Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް ޤުދުރަތްތެރިކަން

ﷲ ޤުދުރަތްތެރިކަން އިންސާނާގެ ނަފުސުތަކުންވެސް ދައްކަވައެވެ.

މާތްﷲގެ އަޒަލީ ޤާނޫނަކީ އެފަދަ މީހުން ބޭނުންވާހާ ގޮތަކަށް ބަދަލުކޮށް ބޭނުންހާ ގޮތެއް ހެދޭނެ އެއްޗަކަށް ނުވުމާއި އެކު އޭނާގެ ނިމިދިއުން ވަނީ ވެސް އެފަދި އެހެން ކަލާނގެއަށް އީމާން ނުވާ މީހުން ވެސް ނިމި

| 27 ސެޕްޓެމްބަރު 2017 | ބުދަ 08:02
މީހަކު ދުއާ ކުރަނީ

މީހަކު ދުއާ ކުރަނީ

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރަޝިޔާގައި ކޮމިޔުނިސްޓް ވެރިކަން އޮތް ދުވަސްވަރު ކޮމިޔުނިސްޓް ޕާޓީގެ އިސްވެޔަކު ވަރަށް ބޮޑަށް ބަލިވެ އެބަލިން އޭނާ ރަނގަޅުނުވެ ގިނަ ދުވަސްވުމުން އޭނާ އެބަލިން ސަލާމަތް ވުމަށް އެދިގެން ދުޢާ ކުރަން އިންދާ މީހަކަށް އެތަން ފެނިގެން އެމީހުން އެފަދަ ފަރާތެއް ވާކަމަށް ކުރިން ޤަބޫލު ނުކުރާ ވާހަކަ ބުންޏެވެ. އެވާހަކަ ބުނުމުން އޭނާ ބުނިކަމަށްވެއެވެ. ތިމަންމެން އެގޮތަށް ބުނިކަމުގައި ވިނަމަވެސް އެފަދަ ފަރާތެއް ވާކަމުގައި އަބަދުވެސް ހިތުގެ އަޑިން ޤަބޫލުކުރެވެއެވެ. ނަމަވެސް އެހެން މީހުންނަށް އެކަން ފާޅު ނުކުރަނީއެވެ. މިއަދު މިޙާލަތަށް އައުމުން އެފަރާތުގެ މަދަދަށް ނުވަތަ އެހީއަށް އެދެން މަޖްބޫރުވީއެވެ.

މިއީ ޙަޤީޤަތެވެ. އޭގައި އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެފަދަ ކިތައްމެ ބައެއް މިދުނިޔޭގައި އެބަ ތިއްބެވެ. އަދި މީހާރުވެސް އުޅެމުންދެއެވެ. އަދި މުސްތަޤުބަލުގައިވެސް އުޅޭނޭކަން ކީރިތި ޤުރްއާނުން ވެސް އެނގެން އެބައޮތެވެ. ފިރުޢައުނަކީ ވެސް އެއްކައު ވަންތަކަމަށް ނުވަތަ އިލާހެއް ކަމަށް ދަޢުވާކުރި މީހެކެވެ. އެންމެ ފަހު ވަޤުތު ފިރުޢައުނު ވެސް ވަނީ ތިމަން ވެސް ވަނީ ބަނޫއިސްރާއީލް މީހުން އީމާންވާ ފަރާތަށް އީމާން ވެއްޖައީމޭ ބުނެ ދަޢުވާ ކޮށްފައެވެ. ނަމަވެސް މާތްﷲގެ އަޒަލީ ޤާނޫނަކީ އެފަދަ މީހުން ބޭނުންވާހާ ގޮތަކަށް ބަދަލުކޮށް ބޭނުންހާ ގޮތެއް ހެދޭނެ އެއްޗަކަށް ނުވުމާއި އެކު އޭނާގެ ނިމިދިއުން ވަނީ ވެސް އެފަދި އެހެން ކަލާނގެއަށް އީމާން ނުވާ މީހުން ވެސް ނިމިދިއަ ގޮތަށެވެ.

މިކައުނު އުފެދިފައިވާ ގޮތުގައި މިކައުނުގައިވާ ތަކެތި އުފެދިފައިވާ ގޮތާއި މިފަދަކަންތައްތައް ދިރާސާ ކުރާ ސައިންސްވެރިންގެ ދިރާސާތަކުން މާތްﷲ ގެ ޢަޡަމަތްތެރިކަމާއި އެކަލާނގެ ކުޅަދުންވަންތަ ވެރިކަން ދޭހަނުވާ އެއްވެސް ދިރާސާއެއް ސައިންސްވެރިންނަށް ކުރެވިފައެއް ނުވެއެވެ. މާރިޔާ ސުޓެންލީއަކީ ބުރުޓޫން ޔުނިވަރސިޓީ އިން ބައިލޮޖީގެ ދާއިރާ އިން ޕީ.އެޗް.ޑީ ހަދާފައިވާ މީހެކެވެ. އޭނާ ލިޔެފައި ވާ ގޮތުގައި މި ކައުނުގައިވާ ހުރިހާ ތަކެއްޗެއް މާތްﷲ ވޮޑިގެންވާ ކަމަށް ހެކިދެއެވެ. އަދި މާތްﷲ ގެ ޤުދުރަތްތެރި ކަމާއި އެކަލާނގެ ޢަޡަމަތްތެރިކަމަށް ވެސް ހެކިދެއެވެ. އަދި އެއްވެސް ކަމެއްގައި އެކަމެއްގައި އޮތް އެންމެ ފުރިހަމަ ގޮތަކީ މިއީއެވެ. ބުނެވޭ ވަރަށް އެމީހުންނަށް ހޯދިފައި ނުވާކަމުގައެވެ. އެއީ ވަކި ގޮތަކަށް ދިރާސާތަކެއް ކުރުމަށްފަހު ދުވަސްކޮޅަކުން ނުވަތަ ޒަމާން ތަކަކަށް ފަހު ދިރާސާއެއް ކުރާއިރު އެކަން ބައެއް ފަހަރަށް ބަދަލުވެފައިވާތީއެވެ.

އައްނަމްލު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ ނާނައިގައި ވެއެވެ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެނެއްނުވެތެވެ."

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2022

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް - ޑރ. އަނާރާ

15 އެޕްރީލު 2022
އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް - ޑރ. އަނާރާ
11 ޑިސެމްބަރު 2020

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

11 ޑިސެމްބަރު 2020
އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ
09 ޖެނުއަރީ 2018

އިންސާނުންގެ ނަފުސުތަކުން ވެސް ﷲ ގެ ޤުދުރަތްތެރިކަން އެމީހުންނަށް ދައްކަވައެވެ.

09 ޖެނުއަރީ 2018
އިންސާނުންގެ ނަފުސުތަކުން ވެސް ﷲ ގެ ޤުދުރަތްތެރިކަން އެމީހުންނަށް ދައްކަވައެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު