Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކްލައުޑްފްލެއަރ

ވެބް ޚިދުމަތްދޭ ކްލަޑްފްލެއަރ ޑައުންވެ ރާއްޖޭގެ ގިނަ އަދަދެއްގެ އިންޓަނެޓް ހިދުމަތް މެދުކެނޑިއްޖެ

ކްލައުޑްފްލެއަރ އަށް ދުނިޔޭގެ ފެންވަރުގައި ކުރިމަތިވި ހިދުމަތް ހުއްޓުމުގެ ހާދިސާގެ ސަބަބުން އެކްސް، ޗެޓްޖީޕީޓީ ފަދަ މުހިންމު އިންޓަނެޓް ޕްލެޓްފޯމްތަކަށް ވަނުމަށް ހުރަސް އެޅިގެން ދިޔައިރު، މި ހާދިސާއަކީ ފާއިތުވި މަހު އެމެޒޯންގެ ކްލައުޑް ހިދުމަތް ހުއްޓުމަށްފަހު ކުރިމަތިވި އެންމެ ބޮޑު މިބާވަތުގެ ހާދިސާކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 15:39
ވެބް-އިންފްރާސްޓްރަކްޗާ ކްލައުޑްފްލެއަރ އަށް ދިމާވި ހާދިސާ އާ ގުޅިގެން ދުނިޔޭގެ އެތައް ހާސް ވެބްސައިޓްތަކަށް ވަނުމަށް ހުރަސް އެޅުނު

ވެބް-އިންފްރާސްޓްރަކްޗާ ކްލައުޑްފްލެއަރ އަށް ދިމާވި ހާދިސާ އާ ގުޅިގެން ދުނިޔޭގެ އެތައް ހާސް ވެބްސައިޓްތަކަށް ވަނުމަށް ހުރަސް އެޅުނު

ވެބް އިންފްރާސްޓްރަކްޗަރ ކުންފުނި ކްލައުޑްފްލެއަރ އަށް ދިމާވި މައްސަލަ އަކާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ގިނަ އަދަދެއްގެ އިންޓަރނެޓް ހިދުމަތްތަކެއް ހުއްޓުމުގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

ކުންފުނިން ބުނީ، އަންގާރަ ދުވަހު ދިމާވި މައްސަލަ ހައްލުވާން ފަށާފައިވާ ކަމަށެވެ. މި މައްސަލައިގެ ސަބަބުން އެކްސް އަދި ޗެޓްޖީޕީޓީ ފަދަ މުހިންމު އިންޓަނެޓް ޕްލެޓްފޯމްތަކަށް ވަނުމުން އެތައް ހާސް މީހުން މަހުރޫމްވެފައިވެއެވެ.

ރާއްޖޭގެ މުހިންމު އެތައް އޮންލައިން ޚިދުމަތްތަކަކަށް މިކަމުގެ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގު އަދި އުރީދޫ ފަދަ ކުންފުނިތައް ހިމެނެ އެވެ.

ދުނިޔޭގެ ވެބް ޓްރެފިކްގެ ފަސްބައިކުޅަ އެއްބައި އެ ކުންފުނީގެ ނެޓްވޯކުން ހިންގާ ކްލައުޑްފްލެއަރ އިން ބުނީ މައްސަލައަށް ހައްލު ހޯދަމުންދާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ބައެއް ކަސްޓަމަރުންނަށް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

މި ހާދިސާއަކީ މުހިންމު އޮންލައިން ހިދުމަތްތަކަށް ނިސްބަތުން ވަރަށް ގާތްގާތުގައި ދިމާވި ދެވަނަ މައްސަލަ އެވެ. ފާއިތުވި މަހު އެމެޒޯންގެ ކްލައުޑް ހިދުމަތް ހުއްޓުމުގެ ސަބަބުން ސްނެޕްޗެޓް އަދި ރެޑިޓް ފަދަ އެތައް ހާސް މަޝްހޫރު ވެބްސައިޓްތަކާއި އެޕްތައް ބޭނުން ކުރުމަށް ހުރަސްތައް ކުރިމަތިވިއެވެ.

ޙާދިސާ އާ ގުޅިގެން ކްލައުޑްފްލެއަރ ގެ ހިއްސާގެ އަގު ގާތްގަނޑަކަށް 5 ޕަސެންޓް ދަށަށް ދިޔައެވެ. ދުނިޔޭގެ އެންމެ ބޮޑު ނެޓްވޯކްތަކުގެ ތެރެއިން އެއް ނެޓްވޯކެއް ހިންގާ ކްލައުޑްފްލެއަރ އިން ވެބްސައިޓްތަކާއި އެޕްތައް އަވަސްކޮށް ލޯޑުވެވޭނެ ގޮތް ހެދުމުގެ ޚިދުމަތާއި އޮންލައިން ޓްރެފިކް އިތުރުވުމުން ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމާއި ސައިބަރ އެޓޭކްތަކުން ރައްކާތެރިކޮށްދިނުން ފަދަ ޚިދުމަތްތައް ފޯރުކޮށްދެއެވެ.

ކްލައުޑްފްލެއަރވެބް ޚިދުމަތް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2021

ފޭސްބުކް، އިންސްޓަރގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެ

04 އޮކްޓޯބަރު 2021
ފޭސްބުކް، އިންސްޓަރގްރާމް އަދި ވަޓްސްއެޕް ޑައުންވެއްޖެ
23 ޖޫން 2021

އެމެރިކާއިން އީރާންގެ ދައުލަތުގެ ނޫސް ވެބްސައިޓްތައް ސީޒްކޮށްފި

23 ޖޫން 2021
އެމެރިކާއިން އީރާންގެ ދައުލަތުގެ ނޫސް ވެބްސައިޓްތައް ސީޒްކޮށްފި
17 ފެބުރުއަރީ 2021

ރާނީ އެލިޒަބަތާއި ދިވެހިރާއްޖޭގެ ގުޅުމުގެ ހަނދާންތައް

17 ފެބުރުއަރީ 2021
ރާނީ އެލިޒަބަތާއި ދިވެހިރާއްޖޭގެ ގުޅުމުގެ ހަނދާންތައް
18 އޯގަސްޓު 2020

ރާއްޖެ އަންނަން ބޭނުންވެ ނާދެވި ތިބި ޢާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ނަމުން ރެސްޓޯރެންޓެއް

18 އޯގަސްޓު 2020
ރާއްޖެ އަންނަން ބޭނުންވެ ނާދެވި ތިބި ޢާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ނަމުން ރެސްޓޯރެންޓެއް
28 ޑިސެމްބަރު 2019

އިންޓަރނެޓް ކަނޑާލުމުން މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް!

28 ޑިސެމްބަރު 2019
އިންޓަރނެޓް ކަނޑާލުމުން މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު