Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

9 ނޮވެމްބަރު 2025 | އާދީއްތަ 10:25

ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ނޮވެމްބަރު 2025 | އާދީއްތަ 10:25
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހުށަހަޅައިފި އެވެ.

ސިފާން އާއި ފަރުހާދުގެ ގިނަ މައްސަލަތަކެއް ބަޔާންކޮށް މަޖިލީހަށް މައްސަލަ ހުށަހަޅާފައިވަނީ 3 ނޮވެންބަރު 2025 ގަ އެވެ.

Advertisement - newsAdvertisement

ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ނަމުގައި 241 ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޝިފާން އާއި ފަރުހާދުގެ ކިބައިން ފެންނަމުން އަންނަ ގާނޫނާއި ގަވާއިދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ ސަބަބުން މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. މި ދެބޭކަލުންގެ ނުރަނގަޅު ނުފޫޒާއި، ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިޔަރ ލީޑަރޝިޕްގެ މެދުގައި މަސްލަހަތު ގެއްލިފައިވުމާއި، އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުން ލައިގެން ދާކަން ފާހަގަ ކުރެވޭ ކަމަށެވެ. މި ކަންކަމުގެ ސަބަބުން ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ފުލުހުންގެ މުއައްސަސާއާއި މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މުއައްސަސާ ނުކުޅެދި، ފެއިލްވެ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

މި ސިޓީއާއެކު ޝިފާން އާއި ފަރުހާދުގެ ފަރާތުން ހިނގާފައިވާ އަދި މިހާރު ވެސް ހިންގަމުން އަންނަ ގާނޫނާއި ގަވާއިދު އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ވަނީ ހުށަހަޅާފަ އެވެ.

ޝިފާން އާއި ފަރުހާދުގެ މައްޗަށް ކުރެވޭ ސީރިއަސް އެތައް ތުހުމަތެއްގެ ވާހަކަތައް ވަރަށް ތަފްސީލާއެކު ހިމަނާފައި ވާއިރު، ޝިފާންގެ މައްޗަށް ފުލުހުންގެ ސީނިއަރ އޮފިސަރުންތަކެއް ފްރޭމް ކުރަން އުޅުމުގެ ތުހުމުތާއި، ޖިންސީ ފުރައްސާރަކުރި މައްސަލާގެ ތުހުމަތަކުގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ފަރުހާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އޭނާގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ނައްތާލި ކަމަށް ބުނާ މައްސަލަ ބަޔާން ކޮށްފައިވެ އެވެ. އަދި ފަރުހާދު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައި އޮތްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

ސީރިއަސް މައްސަލަތަކެއް ހުރުމާއެކު، މި މައްސަލަތައް ބަލައި ތަހުގީގުކޮށް ވީ އެންމެ އަވަހަށް ފިޔަވަޅު އަޅައި ދިނުމަށް 241 ކޮމެޓީ އަށް ހުށަހެޅި ސިޓީ ގައި އެދިފައިވެ އެވެ. އަދި ފުލުހުންގެ ޚިދުމަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ފުލުހުންނާ މުވައްޒަފުންނާ މެދުވެސް ހަމަހަމަކަމާ އިންސާފުވެރިކޮށް އަމަލު ކުރެވޭ އިތުރުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައިވެ އެވެ.

އަހުމަދު ޝިފާން ފަރުހާދު ފިކުރީމޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް