Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއީޒެޑް

ރާއްޖޭގެ ކަނޑުތަކުން މައުދަނާއި ތެޔޮ ހޯދަން މަސައްކަތް ކުރަން އުޅުމީ މުއިއްޒު ހައްދަވާ ބޮޑު ގޯހެއް: ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ

ރައީސް މުއިއްޒު ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި އިންވެސްޓްކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައި ޖެނުއަރީ 27 ގައި އެ ލިސްޓަށް ބަދަލު ގެންނަވައިފި. ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޝައުނާ ވިދާޅުވީ މިއީ ދުރުވިސްނުމެއް ނެތް ބޮޑު ގޯހެއް ކަމަށާއި މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކާ ކުރިމަތިވެ މަސްވެރިކަމުގެ ސަރަހައްދުތައް ހަލާކުވެ ފަތުރުވެރިކަމުގެ އަގު ވެސް ވެއްޓިގެންދާނެ ކަމަށް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 09:38
އެންވަޔރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ލިބެމުންދާ ރިޕޯޓުތައް ބަލައި، އެކަންކަމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަނީ - މެއި 21، 2024. (ފައިލް)

އެންވަޔރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ލިބެމުންދާ ރިޕޯޓުތައް ބަލައި، އެކަންކަމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަނީ - މެއި 21، 2024. (ފައިލް) | އެކްސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން މައުދަން ހޯދުމަށާއި ތެޔޮ ހޯދުމުގެ ހުއްދަ ލިބިދޭ ގޮތަށް ރައީސް މުއިއްޒު ހަމަޖެއްސެވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތަކުގެ ތެރޭގައި ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމަނައި، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެ ލިސްޓަށް ބަދަލު ގެންނަވާފަ އެވެ.

Advertisement - newsAdvertisement

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގުތިސޯދީ މަސައްކަތްތައް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން މުރާޖައާ ކޮށް ރައީސްގެ ގަރާރަކުން އަލުން ކަނޑައަޅަންޖެހޭ ގޮތަށް އޮންނަ އިރު، ކުރިން ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް ހިމަނާފައި އޮތް އޮތުމަށް ބަދަލު ގެނެސް ނެރުނު ލިސްޓްގައި ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް މިހާރު ވަނީ ހިމަނާފަ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރ ކަން ކުރެއްވި ޝައުނާ އެކްސް ގައި ބުދަ ދުވަހު ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ އެ ނިންމެވުމަކީ "ނުހަނު ކަންބޮޑުވާ ކަމެއް" ކަމަށެވެ.

ޝައުނާ ވިދާޅުވީ، މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، މަސްވެރިކަން ކުރާ ސަރަހައްދުތައް ހަލާކުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުވެސް ވެއްޓިގެންދާނެ ކަމަށެވެ.

"މިއީ ދުރުވިސްނުމެއް ނެތް، ހަނި ނަޒަރަކުން ނިންމާފައިވާ ނިންމުމެއް؛" ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް28) ގައި މިނިސްޓަރ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ - ނޮވެމްބަރު 30، 2023.
ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް28) ގައި މިނިސްޓަރ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ - ނޮވެމްބަރު 30، 2023.

މުއިއްޒުގެ ނިންމެވުމަށް ޝައުނާ ފާޑު ވިދާޅުވީ، ތިމާވެއްޓަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތައް ހިއްކަމުން ދިއުމާއި ގުޅިގެން ކިސަޑު ފެތުރުމާއި މުހިންމު މާހައުލުތައް ހަލާކުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅު ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގެ ދަށުން ރައީސް މުޢިއްޒު އަންގާރަ ދުވަހު އަލުން ކަނޑައެޅުއްވުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެސްއީޒެޑް ގައި ހިންގިދާނޭ އިޤްތިޞާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅާފައި ވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތައް ކަމަށެވެ.

ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ވަނީ ހިމަނާފަ އެވެ. އެއީ:

(ހ) އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް؛

(ށ) ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް؛

ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.

(ނ) ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް؛

(ރ) ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީ.ޓީއާ ގުޅޭ ފެސިލިޓީތައް؛

(ބ) އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް؛

(ޅ) އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ؛

(ކ) ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް؛

(އ) ފުޑް ސެކިއުރިޓީގެ ދާއިރާ؛ އަދި

(ވ) ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތަކެވެ.

ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކުގައި އެންމެ ދަށް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ޚާއްޞަ ކުރަން ވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓް ތަކަށް ކަމަށް ވެސް މިކަމާ ގުޅިގެން ނެރުނު ރައީސް ގެ ޤަރާރުގައި ކަނޑައަޅާފައިވެ އެވެ.

އައިމިނަތު ޝައުނާއެސްއީޒެޑްތެލާއި މިނެރަލް ހޯދުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރަކަށް، ކުރީގެ މިނިސްޓަރ ޝައުނާ ހޮވިއްޖެ

އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރަކަށް، ކުރީގެ މިނިސްޓަރ ޝައުނާ ހޮވިއްޖެ

19 ޑިސެމްބަރު 2025
މިއަދު ގައުމު މިއޮތް ނުރައްކާތެރި ހާލަތު ބަދަލު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، އަޑުއުފުލައިގެން: ޝައުނާ

މިއަދު ގައުމު މިއޮތް ނުރައްކާތެރި ހާލަތު ބަދަލު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، އަޑުއުފުލައިގެން: ޝައުނާ

02 އޮކްޓޯބަރު 2025
އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ މަންޒަރު: ޝައުނާ

އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ މަންޒަރު: ޝައުނާ

12 ސެޕްޓެމްބަރު 2025
ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްޤަށް ހުރަސް އެޅުމަކީ ޚުދުމުހުތާރު ވެރިކަމެއް އިޔާދަކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް: ޝައުނާ

ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްޤަށް ހުރަސް އެޅުމަކީ ޚުދުމުހުތާރު ވެރިކަމެއް އިޔާދަކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް: ޝައުނާ

20 މާރިޗު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު