Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްﷲގެ ޤުދުރަތްތެރިކަން

އިންސާނުންގެ ނަފުސުތަކުން ވެސް ﷲ ގެ ޤުދުރަތްތެރިކަން އެމީހުންނަށް ދައްކަވައެވެ.

ﷲގެ ޢަޒަލީ ޤާނޫނަކީ ފިރުޢައުން ފަދަ މީހުން ބޭނުންވާހާ ގޮތަކަށް ބަދަލުކޮށް ބޭނުންހާ ގޮތެއް ހެދޭނެ ކަމަކަށް ނުވާތީ، ފިރުޢައުނުގެ ނިމިދިއުން ވެސް ވީ ﷲ އަށް އީމާން ނުވާ އެފަދަ އެހެން މީހުން ވެސް ނިމިދިޔަ

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 9 ޖެނުއަރީ 2018 | އަންގާރަ 16:41
އެކި އުމުރުގެ މީހުން

އެކި އުމުރުގެ މީހުން

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރަޝިޔާގައި ކޮމިޔުނިސްޓް ވެރިކަން އޮތް ދުވަސްވަރު ކޮމިޔުނިސްޓް ޕާޓީގެ އިސްވެރިޔަކު ވަރަށް ބޮޑަށް ބަލިވެ އެބަލިން އޭނާ ރަނގަޅުނުވެ ގިނަ ދުވަސްވުމުން އޭނާ އެބަލިން ސަލާމަތްވުމަށް އެދިގެން ދުޢާ ކުރަން އިންދައި މީހަކަށް އެތަން ފެނިގެން އެމީހުން އެފަދަ ފަރާތެއް ވާކަމަށް ކުރިން ޤަބޫލު ނުކުރާ ވާހަކަ ބުންޏެވެ. އެ ވާހަކަ ބުނުމުން އޭނާ ބުނިކަމަށްވެއެވެ. ތިމަންމެން އެގޮތަށް ބުނިކަމުގައި ވިނަމަވެސް އެފަދަ ފަރާތެއް ވާކަމުގައި އަބަދުވެސް ހިތުގެ އަޑިން ޤަބޫލުކުރެވެއެވެ. ނަމަވެސް އެހެން މީހުންނަށް އެކަން ފާޅު ނުކުރަނީއެވެ. މިއަދު މިޙާލަތަށް އައުމުން އެފަރާތުގެ މަދަދަށް ނުވަތަ އެހީއަށް އެދެން މަޖްބޫރުވީއެވެ.

މިއީ ޙަޤީޤަތެވެ. އޭގައި އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެފަދަ ކިތައްމެ ބައެއް މިދުނިޔޭގައި އެބަ ތިއްބެވެ. އަދި މީހާރު ވެސް އުޅެމުންދެއެވެ. އަދި މުސްތަޤުބަލުގައި ވެސް އުޅޭނޭކަން ކީރިތި ޤުރްއާނުން ވެސް އެނގެން އެބައޮތެވެ. ފިރުޢައުނަކީ ވެސް އެއްކައުވަންތަ ކަމަށް ނުވަތަ އިލާހެއް ކަމަށް ދަޢުވާކުރި މީހެކެވެ. އެންމެ ފަހު ވަޤުތު ފިރުޢައުނު ވެސް ވަނީ ތިމަން ވެސް ވަނީ ބަނޫއިސްރާއީލުގެ މީހުން އީމާންވާ ފަރާތަށް އީމާން ވެއްޖައީމޭ ބުނެ ދަޢުވާ ކޮށްފައެވެ. ނަމަވެސް ﷲގެ ޢަޒަލީ ޤާނޫނަކީ ފިރުޢައުން ފަދަ މީހުން ބޭނުންވާހާ ގޮތަކަށް ބަދަލުކޮށް ބޭނުންހާ ގޮތެއް ހެދޭނެ ކަމަކަށް ނުވާތީ، ފިރުޢައުނުގެ ނިމިދިއުން ވެސް ވީ ﷲ އަށް އީމާން ނުވާ އެފަދަ އެހެން މީހުން ވެސް ނިމިދިޔަ ގޮތަށެވެ.

މިކައުނު އުފެދިފައިވާ ގޮތުގައި މިކައުނުގައިވާ ތަކެތި އުފެދިފައިވާ ގޮތާއި މިފަދަކަންތައްތައް ދިރާސާ ކުރާ ސައިންސްވެރިންގެ ދިރާސާތަކުން ﷲ ގެ ޢަޡަމަތްތެރިކަމާއި އެކަލާނގެ ކުޅަދުންވަންތަ ވެރިކަން ދޭހަ ނުވާ އެއްވެސް ދިރާސާއެއް ސައިންސްވެރިންނަށް ކުރެވިފައެއް ނުވެއެވެ. މާރިޔާ ސުޓެންލީއަކީ ބުރުޓޫން ޔުނިވަރސިޓީ އިން ބައިލޮޖީގެ ދާއިރާ އިން ޕީ.އެޗް.ޑީ ހަދާފައިވާ މީހެކެވެ. އޭނާ ލިޔެފައި ވާ ގޮތުގައި މި ކައުނުގައިވާ ހުރިހާ ތަކެއްޗެއް މާތްﷲ ވޮޑިގެންވާ ކަމަށް ހެކިދެއެވެ. އަދި މާތްﷲ ގެ ޤުދުރަތްތެރި ކަމާއި އެކަލާނގެ ޢަޡަމަތްތެރިކަމަށް ވެސް ހެކިދެއެވެ. އަދި އެއްވެސް ކަމެއްގައި އެކަމެއްގައި އޮތް އެންމެ ފުރިހަމަ ގޮތަކީ މިއީއެވެ. ބުނެވޭ ވަރަށް އެމީހުންނަށް ހޯދިފައި ނުވާކަމުގައެވެ. އެއީ ވަކި ގޮތަކަށް ދިރާސާތަކެއް ކުރުމަށްފަހު ދުވަސްކޮޅަކުން ނުވަތަ ޒަމާން ތަކަކަށް ފަހު ދިރާސާއެއް ކުރާއިރު އެކަން ބައެއް ފަހަރަށް ބަދަލުވެފައިވާތީއެވެ.

އައްނަމްލު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަން ހުރެ އެކަލާނގެ ދައްކަވާހުއްޓެވެ. ދެން އެކަންތައްތައް ތިޔަބައި މީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ކުރާ عمل ތަކާ މެދު غافل ވެ ވޮޑިގެނެއް ނުވެތެވެ."

އިތުރަށް ކިޔާލަން

21 މެއި 2019

ބަދަލުވަމުންދާ ޒަމާނާ އެކު އިންސާނުންގެ މެދުގައި އޮންނަ ހަމަހަމަ ކަމަށް ބުރޫ އަރަންޖެހޭތަ؟

21 މެއި 2019
ބަދަލުވަމުންދާ ޒަމާނާ އެކު އިންސާނުންގެ މެދުގައި އޮންނަ ހަމަހަމަ ކަމަށް ބުރޫ އަރަންޖެހޭތަ؟
27 ސެޕްޓެމްބަރު 2017

ﷲ ޤުދުރަތްތެރިކަން އިންސާނާގެ ނަފުސުތަކުންވެސް ދައްކަވައެވެ.

27 ސެޕްޓެމްބަރު 2017
ﷲ ޤުދުރަތްތެރިކަން އިންސާނާގެ ނަފުސުތަކުންވެސް ދައްކަވައެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު