Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

"ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް މުއިއްޒު ވައުދުތައްވެ، ރައްޔިތުން ސްކޭމެއްގައި ޖައްސާނެ"

120 ބިލިއަން ރުފިޔާ ހަވާލުކުރުމުން ވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ވީތަނެއް ނުފެނޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 11:28
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކޮށް، ރައްޔިތުން ސްކޭމެއްގައި ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ބޭކާރު 2 އަހަރު" ކަވަރޭޖްގެ ތެރެއިން ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ވައުދުތަކެއް ވެވަޑައިގެންނެވުމަށްފަހު، އަނެއްކާވެސް މަޖިލިސް އިންތިހާބާއި ދިމާކޮށް އެވައުދުތައް ތަކުރާރު ކުރައްވަމުން ގޮސް އަނެއްކާ ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މީގެ ދެ އަހަރު ކުރިން ވެވަޑައިގެންނެވި ވައުދުތައް ތަކުރާރު ކުރައްވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުން ސްކޭމެއްގައި ޖެއްސުމަށް ކަމަށާއި މިކަމަށް ރައްޔިތުން ތިބެންވާނީ ސަމާލުވެ ކަމަށް ދީދީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ވައުދު ފުއްދުމުގެ ނަމުގައި ރައީސް މުޢިއްޒު ގެންދަވަނީ ރައްޔިތުންނަށް ދޯކާ ދެމުން ކަމަށާއި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ 2029 ވައުދެއް ވެގެން ދިވެހި ރައްޔިތުންނަށް ދޮގާއި މަކަރާ އޮޅުވާލުމުގެ ތެރެއިން ކަމަށެވެ. އަދި 120 ބިލިއަން ރުފިޔާ ހަވާލުކުރުމުން ވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ވީތަނެއް ނުފެންނަ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ އެއްވެސް ރޭވުންތެރި ކަމެއް ނެތް، މިސްރާބެއް އަދި ސިޔާސަތެއް ނެތް ބަޖެޓެއް ކަމަށް ވިދާޅުވަމުން ޕީއެސްއައިޕީގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީގައި ހަވާ އެރުވުމަށް ފަހު ހަންކެޑެ މަޝްރުއޫ ވެސް ބަޔަކާ ހަވާލު ކުރި ކަމަށާއި އޭގެ ފަހުން މި އަހަރު އައްޑު އަށް ވަޑައިގެން އަނެއްކާ ވެސް އެ މަޝްރޫއު ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް އިއުލާނު ކުރެއްވިއިރު މިއީ މިސަރުކާރުގެ ދޯހަޅި ސިޔާތުތައް ހާމަވާ އެއް މިސާލު ކަމަށްވެސް ދީދީ ވިދާޅުވި އެވެ.

މިއަދު ރައްޔިތުން ރައީސް މުއިއްޒާ މި ސަރުކާރަށް އިތުބާރު ނުކުރަނީ ދައްކާ ވާހަކައާ އަމަލާ ދިމާ ނުވާތީ ކަމަށްވެސް ދީދީ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު، ފުށިދިއްގަރުފަޅުގައި ހިއްކާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ފަންނީ އަދި އިނޮވޭޓިވް މަސައްކަތް ފެށިފައިވާ ކަމާއި ގާބިލް ކުންފުނިތަކާ އެކީގައި ފީސިބިލިޓީ ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިޔަސް، އެފަދަ މަސައްކަތްތަކެއް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ނުދާކަން އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވަނީ 20 ޖޫން 2025 ގަ އެވެ.

މީގެ އިތުރުން ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފަ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ބިން ހިއްކަން ފެށިތާ 22 މަސް ދުވަސް ފަހުން ރައީސް މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ވަޑައިގެންފައިވަނީ 12 ނޮވެމްބަރގަ އެވެ. މިއީ އަށްމަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ބުނި މަޝްރޫއެއް ނަމަވެސް އަދި ނިމިފައިވަނީ އެމަސައްކަތުގެ 18 އިންސައްތަ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހަންކެޑެގައި އިންޓަގްރޭޑަށް ރިސޯޓެއް ތަރައްގީކުރަން ފައިސާ ހަމަޖެހި، ހުރިހާ ކަމެއް ނިމިފައި އޮތް ޕްރޮޖެކްޓު ކުރިއަށް ނުގެންދަން ނިންމުމަށް، އަނެއްކާ ވެސް އެ ރަށް މި މޮޑެލްއަށް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފާއިވާއިރު މިއީ އައްޑޫ ސިޓީއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދެ އެވެ. އަދިވެސް އެކަށީގެންވާ ގޮތުގައި މިމަސައްކަތް ފެށިފައިނުވާއިރު، އައްޑޫ ބްރިޖުގެ ވައުދު މުއިއްޒު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މިފަދަ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާތީ ރައްޔިތުން ދަނީ ރައީސް މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުއަޙްމަދު ދީދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު