Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޮޕަރޭޝަން ކާމިޔާބު، އެކަކަމު ބަލިމީހާ ވީ މަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީ ނާކާމިޔާބުވުމުން ވެސް، އެއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ މި އިންތިޚާބުން ޕީއެންސީ އަށް ކާމިޔާބު ލިބިފައިވާ ކަމަށް ވިދާޅުވަމުންނެވެ. ވަޒީރުގެ އަސްލު މަސްއޫލިއްޔަތުތައް ދޫކޮށްލައްވައި ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމުގައި އުޅުއްވާއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ހާލަތު އެނގިވަޑައިނުގަންނަވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޖޫން 2026 | ބުދަ 10:08
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު | ރާއްޖެއެމްވީ ގްރެފިކްސް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ވަނީ އިއުލާނު ކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ނަމަވެސް މިކަން ގަބޫލުނުކުރެވިގެން، ހަޖަމު ނުކުރެވިގެން، އިންތިޚާބުން ބަލިވި ސަރުކާރު ހިންގާ ޕީއެންސީ އިން އުޅޭ މަންޒަރު ފެންނަ އިރު ހޭންވީ ކަމެއް ނުވަތަ ކަންބޮޑުވާންވީ ކަމެއް ނޭނގެ އެވެ.

މިހާ ސާފު ކޮށް އިންތިޚާބަކުން ބަލީވީމާ ވެސް، އިންތިޚާބުން މޮޅުވީ ކަމަށް ބުނެ އެ ދައްކާ ވާހަކައިން މީހަކު ހައިރާންވެ އަންތަރީސް ވެދާނެ އެވެ. ޚާއްސަކޮށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު ގެ ވާހަކަތައް އަޑު އަހާލުމުން ހަމަ ހަގީގަތުގައި ވެސް މި ސަރުކާރަކީ "ޑެލޫލޫ" ސަރުކާރެއްކަން ހާމަ ވެ އެވެ. 

އިންތިޚާބުގެ ވަގުތީ ނަތީޖާއާއެކު، އިންތިޚާބުން ބަލިވިކަން ޔަގީންވި ހިސާބުން ވެސް މިނިސްޓަރު ރާފިއު ވަނީ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ދާއިމީ ނަތީޖާ އިއުލާނު ކޮށް، ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ދެން އިންނަވާނީ ސޯބެ ކަމަށް ކަނޑައަޅައި އެއަށް ބަދަލެއް ނާންނާނެ ކަމަށް ނިމުނު ފަހުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވެސް މިނިސްޓަރު އެ ވިދާޅުވީ ހަމަ އެހެންނެވެ. އިންތިޚާބު ކާމިޔާބު ނުވި ނަމަވެސް ކާމިޔާބު ލިބުނީ ޕީއެންސީ އަށް ކަމަށް މިނިސްޓަރު އެ ވިދާޅުވީ ނުހަނު އުފަލާއެކު އެވެ. ނުހަނު ޔަގީން ކަމާއެކު އެވެ. މިއީ ޑޮކްޓަރަކު އޮޕަރޭޝަނެއް ކުރުމަށްފަހު އޮޕަރޭޝަން ވީ ކާމިޔާބޭ، ނަމަވެސް ބަލިމީހާ ވީ މަރޭ ބުނުން ކަހަލަ ކަމެކެވެ. 

ޑިމޮކްރެސީއެއްގައި ބަލިވުމުން އެކަން ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމަކީ ސިޔާސީ ގޮތުން ދައްކަންޖެހޭ ރިވެތި ނަމޫނާ އެވެ. ނަމަވެސް، ނާކާމިޔާބީ ފޮރުވަން ބަސްމަގު އަނބުރާލައި، ބަލިވީމާ ވެސް މޮޅުވީއޭ ބުނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ. ބަލިވީ ކޮން ސަބަބަކާ ހުރެތޯ ދެނެގަނެ، ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި، މިކަލަ ސަޅިބައިސާ ކަނޑަން އުޅެގެން މިފަހަރު އެ ލިބުނީ ރައްޔިތުންގެ ފަރާތުން އިތުރު ނުރުހުމާ ރުޅިވެރި ކަމެވެ. 

މިނިސްޓަރު ރާފިއުގެ ސިޔާސީ ބަސްމަގަށްވުރެ ހިތާމަވެރި، އަދި އެއަށްވުރެ ލަދުވެތި ކަމަކީ، ގައުމުގެ ކުޅިވަރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ގައުމީ ފުޓްބޯޅަ ޓީމުގެ އަދާހަމަ މަޢުލޫމާތު އެނގިވަޑައިނުގަތުމެވެ. ދިވެހިންގެ ވިންދާ، ގައުމީ ރޫހާ ގުޅިފައިވާ ފުޓްބޯޅަ ޓީމުގެ ހާލަތާއި، ޓީމަށް ދިމާވެފައިވާ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާއިރު މިފަހުން ގައުމީ ޓީމު ކުޅުނު ތިން މެޗުން ވެސް ކުރިމަތިލާން ޖެހުނު ނާކާމިޔާބީ އެނގިވަޑައިނުގަންނަވާއިރު މިއީ ކީއްކުރާ މިނިސްޓަރެއްތޯ ހަގީގަތުގައި ވެސް ސުވާލު އުފެދެ އެވެ. 

ދުނިޔޭގެ އެހެން ގައުމުތަކުގައި ކުޅިވަރު ވަޒީރުންނަކީ ގައުމީ ޓީމުތަކުގެ ކޮންމެ މެޗެއްގެ ނަތީޖާއާއި، ކުޅުންތެރިންގެ ހާލަތާއި، އެސޯސިއޭޝަންތަކުގެ ހިންގުން ދުވަހުން ދުވަހަށް މޮނިޓަރ ކުރާ ބޭފުޅުންނެވެ. ނަމަވެސް، ރާއްޖޭގެ ކުޅިވަރު ވަޒީރު މި އުޅުއްވަނީ އަސްލު މަސްއޫލިއްޔަތަށްވުރެ ބޮޑަށް، ސިޔާސީ މަގާމު ދެމެހެއްޓުމާއި ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމުގަ އެވެ. ކެމްޕެއިން މެނޭޖްކުރުމުގަ އެވެ. އިންތިޚާބުން ބަލީމާ ވެސް މޮޅުވީ ކަމަށް ދެއްކުމަށް މަސައްކަތް ކުރުމުގަ އެވެ. 

ހަގީގަތުގައި ވެސް މިއަދު މިނިސްޓަރު ރާފިއުގެ މަގާމާ، މަސްއޫލިއްޔަތު އޮޅިއްޖެ އެވެ. މިވަރުވީމާ ދެން މިނިސްޓްރީގެ ނަން ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް ފިޓްނަސް އެންޑް ކެމްޕެއިން މެނޭޖިންގ އަށް ބަދަލު ކުރަން ވެސް ރަނގަޅެވެ. އެހެން ނޫނަސް، މިއީ މިނިސްޓަރުންނާ، މިނިސްޓްރީގެ ނަންތަކާ، މިނިސްޓްރީތަކުގެ މެންޑޭޓު ބަދަލުކޮށް، އެކްސްޕެރިމެންޓު ކުރުމުގައި މޮޅު ސަރުކާރެކެވެ. އެހެންވީމާ މި ސަރުކާރުން އެ މިނިސްޓްރީގެ ނަން ބަދަލު ކުރިޔަސް ހައިރާން ވާނެ މީހަކު އުޅޭނެ ހެނެއް ހިޔެއް ނުވެ އެވެ.

މިނިސްޓަރަށް ފަހުމުވެވަޑައިނުގެންނެވިއަސް މިއަދު ރައްޔިތުން ބޭނުންވަނީ ބަލިވީމާ މޮޅުވެއްޖެ ކަމަށް ބުނާ ކެމްޕެއިން މެނޭޖަރެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ގައުމީ ޓީމުތަކާއި ޒުވާނުންގެ ހާލަތު ދަންނަ، މަސްއޫލިއްޔަތު އަދާކުރާނެ ވަޒީރެކެވެ. 

ސްޕޯރޓްސް މިނިސްޓަރ އަބުދުالله ރާފިއުހިތަދޫ އުތުރު ބައި އިލެކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

 ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

ސޯބެ އާއެކު ފޮޓޯ އެއް ނެގުމުން، ކޮންޓްރެކްޓް ވަޒީފާއެއްގައި ހުންނެވި ޒުހައިރުގެ ވަޒީފާ އުވާލައިފި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

06 ޖޫން 2026
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ފާޑުކިޔުން އަމާޒުވުމުން، ކައުންސިލުތަކުން ބަލަހައްޓާ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް މަޑުޖައްސާލައިފި

ފާޑުކިޔުން އަމާޒުވުމުން، ކައުންސިލުތަކުން ބަލަހައްޓާ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް މަޑުޖައްސާލައިފި

02 އެޕްރީލު 2024

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު