Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޔުއެފާ ޗެމްޕިއަންސް ލީގު: ޕީއެސްޖީ އަތުން ބަޔާން ބަލިވިއިރު ސެލްޓިކްއަށް ވެސް މޮޅެއް

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:48

ޕީއެސްޖީއިން ވަނީ 3-0 އަކުން ބަޔާން ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:48
ޕީއެސްޖީގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން

ޕީއެސްޖީގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ވަރުގަދަ ޕީއެސްޖީ އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބުކުރި އިރު ސެލްޓިކް ވެސް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާއި، ލީޑު ނެގީ ޕީއެސްޖީންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނިޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސްއެވެ. ބަޔާންއިން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ޕީއެސްޖީގެ ކަވާނީ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބު ކޮށްދީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު އެއްވެސް ޓީމަކަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 2-0 ގެ ނަތީޖާއަކުން ބަޔާންގެ މައްޗަށް ޕީއެސްޖީ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ބަޔާންއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައެވެ. އެގޮތުން 50 ވަނަ މިނިޓުގައި ކިމިޗް ނެގި ކޯނަރަކުން މާޓިނޭޒް ފޮނުވާލި ހަމަލާ ޕީއެސްޖީގެ ގޯލު ރޮނގު މަތިން މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވޭސްއެވެ. ބަޔާއިން ހަމަލާ އުފައްދަމުން ދަނިކޮށް ޕީއެސްޖީއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އެގޮތުން 63 ވަނަ މިނިޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ނޭމާއެވެ. އޭގެ ފަސް މިނިޓު ފަހުން ބަޔާންއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި ގްރޫޕްގައި ސެލްޓިކްއިން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ނެދަލޭންޑްސްގެ އަންޑަލެކްޓް ބަލިކޮށްފައެވެ. ސެލްޓިކްއަށް މެޗުގެ 38 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ލެއިހް ގްރިފިތްސްއެވެ. މެޗުގެ 50 ވަނަ މިނިޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ޕެޓްރިކް ރޮބާޓްސްއެވެ. ސެލްޓިކްއިން މެޗުގައި ޖެހި ތިން ވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް ސިންކްލެއާއެވެ.

މި ގްރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު ތިން ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ ބަޔާން މިއުނިކްއަށެވެ. އަދި ތިންވަނައިގައި ސެލްޓިކް އޮތް އިރު ތާވަލުގެ ފުލުގައި އޮތީ އަންޑަލެކްޓްއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް