Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓާބެހޭ ޝަކުވާ

ދިވެހި ރައްޔިތުންނަކީ ވައްކަން ކުރާ، އޮޅުވާލާ ބައެއް ކަމަށް ސަރުކާރުން ބުނުމުން އިދިކޮޅު ފަރާތްތައް ރަތަށް

ހައުސިން މިނިސްޓްރީން މިކަން ކޮށްފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 11:16
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދިވެހި ރައްޔިތުންނަކީ ވައްކަން ކުރާ އަދި އޮޅުވާލާ ބައެއް ކަމަށް ސަރުކާރުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި ވައްކަންކޮށް، ރައްޔިތުންނަށް އޮޅުވާލަމުން ދަނީ މިސަރުކާރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން 661 ފަރާތަކަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުއިއްޒުއަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މިނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ދަށުން ބޯހިޔާވަހިކަށް ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާއިރު ނުވަތަ ތަރުތީބު ކުރާއިރު ބޮޑެތި އޮޅުވާލުންތައް ސަރުކާރުން ގެންގުޅޭނަމަ އެކަންކަން ސާފު ކުރުމަށް ނޫސްވެރިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހުރި ޝަކުވާތަކާއި ގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ހައުސިންގ މިނިސްޓަރު މުއިއްޒު ޖަވާބު ދެއްވުމުގެ ބަދަލުގައި ނޫސްވެރިން ނިކަމެތިވާ ކަހަލަ ވާހަކަތައް ވިދާޅުވުމަކީ އެއްގޮަތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

"މިކަމަކީ ސީދާ ވައްކަން ކޮށްގެން، މަކަރު ހަދައިގެން، އޮޅުވާލައިގެން ކުރާކަމެއް. މިކަމުގައި މެޑަމްގެ އޮފީސް އިސްކޮށް ބައިވެރިވެގެން މިނިސްޓަރު ސައީދު އިސްކޮށްހުރެގެން ކޮށްފައިވާ ކަމެއް. މިއަދު އެނގިއްޖެ މުއިއްޒު ވެސް ސީދާ ބައިވެރިވެގެން ކޮށްފައިވާ ކަމެއް. މެޑަމް އޮފީސް މިކަމުގައި އެންމެ އިސްކޮށްއޮތީ،" މަހްލޫފް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވީ ފްލެޓަށް އެދޭ ފޯމް ހުށަހެޅުމުން، އެމިނިސްޓްރީގެ ބެލުންތަކުން ބެލުމަށް ފަހު މާކްސް ލިބިފައިވާ ގޮތް ފޯމް ހުށަހެޅި ފަރާތްތަކަށް ލިޔުމުން ދޫކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިނިސްޓްރީން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކެއް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް އެކަން ކޮށްފައިނުވާކަމަށެވެ.

"މިއަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަވެއްޖެ އަޅުގަނޑުމެންނާއި ރައްޔިތުން މިދައްކަމުންދާ ވާހަކަތަކުގައި ހަގީގަތްތަކެއްވާކަން. ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ރައްޔިތުން ކުށްވެރި ކުރާގޮތަށް މިނިސްޓަރުގެ ވާހަކަ ބައްޓަންކޮށްފައިވަނީ،" ޝިފާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިމާރާތް ކުރަމުންދާ ގިނަ ހައުސިންގ ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުންތަކުގައި ސޮއި ކުރައްވާފައިވާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ނަގާފައިވާ ލޯނުން ކަމަށެވެ. އެ ލޯނު އަދާ ކުރަނީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކަމަށްވާތީ އެ ފްލެޓްތަކާއި ގުޅޭގޮތުން އޮޅުން ފިލުވަން ޖެހޭ ކަންކަން އޮޅުންފިލުވުމުގެ ހައްގު ކޮށްމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"ފުރަތަމަ ފޯމް ބަލައިގަނެފަ އެދޭ މާކްސް، ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށް ހަތަރު ވަނަ ފަހަރަށް ޗެކް ކުރުން، ޗެކް ކުރަން ވެސް ޖެހޭނެ. ގޭގެއަށް ގޮސް ބަލަންވެސް ޖެހޭނެ، ވަރަށް ރަނގަޅަށް ވެރިފައި ކުރަންޖެހޭނެ، އެކަމުގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުގެ ނަމުގައި އޮޕަރޭޓް ކުރާތަނަކުން މީސްމީހުންނަށް ގުޅާފަ ފްލެޓާބެހޭ މައުލޫމާތު އެމީހުން ކައިރީގައި އެހުން އެއީ މައްސަލައެއް،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު