Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ޔުއެފާ ޔޫރޮޕާ ލީގު: ސަންޗޭޒް އެނބުރި އައިސް އާސެނަލް މޮޅުކޮށްދީފި

ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 15 ސެޕްޓެމްބަރު 2017 | ހުކުރު 14:04
ސަންޗޭޒް ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ސަންޗޭޒް ލަނޑު ޖެހުމަށްފަހު އާސެނަލް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ޔުއެފާ ޔޫރޮޕާ ލީގުގައި އެލެކްސަސް ސަންޗޭޒް އެނބުރި އައިސް އާސެނަލް މޮޅުކޮށްދީފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ކޮލޯން އިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮޑޯބާ އެވެ.

މި ލަނޑަށްފަހުވެސް ކޮލޯން އިން ދިޔައީ އާސެނަލްގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. އެހެންނަމަވެސް އާސެނަލް އިން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދާ ކޮލޯންގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ކޮލޯން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަސިނަކް އެވެ. މި ލަނޑަށްފަހުވެސް އާސެނަލް އިން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.

އެގޮތުން 67 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެލެކްސަސް ސަންޗޭޒް ވަނީ އާސެނަލް އަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މެޗު ނިމުމުގެ ކުރިން އާސެނަލް އަށް ލީޑު ފުޅާކޮށްދިނީ ހެކްޓާ ބެލެރިން އެވެ. މެޗުގެ ފަހު 10 މިނެޓު އާސެނަލް އިން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު