Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައިވެނީގެ މައްސަލަ

ކައިވެނި ކުރުމަށް ބައްޕަ ވަލީ ނުދީގެން އަންހެން ކުއްޖަކު ހުށަހެޅި މައްސަލައެއް ކޯޓުން ބޭރުކޮށްލައިފި

5 އޯގަސްޓު 2026 | ބުދަ 09:54

ކައިވެނިކުރުމަށް ބައްޕަ ވަލީ ނުދިނުމުން، ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް އިހުތިސާސް ނެތް ކަމަށް ބަލައި ބޭރުކޮށްލައިފިއެވެ. މި މައްސަލަ ބަލައިނުގަތީ މައްސަލަ ރައްދުވާ ބައްޕައަކީ އެ އަތޮޅަށް ނިސްބަތްވާ މީހަކަށް ނުވާތީ ކަމަށާއި، އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ވަލީ ހޯދަން ހުށަހަޅަންޖެހޭނީ ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޯގަސްޓު 2026 | ބުދަ 09:54
ކައިވެނި

ކައިވެނި | ސޯޝަލް މީޑިއާ

ކައިވެނި ކުރުމަށްޓަކައި ބައްޕަ ވަލީ ނުދީގެން، ވަލީ ހޯދުމަށް އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕައާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލައަކީ ޅ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކު، އޭނާގެ ބައްޕައާ ދެކޮޅަށް މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި، އެ އަންހެން ކުއްޖާ މި މައްސަލަ ހުށަހަޅާފައިވަނީ ލ. އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން މައްސަލަ ބޭރުކޮށްލަން ނިންމީ، މައްސަލަ ރައްދުވާ ފަރާތް ނުވަތަ ކުއްޖާގެ ބައްޕައަކީ ލ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އަދި އެރަށަށް ނިސްބަތްވާ މީހަކަށް ނުވާތީ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާގެ ބައްޕައަކީ ޅ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ ލ. އަތޮޅުގައި ދިރިއުޅޭ މީހަކަށް ނުވާތީ، އިހުތިސާސް ނެތް ކަމަށް ބަލައި ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާފަ އެވެ.

އެ އަންހެން ކުއްޖާ ލ. އަތޮޅުގެ ކޯޓަށް މި މައްސަލަ ހުށަހަޅަން މެދުވެރިވި ސަބަބާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، އެ ކުއްޖާ ކައިވެނި ކުރަން ބޭނުންވަނީ ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހަކާ ކަމަށްވާތީ ކަމަށެވެ. އެހެންކަމުން ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެ އަތޮޅުގެ ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ބެލެވެ އެވެ.

މި މައްސަލާގައި ބައްޕަ ވަލީ ނުދީގެން ކޯޓު މެދުވެރިކޮށް ވަލީ ހޯދަން މަސައްކަތް ކުރި ނަމަވެސް، އިހުތިސާސް ފެތޭ ކޯޓަކަށް މައްސަލަ ހުށަހަޅާފައި ނުވާތީ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނު ބުނާގޮތުން، އަންހެނަކު ކައިވެނި ކުރަން ބޭނުންވުމުން އޭނާގެ ވަލީވެރިޔާ އުޒުރުވެރިވާ ނަމަ، ކޯޓު މެދުވެރިކޮށް "ވަލީއުލް ޙާކިމް" ގެ ދަށުން ކައިވެނި ކޮށްދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް އެފަދަ މައްސަލަތައް ހުށަހަޅަންޖެހެނީ ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިންނެވެ.

މެޖިސްޓްރޭޓް ކޯޓުވަލީއުލް ޙާކިމްއާއިލާއާ ބެހޭ ގާނޫނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރު!

12 ޖުލައި 2026
ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރު!
08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް