Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ހެލޯ ކިޓީ

ހެލޯ ކިޓީގެ ފަރުމާތައް ހެދުމުގައި 46 އަހަރު އިސްކޮށް އުޅުމަށްފަހު ޔޫކޯ ޔަމަގޫޗީ މަގާމު ދޫކޮށްލަނީ

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ހެލޯ ކިޓީ" ފަރުމާކުރުމުގައި 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރި ޔޫކޯ ޔަމަގޫޗީ، އޭނާގެ މަގާމުގެ ޒިންމާތައް އާ ޖީލަކާ ހަވާލުކުރަން ނިންމައިފި. ޔަމަގޫޗީގެ ދައުރުގައި މި ކެރެކްޓާ ވަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ފްރެންޗައިޒަށް ބަދަލުވެ، އެކި ބްރޭންޑްތަކާއި ވިޔަފާރިތަކުގައި ބޮޑު ކާމިޔާބީއެއް ހޯދާފައި. މަގާމުން ވަކިވި ނަމަވެސް، 2026 ވަނަ އަހަރާ ހަމައަށް އާ ފަރުމާކުރުންތެރިޔާ އަށް އިރުޝާދު ދިނުމުގައި ޔަމަގޫޗީ ދެމިހުންނާނެ ކަމަށް ސަންރިއޯ ކުންފުނިން ހާމަކުރޭ.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 10:01
ހެލޯ ކިޓީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ސުޕަކެންޑީ ޕޮޕް-އަޕް މިއުޒިއަމް" ގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން، އެ ބްރޭންޑްގެ ލޯގޯ ޖަހާފައިވާ ތަފާތު އުފެއްދުންތައް ދައްކާލަނީ.

ހެލޯ ކިޓީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ސުޕަކެންޑީ ޕޮޕް-އަޕް މިއުޒިއަމް" ގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން، އެ ބްރޭންޑްގެ ލޯގޯ ޖަހާފައިވާ ތަފާތު އުފެއްދުންތައް ދައްކާލަނީ. | ގެޓީ އިމޭޖަސް

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ހެލޯ ކިޓީ" ކެރެކްޓާ ފަރުމާކުރުމުގައި 46 އަހަރު ހޭދަކުރުމަށްފަހު، އެ ކެރެކްޓާގެ ފަހަތުގައި ހުރި މައި ފަރުމާކުރުންތެރިޔާ މަގާމުން ވަކިވާން ނިންމައިފި އެވެ.

ހެލޯ ކިޓީއަކީ އަސްލު ބުޅަލެއް ނޫން ކަމަށާއި، އެއީ ލަންޑަނަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖެއް ކަމަށް ބުނާއިރު، 1975 ވަނަ އަހަރު މި ކެރެކްޓާ އުފަންވިތާ ފަސް އަހަރު ފަހުން، 1980 ވަނަ އަހަރު ޔޫކޯ ޔަމަގޫޗީ ވަނީ މި ކެރެކްޓާ ފަރުމާކުރުމުގެ ޒިންމާއާ ހަވާލުވެފަ އެވެ.

ހެލޯ ކިޓީއަކީ ޖަޕާނުގައި އުފެދުނު ދުވަހުން ފެށިގެން ވެސް ބޮޑު މަގުބޫލުކަމެއް ލިބުނު ކެރެކްޓާއެކެވެ. އެއާ އެކު ޔަމަގޫޗީގެ 40 އަހަރަށްވުރެ ދިގު ދައުރުގައި، މި ކެރެކްޓާ ވަނީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ފްރެންޗައިޒަށް ބަދަލުވެފައެވެ.

ހެލޯ ކިޓީގެ މައި ކުންފުނި ކަމަށްވާ ސަންރިއޯ އިން ބުނި ގޮތުގައި، ޔަމަގޫޗީ މިހާރު ވަނީ އޭނާގެ މަގާމުގެ "ބެޓަން" އާ ޖީލަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ އޭނާ ގެ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ހެލޯ ކިޓީ ދުނިޔެއަށް ތައާރަފްވީ ޖަޕާނުގެ 'ކަވާއީ' ސަގާފަތް ނުވަތަ އަންހެންވަންތަ ސިފަތަކަށް ބިނާ ކޮށެވެ. އެއާއެކު އެ ފަރުމާތަކަށް ދުނިޔޭގެ ސަމާލުކަން ލިބެން ފެށި އެވެ.

ޔަމަގޫޗީ އަކީ އާންމު ތަންތަނަށް ނުކުމެ އުޅޭއިރު ވެސް، ހެލޯ ކިޓީގެ ސްޓައިލަށް ފަރުމާކޮށްފައިވާ ހެދުންތައް އަޅާ، ބޮލުގެ އިސްތަށިގަނޑު ވެސް އެފަދަ ގޮތަކަށް ހަދައިގެން އުޅޭ ފަރާތެކެވެ.

ޔޫކޯ ޔަމަގޫޗީ އަކީ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު "ހެލޯ ކިޓީ" އާ އެއްގޮތަށް ހެދުން އަޅައިގެން އުޅުނު މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެއް.
ޔޫކޯ ޔަމަގޫޗީ އަކީ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު "ހެލޯ ކިޓީ" އާ އެއްގޮތަށް ހެދުން އަޅައިގެން އުޅުނު މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެއް.

މިހާރު އުމުރުން 70 އަހަރުގެ ޔަމަގޫޗީ އަކީ "ހެލޯ ކިޓީ އަކީ އެންމެންގެ ލޯބި ލިބިފައިވާ ކެރެކްޓާއަކަށް ހެދި ފަރާތް" ކަމަށް ސަންރިއޯ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، "އާޔާ" ގެ ނަމުން މަޝްހޫރުވެފައިވާ އެހެން ފަރުމާކުރުންތެރިއަކު މިހާރު ވެސް ޔަމަގޫޗީއާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، 2026 ވަނަ އަހަރު ނިމުމުގެ ކުރިން އޭނާ އެ މަގާމާ ފުރިހަމަ އަށް ހަވާލުވާނެ އެވެ.

މަގާމުން ވަކިވި ނަމަވެސް، ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަމަގޫޗީ ސަންރިއޯ ކުންފުނީގައި ދެމިހުންނާނެ އެވެ.

ހެލޯ ކިޓީގެ ކެރެކްޓާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1980 ވަނަ އަހަރު ފައިސާ އަޅާ ކުޑަ ދަބަހަކުންނެވެ. އޭގެ ފަހުން މިއީ މުޅި ދުނިޔޭގެ މާކެޓިންގައި ބޮޑު އިންގިލާބެއް ގެނައި ބްރޭންޑަކަށް ވަނީ ވެފައެވެ.

މި ކެރެކްޓާ ވަނީ ހެދުމާއި، ގަހަނާއާއި، ވީޑިއޯ ގޭމްތަކުގެ އިތުރުން އެއާބަސް މަތިންދާބޯޓެއްގައި ވެސް ބޭނުންކޮށްފަ އެވެ. އަދި ޔުނިސެފް، ނިންޓެންޑޯ އަދި ބަލެންސިއާގާ ފަދަ ބޮޑެތި ބްރޭންޑްތަކާއެކު މަސައްކަތްކޮށް، މޭސީސް ތޭންކްސްގިވިންގް ޕެރޭޑުގައި ވެސް މި ކެރެކްޓާ ވަނީ ބޭނުންކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެލޯ ކިޓީ ކެފޭތައް ހުރިއިރު، ޖަޕާނުގައި މި ކެރެކްޓާއަށް ހާއްސަ ތީމް ޕާކެއް ވެސް ހުރެއެވެ. މީގެ އިތުރުން ޗައިނާގައި ވެސް މިފަދަ ޕާކެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޖަޕާނުން އުފެއްދި ޕޮކެމޮން ފަދަ އެހެން އުފެއްދުންތަކާ ހިލާފަށް، ހެލޯ ކިޓީގެ މާ ބޮޑު ފަސްފަހަތެއް ނުވަތަ "ބެކްސްޓޯރީ" އެއް ނޯވެ އެވެ. ސަންރިއޯ އިން ބުނާ ގޮތުގައި ހެލޯ ކިޓީ އަކީ "އިންސާނެއް ނޫނެވެ. އަދި އެއީ މުޅިން ބުޅަލެއް ވެސް ނޫނެވެ."

ސަންރިއޯގެ މައުލޫމާތުތަކަށް ބަލާއިރު، ހެލޯ ކިޓީ އުފަންވީ ލަންޑަނަށެވެ. އޭނާގެ "މިމީ" ކިޔާ އެއްމާބަނޑު ދައްތައަކާއި "ޑިއަރ ޑެނިއަލް" ކިޔާ ލޯބިވެރިއަކު ހުރެ އެވެ.

ހެލޯ ކިޓީ އެންމެ ފުރަތަމަ ސިނަމާތަކުން ފެނިގެންދާނީ 2028 ވަނަ އަހަރު ވޯނާ ބްރަދާސްއިން ނެރޭ ފިލްމަކުންނެވެ. މީގެ ކުރިން ބައެއް އެނިމޭޓެޑް ސިލްސިލާތަކުން ފެނިފައިވީ ނަމަވެސް، އަނގަ ނުހުންނާތީ މިހާތަނަށް މި ކެރެކްޓާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ހެލޯ ކިޓީޔޫކޯ ޔަމަގޫޗީސަންރިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
30 އަހަރުވުމަށް ފަހު ކާމިޔާބު މީހެއްގެ ގޮތުގައި ހުންނާނީ ކިހިނެއް؟

30 އަހަރުވުމަށް ފަހު ކާމިޔާބު މީހެއްގެ ގޮތުގައި ހުންނާނީ ކިހިނެއް؟

30 ޖުލައި 2018
މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

މިއަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ރޭސް 3

17 ޖޫން 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު