Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލިދޫ ޕޮލިސް ޕޯސްޓު

ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

ޚިދުމަތް އެންމެ ފުރިހަމަކަމާއެކީ ފޯރުކޮށްދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 09:53
ފުލިދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަނީ

ފުލިދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަނީ

ވ. ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށުގައި ގާއިމުވެތިވެ ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މި ރަސްމިއްޔާތުގައި ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި، އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު، އިބްނުބަތޫތާ އާއި ޕިރާޑް ފަދަ ބޭފުޅުން ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ވަރަށް އަމާން އޮމާން ގައުމެއްގެ ގޮތުގައި ކަމަށާއި މި އަމާންކަމާއި ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ގައުމުގެ އިގްތިސާދީ ސިނާއަތް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށްވާއިރު ފަތުރުވެރިންގެ ތެރޭގައި ހިނގާ ތަފާތު ކުށްތަކާއި، ފަތުރުވެރިކަމުގެ ތެރޭގައި ހިނގާ ނޭއްގާނީ އަމަލުތައް ކަމުގައިވިއަސް އެފަދަ ކަންކަން ބަންދުކުރާނެ ދޮރެއް ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިގޮތުން ވ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު އަތޮޅެއްކަމަށާއި ފުލިދުއަކީ ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންއަންނަ ރަށަކަށްވާއިރު މި އިފްތިތާހު ކުރެވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އެހީ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަރައްގީއާއި ތަމައްދުންގެ ރޭހުގައި މިގައުމު ކުރިއަރައިދާއިރު ގައުމުގެ އަފްރާދުންގެ މެދުގައި އޮންނަ މި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބުރޫއަރާ މިފަދަ ރިވެތި އާދަތައް ފަނޑުވަމުންދާތަން ފެންނަކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މުޖުތަމައަކީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައިވާ މުޖުތަމައުތަކަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތަކީ އެންމެ މުހިންމު ޚިދުމަތްކަން ފާހަގަކުރައްވައި މި ޚިދުމަތް އެންމެ ފުރިހަމަކަމާއެކީ ފޯރުކޮށްދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައި، އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ އަދަދު އިތުރުވެގެން ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ފުލިދޫ ކައުންސިލް ރައީސް މުޙައްމަދު އިމްތިޔާޒްގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

ވ. ފުލިދޫމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު