Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ފިކުރު

ސިޔާސީ ފިކުރަށްވުރެ އިންސާނިއްޔަތުކަން އިސްކުރި ތާރީޚީ ރޭގަނޑެއް

1963 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޖެކީ ކެނެޑީ ވައިޓް ހައުސްއިން ނިކުމެވަޑައިގަތީ އަލުން އެނބުރި އެ ގޭގެ ދޮރުން ވަދެވަޑައިގަންނަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އޭގެ ދެ ހަފްތާ ކުރިން، އޭނާގެ ލޯބިވާ ފިރިކަލުން ރައީސް ޖޯން އެފް ކެނެޑީ ވަނީ އޭނާގެ ކުރިފުޅުމަތީގައި އަވަހާރަކޮށްލާފައެވެ. އެއީ އެ އާއިލާގެ މުޅި ދުނިޔެ ބަދަލުކޮށްލި ހިތްދަތި ދުވަހެކެވެ. 1971 ވަނަ އަހަރު، ވައިޓް ހައުސްގައި ރައީސް ކެނެޑީ އާއި ޖެކީގެ ރަސްމީ ފޮޓޯތައް ބެހެއްޓުމަށް ނިންމުމާއެކު، ޖެކީއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މި ފޮޓޯފުޅުތައް ބެއްލެވުމަށް ވައިޓްހަައުސް އަށް ވަޑައިގަތުމަށް ނިންމަވާ އެކަމަށް އެދިވަޑައިގަތެވެ،

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 09:00
ޖޯން އެފް. ކެނެޑީ އާއި އަނބިކަނބަލުން ޖެކިއުލިން ކެނެޑީ

ޖޯން އެފް. ކެނެޑީ އާއި އަނބިކަނބަލުން ޖެކިއުލިން ކެނެޑީ | ނިއުޔޯކް ޓައިމްސް

 

1963 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޖެކީ ކެނެޑީ ވައިޓް ހައުސްއިން ނިކުމެވަޑައިގަތީ އަލުން އެނބުރި އެ ގޭގެ ދޮރުން ވަދެވަޑައިގަންނަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ. އޭގެ ދެ ހަފްތާ ކުރިން، އޭނާގެ ލޯބިވާ ފިރިކަލުން ރައީސް ޖޯން އެފް ކެނެޑީ ވަނީ އޭނާގެ ކުރިފުޅުމަތީގައި އަވަހާރަކޮށްލާފައެވެ. އެއީ އެ އާއިލާގެ މުޅި ދުނިޔެ ބަދަލުކޮށްލި ހިތްދަތި ދުވަހެކެވެ.

ދިރިއުޅުން އައުކުރެއްވުން: ޖެކީ ވަނީ ވައިޓް ހައުސްގެ ހަނދާންތަކާ ދުރަށް ވަޑައިގެން، ނިއުޔޯކުގައި އައު ދިރިއުޅުމެއް ފައްޓަވާފައެވެ. ނަމަވެސް، އަހަރުތަކަކަށްފަހު 1971 ވަނަ އަހަރު، ވައިޓް ހައުސްގައި ރައީސް ކެނެޑީ އާއި ޖެކީގެ ރަސްމީ ފޮޓޯތައް ބެހެއްޓުމަށް ނިންމުމާއެކު، ޖެކީއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ.

ސިއްރު ޒިޔާރަތަކަށް އެދިވަޑައިގަތުން: އާންމުކޮށް ބާއްވާ ބޮޑު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ ހިތްވަރު ޖެކީގެ ކިބައިގައި ނެތުމުން، އޭނާ ވަނީ އޭރުގެ ފަސްޓް ލޭޑީ ޕެޓް ނިކްސަންއަށް އަމިއްލަފުޅު ސިޓީއެއް ލިޔުއްވާފައެވެ. އެދިވަޑައިގަތީ މީޑިއާއަށް ސިއްރުން، އެއްވެސް ރަސްމިއްޔާތެއް ނެތި، ދަރިންނާއެކު އެ ފޮޓޯތައް ބައްލަވާލެއްވުމުގެ ފުރުސަތަކަށެވެ. ޖެކީ ބޭނުންފުޅުވީ އެއްވެސް މީޑިއާއަކަށް ނޭނގި، ހަމަހިމޭންކަމާއެކު ދަރިންނާއެކު އެ ފޮޓޯތައް ބައްލަވާލެއްވުމަށެވެ. އެއީ އެ ދަރިންގެ ބައްޕަގެ ހަނދާންތައް ހުރި އެ ގޭގައި، ދަރިންނަށް އިތުރު ނުތަނަވަސްކަމެއް ނުދިނުމަށެވެ

ނިކްސަން އާއިލާގެ އޯގާތެރިކަން: ނިކްސަން އާއިލާ އާއި ކެނެޑީ އާއިލާއަކީ ސިޔާސީ ގޮތުން ބޮޑެތި ވާދަވެރިން ކަމުގައިވީ ނަމަވެސް، ޕެޓް ނިކްސަން އެއްވެސް ޖެހިލުމެއް ނެތި އެކަމަށް އާނބަސް ވިދާޅުވިއެވެ. ރައީސް ނިކްސަން އާއި ފަސްޓް ލޭޑީ ޕެޓް ނިކްސަން ވަނީ ޖެކީގެ މި އެދުމަށް ފުރިހަމައަށް އިޙްތިރާމް ކުރައްވާފައެވެ. އެއްވެސް ފޮޓޯގްރާފަރަކު ނުވައްދައި، ވަރަށް އަމިއްލަ ސިފައެއްގައި އެ އާއިލާއަށް ވައިޓް ހައުސްގެ ހަނދާންތައް އައުކޮށްލުމުގެ ފުރުސަތު ދެއްވިއެވެ. 1971 ފެބްރުއަރީ 3 ވަނަ ދުވަހު، ރައީސް ނިކްސަން ވަނީ ޚާއްސަ ފްލައިޓެއްގައި ޖެކީ އާއި ދަރިކަލުންނާ ދަރިކަނބަލުން ވައިޓް ހައުސްއަށް ގެންނަވާފައެވެ.

ވައިޓް ހައުސްގެ އެތެރޭގައި: އެ ރޭ ނިކްސަން އާއިލާއިން ވަނީ ކެރޮލައިން އާއި ޖޯން ޖޫނިއަރއަށް، އެ ދެބޭފުޅުން ކުރިން އުޅުއްވި ކޮޓަރިތަކާއި، ބައްޕަ މަސައްކަތްކުރެއްވި އޯވަލް އޮފީސް ދައްކަވާލައްވާ ފައެވެ. ދެ އާއިލާއިން އެކުގައި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވިއެވެ. މިއީ ސިޔާސީ ޚިޔާލުތަފާތުވުންތަކަށްވުރެ އިންސާނިއްޔަތުކަން މާ މަތިވެރިކަން ހާމަކޮށްދިން ވަގުތުކޮޅެކެވެ. ނިކްސަންގެ ދެ ދަރިކަނބަލުން ކަމަށްވާ ޓްރީޝާ އާއި ޖޫލީ ވަނީ ކެނެޑީގެ ދަރިކަލުންނާ ދަރިކަނބަލުން ނަށް މުޅި ވައިޓް ހައުސް ދައްކަވާ ލައްވާފައެވެ. އެންމެ އަސަރުގަދަ ވަގުތުކޮޅަކީ، އެ ދެބޭފުޅުންގެ ބައްޕަ މަސައްކަތްކުރެއްވި "އޯވަލް އޮފީސް" އަށް އެ ދެބޭފުޅުން އެކަނި ވަދެވަޑައިގަތުމަށް ފުރުސަތު ދިން ވަގުތެވެ. އެއީ ޖޯން ޖޫނިއަރ އޭނާގެ ބައްޕަގެ މޭޒުކޮޅު ދަށުގައި ކުޅެން އިންނަވަނިކޮށް ނަގާފައިވާ މަޝްހޫރު ފޮޓޯގެ ހަނދާންތައް ހުރި ތަނެވެ. ކުޑަ ޖޯން ޖޫނިއަރ އަށް އޭނާގެ ބައްޕަގެ ގިނަ ހަނދާންތަކެއް ނެތް ނަމަވެސް، މި ދަތުރުގެ ސަބަބުން އެ ހަނދާންތައް އޭނާގެ ހިތްޕުޅުގައި އައުވެގެންދިޔައެވެ.

އަސަރުގަދަ ސިޓީތައް: ޒިޔާރަތަށްފަހު ޖޯން ޖޫނިއަރ ލިޔުއްވި ސިޓީގައި ވަނީ އެ ރޭ ކެއި ކެއުން ވަރަށް މީރު ކަމަށާއި، ލިންކަންގެ އެނދުމަތީގައި އިށީނދެ އިނދެ ކުރި "ވިޝް" އަކީ ކިޔެވުމުން މޮޅުވުން ކަމަށް ވިދާޅުވެފައެވެ. ޖެކީ ލިޔުއްވި ގޮތުގައި، ބިރުން ހުރި އެ ދުވަސް، ނިކްސަން އާއިލާގެ އޯގާތެރިކަމުގެ ސަބަބުން އޭނާގެ ހަޔާތުގެ އެންމެ އަގުހުރި އެއް ދުވަހަށް ވެގެން ހިނގައްޖެކަމަށާއި އެއީ އޭނާގެ ބޭފުޅުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށާއި، ނިކްސަން އާއިލާގެ އޯގާތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އިތުރަށް ޖެކީ ވިދާލުވެފައިވަނީ އެ ރޭ ވައިޓް ހައުސްގެ ފައްވާރާތައް ދިއްލާފައި ހުރި މަންޒަރާއި، ދަރިންގެ މޫނުމަތިން ފެނުނު އުފާވެރިކަމަކީ އޭނާއަށް ލިބިވަޑައިގަތް އެންމެ އަގުބޮޑު ހަދިޔާ ކަމަށެވެ. މިއީ ސިޔާސީ ޚިޔާލުތަފާތުވުންތަކަށްވުރެ އިންސާނިއްޔަތުކަން މާ މަތިވެރިކަން ހާމަކޮށްދިން ރީތި މިސާލެއްކަމު ގައެވެ. ކެރޮލައިންގެ ސިޓީގައި އޭނާ ވަނީ ވައިޓް ހައުސްގެ ކައްކާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ލިޔުއްވާ ފަވެއެވެ "އެ ރޭގެ ފަރިއްކޮޅު ވަރަށް މީރު. ތިޔަބޭފުޅުންގެ 'ސްވިސް ޝެފް' އަކީ ސްވިޒަލޭންޑުން މިހާތަނަށް އުފެއްދި އެންމެ މޮޅު އެކައްޗޭ ބުނެވިދާނެ، ފަހަރުގައި ޗޮކްލެޓަށްވުރެވެސް އޭނާ މޮޅުވެދާނެ!" ކެރޮލައިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ބައްޕަ އާއި މަންމަގެ ފޮޓޯތައް ހުރީ ވަރަށް ފުރިހަމައަށް، އަދި އިޙްތިރާމް ލިބޭ ފަދަ ގޮތަކަށް ފަރުމާކޮށްފައެވެ.

ޖޯން އެފް. ކެނެޑީ އާއި އާއިލާ
ޖޯން އެފް. ކެނެޑީ އާއި އާއިލާ

ނިންމުން: މިއީ މިއަދުގެ ސިޔާސީ މަސްރަހަށްވެސް ދޫކޮށްލި ވަރަށް ބޮޑު މެސެޖެކެވެ. ޚިޔާލުތަފާތުވުންތައް ހުއްޓަސް، އެކަކު އަނެކަކަށް ދައްކާ އޯގާތެރިކަމާއި އިޙްތިރާމަކީ ހުރިހާ ކަމަކަށްވުރެ މަތިވެރި އެއްޗެއްކަން މި ހާދިސާއިން ސާބިތުކޮށްދެއެވެ.

ޖެކިއުލިން ކެނެޑީ އާއި ބޭފުޅުން ޕޯޓްރެއިޓް ފޮޓޯ ތަށް ބައްލަވާ ލެއްވުން " އެހާރާ މިހާރު"
ޖެކިއުލިން ކެނެޑީ އާއި ބޭފުޅުން ޕޯޓްރެއިޓް ފޮޓޯ ތަށް ބައްލަވާ ލެއްވުން " އެހާރާ މިހާރު"

މަސްދަރު: https://youtu.be/htxPptcv4_A

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޖޯން އެފް. ކެނެޑީޖެކިޔުލިން ކެނެޑީރިޗަރޑް ނިކްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ޓެރިފް ސިޔާސަތަށް ކުރީގެ ނައިބު ރައީސް ޕެންސް ފާޑު ވިދާޅުވެއްޖެ

ޓްރަމްޕްގެ ޓެރިފް ސިޔާސަތަށް ކުރީގެ ނައިބު ރައީސް ޕެންސް ފާޑު ވިދާޅުވެއްޖެ

06 މެއި 2025
ޓްރަމްޕްގެ އިންޒާރާ އެކު، ފަނޑިޔާރުންގެ ދިފާއުގައި އުއްތަމަ ފަނޑިޔާރު ނިކުންނަވައިފި

ޓްރަމްޕްގެ އިންޒާރާ އެކު، ފަނޑިޔާރުންގެ ދިފާއުގައި އުއްތަމަ ފަނޑިޔާރު ނިކުންނަވައިފި

19 މާރިޗު 2025
އެމެރިކާ އިން ހިއުމަން ރައިޓްސް ކައުންސިލުން ވަކިވަނީ، އަންރުވާ އަށް ދޭ އެހީ ކަނޑާލަނީ

އެމެރިކާ އިން ހިއުމަން ރައިޓްސް ކައުންސިލުން ވަކިވަނީ، އަންރުވާ އަށް ދޭ އެހީ ކަނޑާލަނީ

04 ފެބުރުއަރީ 2025
އެމެރިކާގެ ފިލަޑެލްފިއާ ގައި ކުޑަ ކުއްޖަކާއި އިތުރު 5 މީހުން ދަތުރުކުރަމުން ދިޔަ އެއަރ އެމްބިއުލާންސެއް ވެއްޓިއްޖެ

އެމެރިކާގެ ފިލަޑެލްފިއާ ގައި ކުޑަ ކުއްޖަކާއި އިތުރު 5 މީހުން ދަތުރުކުރަމުން ދިޔަ އެއަރ އެމްބިއުލާންސެއް ވެއްޓިއްޖެ

01 ފެބުރުއަރީ 2025
"މިއީ ތޯ ޑިމޮކްރަސީގެ ސިފައަކީ" އޭ ގޮވަމުން ޓްރަމްޕްގެ ސިޔާސަތު ތަކާ ދެކޮޅަށް ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

"މިއީ ތޯ ޑިމޮކްރަސީގެ ސިފައަކީ" އޭ ގޮވަމުން ޓްރަމްޕްގެ ސިޔާސަތު ތަކާ ދެކޮޅަށް ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

29 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު