Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މާލެއާއި އެއް އަގެއްގައި ރަށްރަށަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

މައްސަލަ އެޖެންޑާކޮށްފައި އޮތީ 1 ޖަހާއިރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:20
މަޖިލީހުގެ ކޮމެޓީއެއްގެ ތެރެއިން: ފެނާއި ކަރަންޓުގެ މައްސަލަ ވަނީ ތާވަލް ކޮށްފައި

މަޖިލީހުގެ ކޮމެޓީއެއްގެ ތެރެއިން: ފެނާއި ކަރަންޓުގެ މައްސަލަ ވަނީ ތާވަލް ކޮށްފައި

މާލެއާއި އެއްއަގެއްގައި ރަށްރަށަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް ގޮވާލާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅި މައްސަލަ ބަލައިގަނެ އާދީއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

އެމައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކޮމެޓީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.

Advertisement - newsAdvertisement

ރޮޒައިނާގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި އެމައްސަލައިގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފެނާއި ނަރުދަމާ އަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ފަހުން ނަރުދަމާގެ ޚިދުމަތް އަދިވެސް ނުދެވި އޮތް ހާލުގައި ފެނުގެ ޚިދުމަތްދޭން ފެށުމަށް މީޓަރުތައް ބެހެއްޓުމަށް ފަހު، ފެންޓަނަކަށް 65ރ ގެ ރޭޓުން އެންމެ ދަށް ބޭންޑުގައި ވެސް ޗާޖްކުރާނެ ކަމަށް ރައްޔިތުންނަށް އަންގާފައިވާ ކަމަށެވެ. އެއަގަކީ ވެރިކަން ކުރާ މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދަދެއް ކަމަށާއި އެހެން އެކަން އޮތްއިރު އެންމެކުޑަމިނުން ފެނުގެ ކޮލިޓީ ބެލެހެއްޓޭނެ ނިޒާމެއް ވެސް އައްޑޫގައި އަދި ރަނގަޅަށް ޤާއިމް ކުރެވިފައިނުވާ ކަމަށް ވެސް އެމައްސަލައިގައި ވިދާޅުވެފައި ވެއެވެ.

އަދި މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން އެއަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މިޚިދުމަތް ދެމުންދާ އަގު ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާކަމަށްވެސް އެމައްސަލައިގާ ވަނީ ވިދާޅުވެފައެވެ.

އެމައްސަލައިގައި ވިދާޅުވެފައިވާ ގޮތުގައި ފެނަކީ އަސާސީ ޚިދުމަތަކަށް ވެފައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ސަރުކާރަށް ދައްކާ ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވުމުން މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ހަޤީގަތުގައި ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތުން ގިނައެވެ. އެހެންކަމުން އަސާސީ ޚިދުމަތެއްގެ އަގު އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން މާލެއަށް ވުރެ ބޮޑުކޮށް ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލިގެންދާ ކަމެއް ކަމަށް އެމައްސަލައިގާ ވިދާޅުވެފައިވެއެވެ.

އެމައްސަލައިގާ ވިދާޅުވެފައިވާ ގޮތުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަކީ ވިޔަފާރީގެ އުސޫލުން އެންމެ ބޮޑު ފައިދާއެއް ލިބޭގޮތައް ހިންގަންޖެހޭ ތަންތަނެއް ނޫނެވެ.

"ފެނަކައިގާ ސަރުކާރުން ހުޅުވާ އެކި ފަންޑުފޮށިތަކަށް ލާނެ ވަރަށް ފައިސާ ހުރުމާއި މަޖިލިސް މެންބަރުން ބާއްވާ މުބާރާތްތަކަށް ހަދިޔާކުރާނެ ފައިސާ ހުރުމާއި ސަރުކާރުން ބާއްވާ އެކި ކެމްޕޭން އިވެންޓްތައް ސްޕޮންސަރކުރުމަށް ފައިސާހުރުމާއި ބޮޑުއަގުގައި ވަކިކުންފުނިތަކަކުން ތެޔޮގަތުމަށް ޚަރަދުކުރުމަށް ފައިސާ ހުރުމާއި ފެނަކައިން ޑޮލަރުގަންނަން ހަވާލުކުރާ ފަރާތްތަކަށް ކޮމިޝަން ދޭނެ ފައިސާ ހުރުމާއި ފެނަކައިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް މަސައްކަތް ހަވާލުކުރާ ކުންފުނިތަކަށް މަސައްކަތުގެ އަގުގެ 80 ޕަސެންޓް އެޑްވާންސަށް ދައްކާނެ ފައިސާ ހުރުމުން ދައްކުވައިދެނީ ފެނަކައަކީ ފައިދާވާ ފައިސާ ގިނަ ކުންފުންޏެއް ކަން" މައްސަލައިގާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިހާރުން މިހާރަށް ފެނަކައިންދޭ ކަރަންޓާ ފެނުގެ ޚިދުމަތުގެ އަގު މާލެއާއި އެއްވަރަށް އެހެންރަށްރަށުގައިވެސް ކުޑަކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭތީ މިމައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއް މަޖިލިސް ޤަވައިދުގެ 123 ވަނަ މާއްދާގެ ދަށުން ބާއްވައި ދެއްވުމަށް އެމެންބަރުން ވަނީ އެދިފައެވެ.

މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

01 އޮކްޓޯބަރު 2017
އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!
01 އޮކްޓޯބަރު 2017

މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ

01 އޮކްޓޯބަރު 2017
މާލޭއަށްވުރެ އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ އެކަން ކޮމެޓީން ބަލަނީ
28 ސެޕްޓެމްބަރު 2017

ފެނަކައިން އައްޑޫގައި ދޭ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ގޮވާލަން: އަލީ ނިޒާރު

28 ސެޕްޓެމްބަރު 2017
 ފެނަކައިން އައްޑޫގައި ދޭ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ގޮވާލަން: އަލީ ނިޒާރު
03 ޖުލައި 2017

ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް

03 ޖުލައި 2017
ނަރުދަމާ 18 ރަށެއްގައި، ފެނުގެ ހިދްމަތް 16 ރަށެއްގައި ގާއިމުކޮށް ނިންމައިފިން: ތޯރިގް
25 ޖޫން 2017

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި

25 ޖޫން 2017
މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ ބަޔަކު އީދު ނަމާދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު