Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖިމްނާސްޓިކްސް

ނިއު ސައުތު ވޭލްސް ގެ "ހޯލް އޮފް ޗެމްޕިއަންސް" ގައި ހިމެނުނު ފުރަތަމަ ދިވެއްސަކަށް ނާޒްމީ

އޮސްޓްރޭލިއަން ޗެމްޕިއަންޝިޕް ގައި ނާޒްމީ ވަނީ 2007 ން 2010 އާ ދެމެދު ޖުމްލަ 16 ރަން މެޑަލް އަދި 5 ރިހި މެޑަލް ހޯދާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 01:43
ނިއު ސައުތް ވޭލްސް ހޯލް އޮފް ޗެމްޕިއަންސް ގައި ނާޒްމީ ހިމެނުނު ކަން އިއުލާން ކުރި ހަފްލާގެ ތެރެއިން

ނިއު ސައުތް ވޭލްސް ހޯލް އޮފް ޗެމްޕިއަންސް ގައި ނާޒްމީ ހިމެނުނު ކަން އިއުލާން ކުރި ހަފްލާގެ ތެރެއިން

އޮސްޓްރޭލިއާ ގެ ނިއު ސައުތް ވޭލްސް ހޯލް އޮފް ޗެމްޕިއަންސް ގައި ހިމެނުނު ފުރަތަމަ ދިވެއްސަކަށް އައިޝާ ނާޒްމީ ޖޯންސްޓަން ވެއްޖެ އެވެ.

ނިއު ސައުތް ވޭލްސް ހޯލް އޮފް ޗެމްޕިއަންސް ގައި ހިމަނަނީ ކުޅިވަރުގެ ދާއިރާ އިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލު ކޮށްފައިވާ، އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް އަށް ނިސްބަތްވާ ފަރާތްތަކެވެ. ދިވެހި މަންމަ އަކަށް އުފަން ނާޒްމީ ގެ ބައްޕަ އަކީ އޮސްޓްރޭލިއާ ގެ ރައްޔިތެކެވެ. ނާޒްމީ ވަނީ ގައުމީ ބައިނަލްއަގުވާމީ ގިނަ ޖިމްނާސްޓިކް މުބާރާތްތަކެއްގައި އޮސްޓްރޭލިއާ ތަމްސީލުކޮށް ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

ނާޒްމީ ވަނީ 2006 ވަނަ އަހަރު އޭނާ ގެ އުމުރުން އެންމެ 17 އަހަރުގައި މެލްބަން ގައި ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެ، ޓީމް އިވެންޓް ގައި ގްރޫޕް އޯލް-އެރައުންޑް ބްރޯންޒް މެޑަލް ހޯދައި އިންޑިވިޖުއަލް އޯލް-ރައުންޑް ގައި ހަތަރުވަނަ ހޯދާފަ އެވެ.

2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ގައި ނާޒްމީ ވަނީ 3 ރަން މެޑަލް ހާސިލް ކޮށްފަ
2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ގައި ނާޒްމީ ވަނީ 3 ރަން މެޑަލް ހާސިލް ކޮށްފަ

އޮސްޓްރޭލިއަން ޗެމްޕިއަންޝިޕް ގައި ނާޒްމީ ވަނީ 2007 ން 2010 އާ ދެމެދު ޖުމްލަ 16 ރަން މެޑަލް އަދި 5 ރިހި މެޑަލް ހޯދާފަ އެވެ. 2007 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ނާޒްމީ ނިންމާލީ އޯޝިއާނިއާގެ އެންމެ މަތީ ރޭންކްގައި ހުރި ޖިމްނާސްޓް ގެ ގޮތުގަ އެވެ. މި ކާމިޔާބީ އާ އެކު އޭނާއަށް 2008 ބެއިޖިންގ އޮލިމްޕިކްސް ގަ ބައިވެރި ވުމުގެ ފުރުސަތު ލިބުނެވެ. ނާޒްމީ ވަނީ 2008 ބެއިޖިންގ އޮލިމްޕިކްސް ގައި ރިދްމިކް ޖިމްނާސްޓިކްސް އިން އޮސްޓްރޭލިއާ ގެ ހަމައެކަނި އެތްލީޓުގެ ގޮތުގައި ބައިވެރިވެ، 22 ވަނަ ހޯދާފަ އެވެ.

ނާޒްމީ ވަނީ 2010 ވަނަ އަހަރު ދިއްލީ ގައި ބޭއްވުނު ކޮމަންވެލްތު ގޭމްސް ގައި އިންޑިވިޖުއަލް އޯލް-އެރައުންޑް ގައި ދިހަ އަހަރަށްފަހު ރަން މެޑަލް ހޯދި ފުރަތަމަ އޮސްޓްރޭލިއާ ގެ ރިދްމިކް ޖިމްނާސްޓަކަށް ވެފަ އެވެ. އަދި އޭނާ ގެ ޓީމު ވަނީ 2 ކެޓަގަރީ އަކުން ރަން މެޑަލް ހޯދާ އިތުރު އެއް ކެޓަގަރީ އިން ރިހި މެޑަލް ވެސް ހޯދާފަ އެވެ.

2011 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް ނާޒްމީ ވަނީ ނިއު ސައުތް ވޭލްސް ޖިމްނާސްޓިކްސް ގެ އިވެންޓް އެންޑް ޑިވެލޮޕްމެންޓް އޮފިސަރ ގެ މަގާމު ފުރާފަ އެވެ. ނާޒްމީ މިހާރު މަސައްކަތް ކުރަމުން ދަނީ ޕެޑްލް އޮސްޓްރޭލިއާ ގައި ޑިވޮލޮޕްމެންޓް އޮފިސަރެއްގެ ގޮތުގަ އެވެ.

އައިޝާ ނާޒްމީ ޖޯންސްޓޮންނިއު ސައުތް ވޭލްސްޖިމްނާސްޓިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު