Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

ބިމާ ގުޅޭ މައްސަލަތަކެއް ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމް ކައުންސިލަރުން ހާޒިރެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވެގެން ކެންސަލް

މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2025 | ބުދަ 09:43
މާލެ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ

މާލެ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމެއްގެ ތެރެއިން- ފައިލް ފޮޓޯ

ބިމާ ގުޅޭ މައްސަލަތަކެއް ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބުދަ ދުވަހުގެ ޖަލްސާ ކެންސަލް ކުރީ އެ ޖަލްސާ ފަށަން އޮތް ވަގުތު ފާއިތުވެގެން ދިޔައިރު ވެސް ކައުންސިލުގެ ކޯރަމް ހަމަ ނުވުމުންނެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާ ކޯރަމް ހަމަ ނުވެގެން ކެންސަލް ވުމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ، ޕީއެންސީ ކައުންސިލަރުން ހާޒިރު ނުވުމުން ކޯރަމް ނުލިބި ޖަލްސާ ކެންސަލް ކުރި މިއީ ދެވަނަ ހަފްތާ ކަމަށެވެ. އަދި ބިމަކާބެހޭ ކަމެެއް އެޖެންޑާ ގައި އޮތްނަމަ މި ނޫން ވަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 221 ވަނަ ރަސްމީ އާއްމު ޖަލްސާ އަށް ބިމާ ގުޅޭ މައްސަލަތަކެއް އެޖެންޑާ ކޮށްފައިވެ އެވެ.

އެއީ ވިލިމާލޭގެ ކޮމާޝަލް ބިންތަކާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓު ހިއްސާ ކުރުމާއި، މާލޭގެ ލޮނު ޒިޔާރާތްކޮޅުން ސާރފިންގ ސްޓޭޑިއަމް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމަށް 3975 އަކަފޫޓު ބިން އިތުރު ކޮށްދިނުމަށް އެދި މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާ ކުރުމުގެ އިތުރުން މާލޭގެ މަގު ތަކުން ހަތަރު ފުރޮޅުލީ ވެހިކަލް ޕާކިންގ އަށް ދޫކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، ޕާރކިންއަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ މުއްދަތު އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުން ޖަލްސާ އަށް ހާޒިރުނުވުމުގެ ސަބަބުން ބުދަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު ހެއްދެވި މަސް މާރުކޭޓުގެ އެއްބަސްވުމާ ގުޅޭ މުހިންމު މައްސަލައެއް ވެސް ނުބެލި ދިގުލައިގެން ދާ މައްސަލަ ވަނީ ބޮޑު ވެފަ އެވެ.

މީގެ އިތުރުން މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ މިހާރުގެ ރައީސް މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު، 2022ގަ އެވެ.

މައުލޫމާތު ލިބޭގޮތުގައި މިދިޔަ އަހަރު މެއި މަހުގެ ނިޔަލަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރުމަށް 1120 ސްލޮޓް ދޫކޮށްފައިވެއެވެ. އޭގެތެރެއިން 941 ސްލޮޓު ދޫކޮށްފައިވަނީ މަގުމަތިންނެވެ. މަގުމަތިން ދޫކުރި ސްލޮޓުތައް ދެ މީހަކަށް ދޫކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، މިތަންތަން ދޫކޮށްފައި ވަނީ ކައުންސިލްގެ ބައެއް މެންބަރުންނާއި، މަސައްކަތް ކުރަމުންދިޔަ ސިޔާސީ ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެންކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްޕީއެންސީމުހައްމަދު ސައިފް ފާތިހްޕާކިން ސްލޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު