Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. ފުލިދޫ

އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުނު ބައްޕައަކު ނިޔާވެއްޖެ

ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރަން އުޅުނު ބައްޕަ، ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހު ވަނީ ނިޔާވެފަ. އާއިލާއާއެކު ޗުއްޓީއަށް ގޮސް އުޅުނު މި މީހާ ނިޔާވީ އޮއެގަދަ ސަރަހައްދަކަށް ދިޔަ އޭނާގެ ދެ އަންހެން ދަރިން ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ހާލު ދެރަވެގެން. މި ހާދިސާގައި އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރެވިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 އެޕްރީލު 2026 | ހޮނިހިރު 02:16
މި ހާދިސާގައި ނިޔާވި ސ. ހިތަދޫ، ދުންނިކަގެ (ހ. ގިނިރާހިގެ) ޙުސައިން ޙަބީބު

މި ހާދިސާގައި ނިޔާވި ސ. ހިތަދޫ، ދުންނިކަގެ (ހ. ގިނިރާހިގެ) ޙުސައިން ޙަބީބު | ސޯޝަލް މީޑިއާ

ވ. ފުލިދޫ ގައި މިއަދު މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުނު ބައްޕައަކު، ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ސ. ހިތަދޫ، ދުންނިކަގެ (ހ. ގިނިރާހިގެ)، އުމުރުން 63 އަހަރުގެ ޙުސައިން ޙަބީބު އެވެ. 

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހުކުރު ދުވަހު ހަވީރު 3:10 ހާއިރު އެވެ. އޮޔާދިޔަ ދެ ކުދިން ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި އެ މީހާގެ ހާލު ދެރަވުމުން، ވަގުތުން ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް އެ މީހާ ވަނީ ނިޔާވެފަ އެވެ. ނިޔާވި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް ވިދާޅުވި ގޮތުގައި، ނިޔާވި މީހާ އާއި އޭނާގެ އާއިލާ އަކީ ހުކުރު ދުވަހު މެންދުރު ހާއިރު މާލެއިން އެ ރަށަށް ޗުއްޓީ އަށް ދިޔަ ބައެކެވެ. މި ހާދިސާ ހިނގާފައިވަނީ އެ އާއިލާގެ މީހުން ރަށުގެ އިރުމަތީ ފަރާތަށް މޫދަށް އެރި އުޅެނިކޮށެވެ. އިމްތިޔާޒް ފާހަގަކުރެއްވި ގޮތުގައި އެ ސަރަހައްދަކީ އަބަދު ވެސް އޮއެގަދަ އަދި ފުން ސަރަހައްދެކެވެ.

ވ. ފުލިދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އޮޔާދިޔައީ އެ އާއިލާ އާއެކު މޫދަށް އެރި އުޅުނު އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނެވެ. އެ ދެ ކުދިން އޮޔާދަނިކޮށް ފެނުމުން، އެ ކުދިން ސަލާމަތް ކުރުމަށް ބައްޕަ މޫދަށް ފުންމާލައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ. މި ހާދިސާގައި އޮޔާދިޔަ ދެ ކުދިން ވަނީ ސަލާމަތް ކުރެވިފަ އެވެ. އަދި އެ ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހަފްތާ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާއިރު، މޫދަށް އެރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

ވ. ފުލިދޫ

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

12 ހެކްޓަރުގެ ބިމެއް ހިއްކުމަށް ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

19 ސެޕްޓެމްބަރު 2025
12 ހެކްޓަރުގެ ބިމެއް ހިއްކުމަށް ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2023

ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

19 ޑިސެމްބަރު 2023
ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި
17 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

17 ޖުލައި 2023
ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި
14 މާރިޗު 2023

ވ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލުގެ މިހާރު ކުރިއަށްދަނީ ފައުންޑޭޝަނަށް ތައްޔާރުވުމުގެ މަސައްކަތް - އެޑިއުކޭޝަން

14 މާރިޗު 2023
ވ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލުގެ މިހާރު ކުރިއަށްދަނީ ފައުންޑޭޝަނަށް ތައްޔާރުވުމުގެ މަސައްކަތް - އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު