Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަނީ

9 އޯގަސްޓު 2026 | އާދީއްތަ 11:16

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 2010 ވަނަ އަހަރު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. މި އިސްލާހުތަކާއެކު ތައުލީމީ، ސިއްހީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާތައް މިހާރަށްވުރެ ބޮޑަށް ސާފުވެ، ހިދުމަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 9 އޯގަސްޓު 2026 | އާދީއްތަ 11:16
ހެލަތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް

ހެލަތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް | ޕީއެސްއެމް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ 2010 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު ވުޖޫދުވެގެން އައިފަހުން އަދި މިހާތަނަށް އެ ގާނޫނަށް އިސްލާހެއް ގެނެވިފައި ނުވާ ކަމަށެވެ. މިހަރު ކުރިއަށް ދަނީ ކުރީގެ ގާނޫނު މުރާޖާ ކުރުމުގެ މަސައްކަތް ކަމަށް އާތިފް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިހާރު ހުރީ 2007، 2008 ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު ފަރުމާ ކުރެވިގެން އައިއިރު ހުރި ގޮންޖެންތަކެއް ނޫން ކަމަށް އާތިފް ވިދާޅުވި އެވެ. އެގޮތުން އޭރުގައި ތައްޔާރު ކުރެވުނު ބިލު އޮތްގޮތުން ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަމަށާއި ބިލުގައި ބައެއް ކަންކަން ލިޔެފައި ވަނީ ވަރަށް ތިލަކޮށް ކަމަށް އާތިފް ވިދާޅުވި އެވެ.

ތައުލީމީ، ސިއްހީ ހައްގުތައް ފަދަ ކަންކަން ލިޔެފައިހުރި ވަރަށް ތިލަކޮށް، އަލަށް އެކުލަވާލާ ޤާނޫނުގައި ވަކިވަކި ދާއިރާތަކާއި އިދާރާތަކުގެ ޒިންމާތައް ވަރަށް ސާފުކޮށް ލިޔެވޭނެ. އެފަދަ މީހުން ބާރުވެރިކުރުމުގައި ގެންގުޅޭނެ މޮޑެލްތަކަކީ ކޮބައިތޯ އާއި ވަޒީފާ ނުވަތަ މަލީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭ ކަންކަން ކަޑައެޅޭނެ
އަހުމަދު އާތިފް 

މީގެއިތުރުން މިހާރު އިސްލާހު ކުރެވެމުންދާ ގާނޫނުގައި ސިއްހީ އަދި އިޖުތިމާއީ ދާއިރާތަކުން އަދާކުރަން ޖެހޭ ޒިންމާތައް ވަރަށް ތަފްސީލްކޮށް ހުންނާނެ ކަމަށް އާތިފް ވިދާޅުވި އެވެ. އަދި ވަޒީފާއަށް ނުދެވޭ ކަމުގައިވާނަމަ މާލީ ގޮތުން އެހީތެރިކަމެއް ދިނުމާއި ކުރީގެ ގާނޫނުގައި އިސްކަން ދެވިފައި ނެތް ކަންކަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އާތިފް އިތުރަށް ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން ގެންދާ ހިދުމަތްތަކުގެ ދުވެލި ބާާރުވެގެން ދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލަކީ 2010 ވަނަ އަހަރު ޖޫން 22 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ތަސްދީގު ކުރެއްވި ގާނޫނެކެވެ. 

މި ޤާނޫނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ހައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި އެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި އެފަދަ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެކެވެ. 

އަހުމަދު އާތިފްނުކުޅެދުންތެރިކަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2025

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ހިމޭން އިހުތިޖާޖެއް ކުރަނީ

19 އެޕްރީލު 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ހިމޭން އިހުތިޖާޖެއް ކުރަނީ
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް