Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ

އޮމާންގެ އޯކިއު ގްރޫޕުގެ ހަކަތަ އާއި މުދާ ވިޔަފާރިކުރާ ގޮފި ކަމަށްވާ އޯކިއު ޓްރޭޑިންގް އިން، އެސްޓީއޯ އަށް ފައިނޭންސިންގް ފެސިލިޓީ އެއް ހަމަޖައްސައިދީފި

އޮމާންގެ އޯކިއު ޓްރޭޑިންގް (އޯކިއުޓީ) އާއި އެސްޓީއޯއާ ދެމެދު އެއްބަސްވި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރުވެ، ތެޔޮ ގަތުމުގައި އެސްޓީއޯ އިން ގެންގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ ކުންފުނިން ގަބޫލުކުރޭ. މިއީ ހަމައެކަނި ތެޔޮ ފޯރުކޮށްދިނުމުގެ ބަދަލުގައި، މާލީ އަދި ލޮޖިސްޓިކްސް ހިމެނޭހެން ހެދި އެއްބަސްވުމެއް ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 16:56
އޯކިއު ގްރޫޕުގެ ދަށުން ހަކަތައާއި މުދަލުގެ ވިޔަފާރި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއަށްގެންދާ ގޮތްޕަކީ އޯކިއު ޓްރޭޑިންގ (އޯކިއުޓީ).

އޯކިއު ގްރޫޕުގެ ދަށުން ހަކަތައާއި މުދަލުގެ ވިޔަފާރި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއަށްގެންދާ ގޮތްޕަކީ އޯކިއު ޓްރޭޑިންގ (އޯކިއުޓީ). | މަސްކަޓްޑެއިލީ

އޮމާންގެ އޯކިއު ގްރޫޕުގެ ހަކަތަ އާއި މުދާ ވިޔަފާރިކުރާ ގޮފި ކަމަށްވާ އޯކިއު ޓްރޭޑިންގް (އޯކިއުޓީ) އިން، ރާއްޖޭގެ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މެދު ރާސްތާގެ ފައިނޭންސިންގް ފެސިލިޓީއެއް ހަމަޖައްސައިދީފިކަން ބުދަ ދުވަހު އިއުލާންކޮށްފި އެވެ.

އޮމާންގެ ދުވަހު ނޫސް 'މަސްކަޓް ޑެއިލީ' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ދަތުރުފަތުރާއި، ކަރަންޓު އުފެއްދުމާއި އަދި އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ލައިޓް އެންޑް މިޑްލް ޑިސްޓިލޭޓް ތެލުގެ ބާވަތްތައް މެދު އަދި ދިގު ރާސްތާ ގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.

Advertisement - businessAdvertisement

އޯކިއުޓީ އާއި އެސްޓީއޯ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އިއުލާންކުރި މި ނިންމުމަކީ، ބައިނަލްއަގުވާމީ ވިޔަފާރި ފުޅާކުރުމަށް އޯކިއުޓީން ގެންގުޅޭ ސްޓްރެޓެޖިކް ސިޔާސަތުގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ މަގްސަދަކީ އޮމާން ސަރަހައްދީ ގޮތުން އޮތް މުހިންމު މަގާމުގެ ބޭނުން ހިފައި، ދެކުނު އޭޝިއާގެ ކުރިއަރަމުން އަންނަ މާކެޓްތަކާ ހަކަތައިގެ ވަސީލަތްތައް ގުޅުވައިދިނުން ކަމަށް ބުނެފައިވެ އެވެ.

މި އެއްބަސްވުން އިއުލާންކޮށްފައި މިވަނީ، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ވަފުދެއް އޯމާނަށް ކުރި ޒިޔާރަތަށް ފަހުގައެވެ. 

އޯކިއުޓީގެ ސީއީއޯ ވައިލް އަލް ޖަމާލީ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ އިތުބާރު ހުރި ބައިވެރިއެއް ކަމަށްވާ އެސްޓީއޯ އާ އެކު މި އެއްބަސްވުމަށް އާދެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖެ އަށް މެދުކެނޑުމެއް ނެތި ހަކަތަ ފޯރުކޮށްދިނުމަށާއި، ދެ ކުންފުނީގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޯކިއުޓީން މަސައްކަތް ކުރަނީ ހަމައެކަނި މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި، މާލީ ގޮތުން އީޖާދީ ހައްލުތަކެއް ހިމެނޭ ގޮތަށް ބައިވެރިންގެ އޮޕަރޭޝަނަލް ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ. އަދި އޯކިއުޓީގެ ގާބިލުކަމަށް އެސްޓީއޯއިން ބަހައްޓާ އިތުބާރަށްޓަކައި އެސްޓީއޯ އަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

މި ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ މުހިންމު ދާއިރާތަކަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށާއި، ތެޔޮ ގަތުމުގައި އެސްޓީއޯ އިން ގެންގުޅޭ ސިޔާސަތުތައް ވަރުގަދަކުރުމަށް މަގުފަހިވާނެ ކަމަށް ބުނެފައިވެ އެވެ. މާލީ އެހީތެރިކަމާއެކު ތެޔޮ ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުމަކީ، ގައުމީ ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށް އޯކިއުޓީން ފޯރުކޮށްދޭ ފުރިހަމަ ހައްލެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހީމް އާ ހަވާލާދީ މަސްކަޓް ޑެއިލީ އިން ބުނެފައި ވަނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރުކުރުމަށް އެސްޓީއޯ އިން ކުރާ މަސައްކަތަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށެވެ. އޯކިއުޓީ އާ އެކު އޮތް މި ބައިވެރިވުމުގެ ސަބަބުން، ގައުމީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މާލީ ލުއިފަސޭހަކަމާއި މުދަލުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި އެއްބަސްވުމުން ހާމަވަނީ ހަކަތައިގެ ވިޔަފާރިކުރާ ފަރާތްތަކުގެ ދައުރު ފުޅާވަމުންދާ މިންވަރެވެ. އެގޮތުން ހަމައެކަނި ތެޔޮ ފޯރުކޮށްދިނުމުގެ ބަދަލުގައި، ފައިނޭންސިންގް އާއި، ލޮޖިސްޓިކްސް އަދި ރިސްކް މެނޭޖްމަންޓް ހިމެނޭހެން ފުރިހަމަ ހައްލުތަކެއް މިހާރު ފޯރުކޮށްދެއެވެ.

އޯކިއުޓީގެ ބައިނަލްއަގުވާމީ ވިޔަފާރި ފުޅާވަމުންދާއިރު، އެ ކުންފުނިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި މިފަދަ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދީ، ބޯޑަރު ހުރަސްކޮށް ހިންގާ ހަކަތައިގެ ވިޔަފާރިތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަރުވަމުންނެވެ.

އޯކިއު ޓްރޭޑިންގ (އޯ.ކިއު.ޓީ) އަކީ ހަކަތައާއި އެކި ބާވަތްތަކުގެ މުދާ ބައިނަލްއަޤުވާމީ ބާޒާރުގައި ވިޔަފާރިކުރުމަށް އޮމާން ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު ކުންފުންޏެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރުގައި ކަނޑައެޅޭ ބާވަތްތަކުގެ މުދާ ހޯދުމާއި، އެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައިދިނުމާއި، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މާކެޓްކުރުމުގެ ޒިންމާ އުފުލުމެވެ.

އޯކިއު ޓްރޭޑިންގްޝިމާދު އިބްރާހިމްސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އޮމާން-ދިވެހިރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީ 4.14 ބިލިއަން ރުފިޔާ އަށް

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީ 4.14 ބިލިއަން ރުފިޔާ އަށް

31 ޖެނުއަރީ 2026
އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

އެސްޖޭ މިސްކިތް ނުނިމި އޮތީ މިނިސްޓްރީގެ ޣައިރު ޒިންމާދާރުކަމުން: "އީއޯޓީ އެޕްރޫވް ނުކުރޭ، އެއްބަސްވުން އާ ނުކޮށް ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައި"

29 ޖެނުއަރީ 2026
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި

ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި

08 ޖުލައި 2025
ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ފެނަށް

ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ފެނަށް

03 ޖުލައި 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު