Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް 2.0

ޑިޖިޓަލް ޒަމާނަކަށް ދަތުރުކުރާ ކަމަށް ވިދާޅުވެ، ރައީސް ގެންދަވަނީ ކޭޝް މޯ ޕޮލިސީ ރަށްރަށުގައި ތައާރަފް ކުރައްވަމުން: މެންބަރު އަހުމަދު ދީދީ

މި އަހަރު މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގީ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 08:33
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

ޑިޖިޓަލް ޒަމާނަކަށް ދަތުރުކުރާ ކަމަށް ވިދާޅުވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ކޭޝް މޯ ޕޮލިސީ ރަށްރަށުގައި ތައާރަފް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ކުރާނެ ކަމަށް ސަރުކާރުން ބުނާ ކަމަށާއި، ރައީސް މުއިއްޒު އަމަލު ކުރައްވަނީ އެއާ ދެކޮޅަށް ކަމަށެވެ.

އެގޮތުން މި އަހަރު މުޅި ރާއްޖޭގައި މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކަމަށާއި، އަންނަ އަހަރު އޮތީ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދައްކަވާ ވާހަކައާ އަމަލު ދިމާނުވާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ރައީސް ޕްރޮމޯޓް ކުރައްވަނީ ކޭޝް މޯ ޕޮލިސީ ކަމަށާއި، ރަށްރަށުގައި ކޭޝް ނަގާ ޕޮލިސީ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ވަރަށް ގިނަ ރަށްރަށުން މި ޚިދުމަތް ލިބޭ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށާއި، މިއީ ވެސް އޮޅުވާލުމެއް ކަމަށެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު ވެސް ޕާސްޕޯޓު ޕްރިންޓް ކުރަނީ މާލެއިން ކަމަށާއި، ޕްރިންޓް ކޮށްގެން ރަށްރަށަށް ގެންދަނީ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ބޮޑަށް ބަލަން ޖެހޭ ޑޮކިއުމެންޓެއް ކަމަށާއި، ކޮންމެ ގޮތަކަށް ނުވަތަ ކޮންމެ ކޮންމެ ބަޔަކަށް ޕާސްޕޯޓް ޕްރިންޓް ކުރެވިގެން ނުވާނެ ކަމަށެވެ. މިގޮތަށް މިކަން ކުރެވޭ ކަމަށްވާނަމަ ފޯޖް ކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށާއި، މިއީ ބިރުވެރި ކަމެއް ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެނުނީ މި ބޭފުޅުން 60 ވަރަކަށް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބޭއްވި ބޮޑު ބައްދަލުވުމެއްގައި ސަރުކާރަށް ދެ އަހަރު ފުރިގެން ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ޕީޖީ ލީޑަރު ވިދާޅުވި އަޑު އިވިގެންދާނެ ކަންނެންގެ މި ސަރުކާރުން ކުރި ގިނަ ކަންތައްތަކުގެ ތެރޭގައި އޭޓީއެމް މެޝިން ބެހެއްޓުމާއި އައިޑީކާޑުގެ ޚިދުމަތް ރަށްރަށުން ދިނުން. މި ދެ ކަންތައް ކަންނެންގެ މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ކުރި ކަމަށް އެބޭފުޅާ ވެސް ވަރަށް ގިނަ ކަންތަކޭ ކިޔާފައި ހަމަ މިދެ ކަންތައް ކިޔައިދެވުނީ. އައިޑީކާޑާ ޕާސްޕޯޓުގެ ވާހަކަ ވިދާޅުވީ. ނަމަވެސް ތި ވިދާޅުވިހެން އަޅުގަނޑުމެންނަށް ރަށްރަށުން މައުލޫމާތު ލިބެނީ އެރަށުން އެ ޚިދުމަތް ނުލިބޭ ކަމަށް.
މެމްބަރު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމާ ރައްޔިތުންނަށް ލިބޭ ފައިދާއަށް ބެލުމެއް ނެތި ކަމަށާއި، ކަމެއް ކުރާއިރު، ނުކުންނަ ނަތީޖާ އަށް ވެސް ބެލުމެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ކުރި ކަންކަމުން ރައްޔިތުންގެ ޖީބަށް ބަރުވުން ނޫން ކަމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޙްމަދު ދީދީމޯލްޑިވްސް 2.0ޑިޖިޓަލް ޚިދުމަތްތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް މުއިއްޒު ވައުދުތައްވެ، ރައްޔިތުން ސްކޭމެއްގައި ޖައްސާނެ"

"ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް މުއިއްޒު ވައުދުތައްވެ، ރައްޔިތުން ސްކޭމެއްގައި ޖައްސާނެ"

18 ނޮވެމްބަރު 2025
"މުއިއްޒު ދެ އަހަރު އެކައްޗެއް ނުކިޔާ، ހަންކެޑެ މަޝްރޫއު ދެފަހަރު ދެބަޔަކާ ހަވާލު ކުރި އިރު ޕޮލިސް އިމާރާތް އަޅަނީ ކޮންތާކުކަން ހަވާލު ކުރި ކުންފުންޏަށް ވެސް ނޭނގޭ"

"މުއިއްޒު ދެ އަހަރު އެކައްޗެއް ނުކިޔާ، ހަންކެޑެ މަޝްރޫއު ދެފަހަރު ދެބަޔަކާ ހަވާލު ކުރި އިރު ޕޮލިސް އިމާރާތް އަޅަނީ ކޮންތާކުކަން ހަވާލު ކުރި ކުންފުންޏަށް ވެސް ނޭނގޭ"

17 ނޮވެމްބަރު 2025
ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދިނީ ދޯކާ: މެންބަރު އަހުމަދު ދީދީ

ވައުދު ފުއްދުމުގެ ނަމުގައި އެކަނިވެރި މައިންނަށް ދިނީ ދޯކާ: މެންބަރު އަހުމަދު ދީދީ

24 އޮކްޓޯބަރު 2025
ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި

ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި

26 ސެޕްޓެމްބަރު 2025
ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު