އޭނާއަށް އޮތީ ނުދީފައި ކަމަށެވެ. ޖޭސަން ބޭޓްމަން، ވިލް އާނެޓް އަދި ސޯން ހޭސް ހުށަހަޅައިދޭ "ސްމާޓްލެސް" ޕޮޑްކާސްޓްގެ މި ހަފުތާގައި ނެރުނު އެޕިސޯޑެއްގައި ވާހަކަދައްކަމުން ބުލޮކް ބުނީ، އެއީ ރެންޑަލްގެ އެދުމެއް ކަމަށާއި، އޭނާ އެ އެދުމަށް ފުރިހަމައަށް އިހުތިރާމްކުރި ކަމަށެވެ.

ބްރަޔަން ރެންޑަލް މަރުވީ 2023 ވަނަ އަހަރު، އުމުރުން 57 އަހަރުގަ އެވެ.

އޭއެލްއެސް ނުވަތަ "ލޫ ގެރިގްސް ޑިޒީޒް" ގެ ނަމުން މަޝްހޫރުވެފައިވާ "އެމިއޯޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް" އަކީ ސިކުނޑިއާއި މައިބަދައިގެ ނާރުތަކަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ މަތީ ބަޔާއި ތިރީ ބައިގެ މަސްތައް މަސައްކަތްކުރުމަށް ބޭނުންވާ ނާރުތަކަށް އަސަރުކުރެ އެވެ.

މި ބަލި ތަހައްމަލުކުރާ މީހުންގެ މަސްތަކުގެ ކޮންޓްރޯލް ގެއްލި، ކެއުމާއި، ވާހަކަދެއްކުމާއި، ހިނގުމުގެ ގާބިލުކަން ނެތިގޮސް، އެންމެ ފަހުން ނޭވާލުމަށްވެސް ނުކުޅެދެ އެވެ.

ބަލީގެ ވާހަކަ ސިއްރުކުރުމަށް ރެންޑަލް އެދުނު ސަބަބު އެނގޭ ކަމަށް ބުލޮކް ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު މި ބަލީގެ ހަގީގަތް އެކަނި އުފުލަން ޖެހުމުން، އެކަމުގެ ސަބަބުން އޭނާ މުޖުތަމައާ އެކަހެރިވި ކަމަށް ބުލޮކް ކިޔައިދިނެވެ.

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ބުލޮކް ހާމަކުރި ގޮތުގައި، ރެންޑަލްގެ ބަލީގެ ހަގީގަތް ދުވަސްތަކެއް ވަންދެން އެނގެނީ ހަމައެކަނި އޭނާގެ ކޮއްކޮ ޖެސީން ބުލޮކް-ޕްރާޑޯއަށް އެކަންޏެވެ. ނަމަވެސް ފަހުން އޭނާގެ ގާތް އެކުވެރިން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި، ބޭޓްމަންގެ އަންހެނުން އެމަންޑާ އަންކާއަށް އެކަން ހިއްސާކުރި ކަމަށް އޭނާ ބުންޏެވެ.

ބްރަޔަން ރެންޑަލް މަރުވުމުގެ ހަތަރު އަހަރު ކުރިންވެސް އޭނާ ވަކިވެދިޔުމުގެ ހިތާމަ ކުރަން ފަށާފައިވާ ކަމަށް ބުލޮކް ބުންޏެވެ. އަދި އެ ދެމީހުންގެ ގުޅުމުގެ ދެބައިކުޅަ އެއްބައި ދުވަސް ހޭދަވީ ރެންޑަލް ބަލި އެނދުގައި އޮއްވައި ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

މޮޑެލްއަކުން ފޮޓޯގްރާފަރަކަށް ބަދަލުވި ރެންޑަލްއާއެކު އޮތް ގުޅުން ބުލޮކް އާންމުކުރީ 2015 ވަނަ އަހަރު އެވެ. މި ދެމީހުން އެކުގައި ބުލޮކްގެ ދަރިފުޅު ލޫއީއާއި ލައިލާގެ އިތުރުން، ރެންޑަލްގެ ކުރީގެ ގުޅުމަށް ލިބިފައިވާ އަންހެން ދަރިފުޅު ސްކައިލާ ސްޓޭޓަން ރެންޑަލް ބަލައިބޮޑުކުރި އެވެ.

"އޭނާގެ ހަށިގަނޑު ވަކިވެދިޔުމުގެ މާ ކުރިން، އަހަރެންގެ ލޯބިވެރިޔާ އަހަރެންނާ ވަކިވެއްޖެ،" ބުލޮކް ބުންޏެވެ. އަދި އޭނާ މަރުވުމުގެ ކުރިން އެ ހިތާމައާ ކުރިމަތިލާނެ ވަގުތެއް ނުލިބުނީ، މެދުކެނޑުމެއް ނެތި އޭނާގެ ކަންކަމުގައި މަސްއޫލުވެ އުޅެން ޖެހުމުން ކަމަށްވެސް ބުލޮކް ބުންޏެވެ.

މި ބަލި ޖެހެން މެދުވެރިވާ ސަބަބާ ބެހޭގޮތުން އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. އަދި މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މި ބަލި ޖެހޭ މިންވަރު ކުޑަކޮށް އިތުރެވެ.

އެ ދަތި ދުވަސްވަރު ރެންޑަލްއާއި އާއިލާގެ ކަންކަން ބެލެހެއްޓުމުގައި ކުރެވުނު ތަޖުރިބާ ބުލޮކް ހިއްސާކުރި އެވެ.

ބަލިމީހުން ބެލެހެއްޓުމުގެ ކަންކަން ރޭވުމަކީ އޭނާއަށް ކުރަން އެނގޭ ކަމެއް ކަމަށާއި، އެއީ އޭނާގެ ބައްޕައަށް ދިމާވި ނުރައްކާތެރި ހާދިސާތަކާއި މަންމައަށް ޖެހުނު ކެންސަރު ބަލީގެ ސަބަބުން ދަސްވި ކަމެއް ކަމަށް ބުލޮކް ބުންޏެވެ.

"ބަލިމަޑުކަމަކީ އަހަރެން ބިރުގަންނަ ކަމެއް ނޫން. ކޮންމެ ފަދަ ހާލަތެއްގައިވެސް ބަލިމީހެއްގެ ގާތުގައި ހުންނަން އަހަރެންނަށް ކެރޭ،" ބުލޮކް ބުންޏެވެ. ނަމަވެސް، ރެންޑަލްއަކީ ބައްޕައެއްގެ ގޮތުގައި ދެކެމުން އައި ދެ ކުޑަކުދިންނަށް، ހާއްސަކޮށް އޭނާގެ އަންހެން ދަރިފުޅަށް މި ހާލަތާ ކުރިމަތިލާން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

އޭނާގެ ދަރިންނަށް ތައުރީފު ކުރަމުން ބުލޮކް ވަނީ، ރެންޑަލް ބެލެހެއްޓުމުގައި އެހީތެރިވި ހަތަރު ނަރުހުން ކޮށްދިން "އަގުނުކުރެވޭ ފަދަ" މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު "ޕީޕަލް" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުލޮކް ބުނީ، ރެންޑަލް މަރުވުމަށްފަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދިނީ ހިތާމަތަކުން އަރައިގަނެ، ދަރިންނަށް ހިތްވަރުދީ، އަލުން މަސައްކަތަށް ނުކުތުމުގެ ކުރިން އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ބުލޮކް ބޮޑަށް މަސްއޫލުވެ އުޅުނީ، އަންނަ މަހު ސިނަމާތަކަށް އަންނަ "ޕްރެކްޓިކަލް މެޖިކް 2" އިޝްތިހާރު ކުރުމުގަ އެވެ. މިއީ 1998 ވަނަ އަހަރު ނެރުނު ފިލްމުގެ ސީކުއަލްއެކެވެ. ރޮމޭންޓިކް ފެންޓަސީ މި ފިލްމުގައި ބުލޮކް އަދާކުރަނީ ސެލީ އޯވެންސްގެ ރޯލެވެ.

ސަންޑްރާ ބުލޮކް ބައިވެރިވި "ސްމާޓްލެސް" ގެ މި އެޕިސޯޑް އޮގަސްޓް 24 އިން ފެށިގެން ހުރިހާ ޕޮޑްކާސްޓް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސަންޑްރާ ބުލޮކްބްރަޔަން ރެންޑަލްއޭއެލްއެސްހޮލީވުޑް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

17 އޯގަސްޓު 2026
މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ
16 އޯގަސްޓު 2026

ބަލަން ޖެހޭ 10 ފިލްމު: މަޖާ ކޮމެޑީއިން އަސަރުގަދަ ތާރީޚީ ވާހަކަތަކަށް

16 އޯގަސްޓު 2026
ބަލަން ޖެހޭ 10 ފިލްމު: މަޖާ ކޮމެޑީއިން އަސަރުގަދަ ތާރީޚީ ވާހަކަތަކަށް
25 ޖުލައި 2026

އޯގަސްޓު މަހު ނުކުންނާނެ 5 ފިލްމެއް

25 ޖުލައި 2026
އޯގަސްޓު މަހު ނުކުންނާނެ 5 ފިލްމެއް
25 ޖޫން 2026

ޖުލައި މަހު ބަލާލަން ރަނގަޅު 5 ފިލްމް

25 ޖޫން 2026
ޖުލައި މަހު ބަލާލަން ރަނގަޅު 5 ފިލްމް
23 ޖެނުއަރީ 2026

އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް

23 ޖެނުއަރީ 2026
އޮސްކާ 2026: ނޮމިނޭޝަން ފުލް ލިސްޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް