Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްރީއާނާ

ރީއާނާގެ އާ އަލްބަމް 10 އަހަރަށްފަހު ފެންނަން ކައިރިވެއްޖެ

6 އޯގަސްޓު 2026 | ބުރާސްފަތި 05:47

ލަވަކިޔުންތެރިޔާ ރީއާނާ އާ އަލްބަމެއްގެ މަސައްކަތް ސްޓޫޑިއޯގައި ކުރަމުންދާކަން އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ ވަނީ ކަށަވަރުކޮށްދީފަ. ރީއާނާ ބުނެފައިވަނީ އަށް އަހަރުގެ މެދުކެނޑުމަކަށްފަހު އާ އުފެއްދުމެއް ނެރޭނީ އާންމުން ބޭނުންވާ ފެންވަރުގެ ފުރިހަމަ މަސައްކަތެއް ތައްޔާރުކޮށްފައި ކަމަށް. މީގެ އިތުރުން ދެމީހުން ގުޅިގެން "ޑަބަލް އަލްބަމެއް" ނެރެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރޮކީ ވަނީ ދޮގުކޮށްފައި

ރާއްޖެ އެމްވީ | 6 އޯގަސްޓު 2026 | ބުރާސްފަތި 05:47
ނިއުޔޯކް ސިޓީގައި ހުންނަ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި 2026 މެއި 04 ވީ ހޯމަ ދުވަހު ބޭއްވި "ކޮސްޓިއުމް އާޓް" އަށް ޚާއްސަ 2026 ވަނަ އަހަރުގެ މެޓް ގާލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރީއާނާ ބައިވެރިވަނީ

ނިއުޔޯކް ސިޓީގައި ހުންނަ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި 2026 މެއި 04 ވީ ހޯމަ ދުވަހު ބޭއްވި "ކޮސްޓިއުމް އާޓް" އަށް ޚާއްސަ 2026 ވަނަ އަހަރުގެ މެޓް ގާލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރީއާނާ ބައިވެރިވަނީ | ގެޓީ އިމޭޖަސް

ލަވަކިޔުންތެރިޔާ ރީއާނާގެ ބައިވެރިޔާ އޭސެޕް ރޮކީ ބުނި ގޮތުގައި، ގާތްގަނޑަކަށް 10 އަހަރަށް ފަހު ރީއާނާގެ އާ އަލްބަމެއް ފެނިގެންދިއުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.

ބުދަ ދުވަހު "ދަ ޖޭސަން ލީ" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ރެޕަރ އޭސެޕް ރޮކީ ބުނީ، ރީއާނާ މިހާރު ހުރީ ސްޓޫޑިއޯގައި މަސައްކަތް ކުރަން ކަމަށެވެ.

މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ދެމީހުން ގުޅިގެން "ޑަބަލް އަލްބަމެއް" ނެރެން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އާ އަލްބަމަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭސެޕް ރޮކީ ބުނީ، ރީއާނާ މިހާރު އަންނަނީ އާ އުފެއްދުންތަކެއް ތައްޔާރުކުރަމުން ކަމަށެވެ.

ބާބޭޑޯސްއަށް އުފަން، އަސްލު ނަމުން ނަމަ ރޮބިން ފެންޓީ، 2016 ވަނަ އަހަރު ނެރުނު "އެންޓައި" އަލްބަމަށް ފަހު މިހާތަނަށް ފުރިހަމަ އަލްބަމެއް ނެރެފައެއް ނުވެ އެވެ.

ޕޮޑްކާސްޓް ހުށަހަޅައިދޭ ޖޭސަން ލީ، މި ދެމަފިރިންގެ ތިން ދަރިން ތިބިކަމާއި ރީއާނާގެ ދަތުރުފަތުރުތަކަށް އިޝާރާތްކޮށް، "އަލްބަމެއް ނުލިބި ލަސްވަނީ ކަލޭގެ ސަބަބުން ހެއްޔޭ" ސުވާލުކުރުމުން އޭސެޕް ރޮކީ ވަނީ އެކަން ދޮގުކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އެކަމުގެ ސަބަބަކީ އޭނާ އެއް ނޫނެވެ. އަދި ރީއާނާ އަންނަނީ ހަގީގަތުގައިވެސް އާ މިއުޒިކްތަކެއްގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ.

"އާނ، އަހަރެން އެ ވާހަކަ ދައްކައިފިން، ސޮރީ ބޭބް،" މި ވާހަކަ ހާމަކުރުމުން ރީއާނާ ހިތްހަމަނުޖެހިދާނެ ކަމަށް އިޝާރާތްކޮށް ސަމާސާ ރާގަކަށް އޭސެޕް ރޮކީ ބުންޏެވެ. އަދި މި ވާހަކަ ބުނުމުން އޭނާއަށް "މައްސަލަތަކެއް ކުރިމަތިވެދާނެ" ކަމަށްވެސް އޭނާ ބުންޏެވެ.

މި އިންޓަވިއުގައި އާ މިއުޒިކާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރީއާނާ ބުނެފައިވަނީ އާ އަލްބަމަކާ މެދު އޭނާ ހުރީ ވަރަށް އުންމީދާއެކު ކަމަށެވެ.

"ހާޕާސް ބަޒާރް" ގެ ރިޕޯޓަރަކަށް ދިން އިންޓަވިއުއެއްގައި ރީއާނާ ބުނީ، އޭނާ ބޭނުންވާ ފެންވަރުގެ އުފެއްދުމެއް މިހާރު ތައްޔާރުކުރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އާދައިގެ ފެންވަރެއްގެ އެއްޗެއް އާންމުންނަށް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި، އަށް އަހަރު މަޑުކުރުމަށްފަހު، އިތުރު ކުޑަ ދުވަސްކޮޅަކު މަޑުކޮށްލުމަކީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން ނެރުނު އަލްބަމަށްފަހު، ރީއާނާ ވަނީ ބައެއް ސިންގަލް ލަވަތައް ނެރެފަ އެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ނެރުނު "ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ" ފިލްމުގެ "ލިފްޓް މީ އަޕް" ހިމެނެ އެވެ.

ލަވަކިޔުމުގެ އިތުރުން ރީއާނާ ވަނީ ވިޔަފާރީގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އޭގެ ތެރޭގައި މަގުބޫލު މޭކަޕް ބްރޭންޑް "ފެންޓީ ބިއުޓީ" އާއި އަންނައުނު އުފައްދާ ކުންފުންޏެއް ހިމެނެ އެވެ. ފޯބްސް މެގަޒިންއިން އަންދާޒާކުރާ ގޮތުގައި 38 އަހަރުގެ ރީއާނާގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ.

މި އިންޓަވިއުގައި، އަސްލު ނަމުން ނަމަ ރަކީމް މޭޔާސް (އޭސެޕް ރޮކީ) ވަނީ އޭނާއާއި ރީއާނާ ކައިވެނީގެ ގޮތުން ގުޅިފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދޭން އިންކާރުކޮށްފަ އެވެ.

ރީއާނާއޭސެޕް ރޮކީފެންޓީ ބިއުޓީފޯބްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"

02 ފެބުރުއަރީ 2026
68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"
30 ޑިސެމްބަރު 2025

ބިޔޯންސޭ ބިލިއަނަރަކަށް!

30 ޑިސެމްބަރު 2025
ބިޔޯންސޭ ބިލިއަނަރަކަށް!
03 ޖޫން 2018

ޕްރިޔަންކާއާއި ނިކް ޖޯނަސް: ގިނަ ގިނައިން އެކުގައި ފެންނަން ފަށައިފި، ރަށްޓެހި ވެގެންކަން ހާމަ ކުރަނީ؟

03 ޖޫން 2018
ޕްރިޔަންކާއާއި ނިކް ޖޯނަސް: ގިނަ ގިނައިން އެކުގައި ފެންނަން ފަށައިފި، ރަށްޓެހި ވެގެންކަން ހާމަ ކުރަނީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް