Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަންތައް ކޮށްދެއްވުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ބުނަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 17:24
ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫއަށް ގެންދިޔަ ޖެންސެޓްތައް ތިނަދޫ އިން ބާލަނީ 22-10-2025

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫއަށް ގެންދިޔަ ޖެންސެޓްތައް ތިނަދޫ އިން ބާލަނީ 22-10-2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އޮކްޓޯބަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، ތިނަދޫ ސިޓީގައި މިވަގުތު ހުރި ދެ ޖެންސެޓް އައްޑޫ އަށް ގެންދިއުމަށް މަސައްކަތް ފަށައިފި އެވެ.

ރާއްޖެއެމްވީއަށް، ތިނަދޫއިން ޖަނެރޭޓަރުތައް ބޭލުމުގެ މަސައްކަތް ކުރަމުންދާ ވީޑިއޯ ލިބިފައިވާއިރު، އައްޑޫ އަށް ގެންދަން މަސައްކަތް ކުރަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު، ތިނަދޫގައި ޒަމާނީ ބިޔަބޮޑު އިންޖީނުގެއެއް އިމާރާތްކޮށް، އެތަނަށް މުޅިން އަލަށް ގެނައި ފަސްޖަނެރޭޓަރު ތެރެއިން ދެ ޖަނެރޭޓަރު އެވެ.

Advertisement - newsAdvertisement

މިކަމުގައި ތިނަދޫގެ ކައުންސިލާއި ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުއްޓާ، އައްޑޫ ސިޓީއަށް ޖަނެރޭޓަރުތައް ގެންދަން މަސައްކަތް ކުރަނީ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވަނިކޮށް، އެކަން ހައްލުނުކޮށް ރައީސް މުއިއްޒު އައްޑު އަށް ވަޑައިގަންނަވާތީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވެފައިވަނީ، މިހާރުވެސް ތިނަދޫގެ ކަރަންޓް ވިއުގަ ސްޓޭބަލް ނޫން ކަމަށާއި މުޅިން އަލަށް ގެނެސްފައި ހުރި ތިން ޖެންސެޓްވެސް ބޭނުން ނުކުރެވި ހުރީ ބޭނުންވާ ކޭބަލްތަކެއް ނުގެނެވިގެން ކަމަށެވެ. އެގޮތުން މިސަރުކާރު އައި ފަހުން މިވީ ދެއަހަރު ދުވަހުގެ ތެރޭގައިވެސް އެކޭބަލްތައް އަދިވެސް ނުގެނެވޭ ކަމަށް ވިދާޅުވަމުން، ޖެންސެޓްތައް ކަނެޓް ކުރަން ބޭނުންވާ ކޭބަލް ނުގެނެވި ލަސްވެފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށް ސައުދު ވިދާޅުވި އެވެ.

މިވަގުތު ރަށަށް ކަރަންޓް ދެމުންދަނީ ކުރިންވެސް ބޭނުންކުރަމުން އަންނަ ޖަނެރޭޓަރު ތަކުން ކަމަށާއި މިވަގުތުވެސް ދުވާލު ގަޑިތަކުގައި ހޮސްޕިޓަލް އަދި ދިރާގު ފަދަ ތަންތަނުން ކަރަންޓް، ބޭނުން ކުރަމުންދަނީ އަމިއްލަ ޖަނެރޭޓަރުތަކުން ކަމަށްވާއިރު މިފަދަ ނާޒުކު ހާލަތުގައި ކަރަންޓްގެ ޙިދުމަތް އޮތްއިރު އަލަށް ގެނެސްފައި ހުރި ޖެންސެޓްތައް މިގޮތަށް ގެންދިއުމަށް މަސައްކަތް ކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށް ސައުދު ވިދާޅުވި އެވެ.

ޖަނެރޭޓަރުތައް އައްޑޫއަށް ގެންދަން މަސައްކަތް ކުރާ ވާހަކަ ފެތުރިފައިވާއިރު، މިކަމާއި ގުޅިގެން ފެނަކައިގެ އިސްވެރިންނާއި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި މިގޮތަށް މިޖެންސެޓްގެ ފައިދާ ތިނަދޫ ރައްޔިތުންނަށް ނުލިބި، އެހެން ރަށަކަށް ބަދަލުކުރުމުން މަސްލަހަތު ގެއްލޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.

އަދި އަލަށް ހިއްކި ސަރަހައްދުން 200 ރޯހައުސް އާއި، އަލަށް ދޫކޮށްފައިވާ ބިންތަކަށް ކަރަންޓްގެ ހިދުމަތް ދެވޭނީ މިޖެންސެޓްތައް ހުރެގެން ކަމަށާއި ޖެންސެޓް ރަށުން ބޭރުކޮށްފިނަމަ މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ސަރުކާރަށް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އައްޑޫގެ ރައްޔިތުންނަށެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ އިރު މި މައްސަލަ އަށް ހައްލެއް ވަނީ ހޯދާ ނުދެވިފައެވެ. މި ސަރުކާރުން މީގެ ކުރިން ބުނީ މި އަހަރު ރޯދަ އަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މި އަދާއި ހަމައަށް ވެސް އެކަން ކުރެވިފަ އެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް ތިނަދޫގައި ހުރި ޖަނެރޭޓަރުތައް ގެންނަނީ އައްޑޫގެ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުމަނުންނެއެވެ. އަދި އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަންތައް ކޮށްދެއްވުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީ އަށް 21 ފެބްރުއަރީ 2025 ގައި ގެންދިޔަ 1.8 މެގަ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައިވީ ނަމަވެސް އަދިވެސް މައްސަލައަށް ހައްލެއް ނުލިބެއެވެ. އަދި އަލަށް ގެންދަނީ 1000-1300 މެގަވޮޓްގެ ޖެންސެޓްތަކެއް ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ތިނަދޫ ސިޓީފެނަކައައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު