Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކީވީ މޭވާ

ކީވީ މޭވާ ކެއުމުން ބަނޑު ހިކުމުގެ މައްސަލަ ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ހާމަވޭ

ޕްރޫންއާއި ކީވީ މޭވާ ގަވާއިދުން ކެއުމަކީ ބަނޑުހިކުމުގެ މައްސަލައަށް ހައްލެއް ކަމަށް ދިރާސާތަކުން ދައްކައިފި. ފައިބަރު ގިނަ ކާނާއަށް ވުރެ މިނަރަލްސް އެކުލެވޭ ފެނާއި މޭވާއަށް އިސްކަންދިނުން މާ ރަނގަޅުކަމަށް ދިރާސާ އިން ސާބިތުވޭ.

ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 18:29
ކިވީ މޭވާ

ކިވީ މޭވާ

ދުވާލަކު ދެތިން ކީވީ މޭވާ ކެއުމުން ބަނޑު ހިކުމުގެ މައްސަލަ ހައްލުވާނެ ކަމަށާއި، ފައިބަރު ގިނަ ކާނާ ކެއުމަށް ވިސްނުމަށް ވުރެ އެއީ ރަނގަޅު ގޮތެއް ކަމަށް މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޑޮކްޓަރުންނަށް ދީފައިވާ އިރުޝާދެއްގައި ބުނެފައިވެއެވެ.

މި އިރުޝާދުގައި ބުނެފައިވާ ގޮތުގައި އިސްކުރު ފެނަށް ވުރެ މިނަރަލްސް އެކުލެވޭ ފެން ބުއިން ބަނޑު ހިކުމުގެ މައްސަލަ އަށް މާ ރަނގަޅު ކަމުގައެވެ. އަދި މެގްނީޒިއަމް އޮކްސައިޑް ސަޕްލިމެންޓް ބޭނުން ކުރުމުން ވެސް މި ކަމުގައި ރަނގަޅު ނަތީޖާ ފެންނާނެއެވެ.

ލިބެން ހުރި ހުރިހާ ހެކިތަކެއްގެ މައްޗަށް މި އިރުޝާދު އެކުލަވާލުމުގައި ދިރާސާކުރި ކިންގްސް ކޮލެޖް ލަންޑަންގެ ދިރާސާވެރިން ބުނެފައިވާ ގޮތުގައި ބަނޑު ހިކުމުގެ މައްސަލައިގެ ހައްލެއްގެ ގޮތުން އާންމު ކޮށް ބުނާ "ހަމައެކަނި ފައިބަރު ގިނަ ކާނާ ކެއުން" މި އަށް ވުރެ ގިނަ ގޮތްތަކެއް ހުރިކަމަށް ފެނިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސް އިން ބުނެފައިވާ ގޮތުގައި ހަފްތާއަކު މަދުވެގެން ތިން ފަހަރު ފާޚާނާ ނުކުރެވޭ ނަމަ، ނުވަތަ އާދަޔާ ޚިލާފަށް މަދުން ފާޚާނާ އަށް ދެވޭނަމަ، ބެލެވޭނީ ބަނޑު ހިކުމުގެ މައްސަލަ އުޅޭ ކަމުގައެވެ.

ފާޚާނާ އަށް ދިއުމުގައި ބާރުލާން ޖެހޭނަމަ ނުވަތަ ފާޚާނާ ކުރުމަށްފަހު ފުރިހަމަ އަށް ބަނޑު ހުސްނުވާކަމަށް އިހުސާސްވުން ވެސް ބެލެވެނީ ބަނޑުހިކުމުގެ މައްސަލަ ހުރި ކަމުގެ ނިޝާންތަކެއް ކަމުގައެވެ. ނަމަވެސް މިނޫން އެހެން ނިޝާންތައް ވެސް ހުރެދާނެއެވެ.

އާ އިރުޝާދުގައި ބުނެފައިވާ ގޮތުގައި ބަނޑުހިކުމުގެ މައްސަލައިގައި އެންމެ ރަނގަޅު ފަރުވާއަކީ ސުޕަރމާކެޓުން އެންމެ ފަހުގެ ޕްރޮބަޔޮޓިކްސް ބޭނުން ކުރުމަށް ވުރެ ނުވަތަ ތަފާތު ބާވަތްތަކުގެ ފައިބަރު ގިނަ ކާނާ ކެއުމަށް ބާރުއެޅުމަށް ވުރެ މޭވާ އާއި ބުއިންތަކަށް އިސްކަންދިނުމެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވަހެއްގެ މައްޗަށް ދެތިން ކީވީ މޭވާ ނުވަތަ 8-10 ޕްރޫން (ހިކި ޕްލަމް) ކެއުމުން ބަނޑުހިކުމުގެ މައްސަލަ ހައްލުވާނެއެވެ.

ތޮއްޓާ އެކުގައިތަ ނުވަތަ ތޮށި މަށައިގެންތަ؟

ކިންގްސް ކޮލެޖް ލަންޑަންގެ ނިއުޓްރިޝަނަލް ސައިންސަސްގެ ތަޖުރިބާކާރު ޑރ. އިރިނީ ޑިމިޑީ ވިދާޅުވާ ގޮތުން ކީވީ މޭވާ ތޮށި މަށައިގެން ވެސް ރަނގަޅެވެ. އަދި އޭގައި ފައިބަރު އެކުލެވެއެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ތޮއްޓާ އެކު ކެއުމުން ވެސް މައްސަލައެއް ނެތް ކަމަށެވެ.

ކީވީ މޭވާގައި އެކުލެވޭ ފައިބަރުން ގޮހޮރުގެ މަސައްކަތަށް ހެޔޮ އަސަރުކޮށް، ހަށިގަނޑުން ބޭރުވާ ނަޖިހުގެ މިންވަރު އިތުރުވެއެވެ.

"ކީވީ މޭވާ އިން ގޮހޮރަށް ލިބޭ ފެނުގެ މިންވަރު އިތުރުވޭ، އޭގެ ސަބަބުން ނަޖިސް މަޑުވޭ،" ޑރ. ޑިމިޑީ ވިދާޅުވިއެވެ.

ދުވާލަކު 8-10 ޕްރޫން ކެއުމުން ވެސް މިފަދަ ނަތީޖާ އެއް ފެނިދާނެއެވެ.

އޭނާ ވިދާޅުވީ ބަނޑު ހިކުމުގެ މައްސަލައިގައި އިސްކުރު ފެނަށް ވުރެ "މިނަރަލް ވޯޓަރ ރަނގަޅެވެ."

މުހިންމު މިނަރަލް އަކީ މެގްނީޒިއަމް އެވެ. އެއީ ހަޖަމު ކުރުމަށް އެހީވާ އެއްޗެކެވެ. އެހެން ކަމުން މެގްނީޒިއަމް އޮކްސައިޑް ސަޕްލިމެންޓް ބޭނުން ކުރުމުން ގިނަ ފައިދާތަކެއް ކުރާ ކަމަށް ދިރާސާ އިން ދައްކައެވެ.

ޕްރޮބަޔޮޓިކްސް އާ ގުޅޭގޮތުން އިރުޝާދުގައި ބުނެފައިވާ ގޮތުގައި ބައެއް ބާވަތްތަކުން ބަނޑު ހިކުމުގެ ބައެއް މައްސަލަތައް ރަނގަޅުވާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް ގިނަ ޕްރޮބަޔޮޓިކްސް ގެ ބާވަތްތަކުން ކުރާ އަސަރާ ގުޅޭގޮތުން ދިރާސާތައް މަދުކަން ވެސް ފާހަގަކޮށްފައިވެއެވެ.

އައު އިރުޝާދު

މިހާތަނަށް ބަނޑުހިކުމުގެ މައްސަލަ ހުރި ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންނަށް ދޭން ކަނޑައަޅާފައިވާ އިރުޝާދުތައް މަދުކަމަށާއި، އަދި އެ އިރުޝާދުތައް ޒަމާނާ ނުގުޅޭ ކަމަށް ދިރާސާވެރިން ފާހަގަ ކޮށްފައިވެއެވެ. އަދި އެ އިރުޝާދުތަކުގައި މައިގަނޑު ގޮތެއްގައި ބާރުއަޅާފައި ވަނީ ފައިބަރު ގިނަ ކާނާ ކެއުމަށާއި ފެން ބުއިން އިތުރު ކުރުމަށެވެ.

އާ އިރުޝާދު ބިނާކޮށްފައިވަނީ 75 ކްލިނިކަލް ޓްރަޔަލްގެ ހެކިތަކުގެ މައްޗަށެވެ. މިއީ މިކަމާ ގުޅޭގޮތުން ލިބެންހުރި ހުރިހާ ޓްރަޔަލްތަކެކެވެ. އަދި މި ހެކިތައް ދިރާސާކޮށްފައި ވަނީ މާހިރުންގެ ޕެނަލަކުންނެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ޑައިޓެޓިކްސް ޕްރޮފެސަރ އަދި މި ދިރާސާގެ އިސް މުސައްނިފު ޕްރޮފެސަރ ކެވިން ވީލަން ވިދާޅުވި ގޮތުގައި މި އާ އިރުޝާދަކީ "ޞިއްޙީ ދާއިރާގެ މާހިރުންނަށް މީހުންގެ ބަލިމީހުންނަށް ބަނޑު ހިކުމުގެ މައްސަލަ ހައްލު ކުރުމުގައި އިރުޝާދު ދިނުމުގައި އުންމީދީ ފިޔަވަޅެކެވެ."

މި އާ އިރުޝާދު އެކުލަވާލުމުގެ މަޝްރޫޢު އަށް ފަންޑު ދިން ބްރިޓިޝް ޑައިޓެޓިކް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި މިއީ ޑައިޓީޝަނުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނަށް ވަރަށް ރަނގަޅު ވަސީލަތެކެވެ. އަދި މިއީ "ކާނާ އަށް އިސްކަންދޭ އަދި ހެކީގެ މައްޗަށް ބިނާކޮށްފައިވާ ދިގު މުއްދަތަކަށް ދެމިގެންދާ ބަނޑު ހިކުމުގެ މައްސަލަ ހައްލު ކުރުމަށް" އެހީތެރިވެދޭނެ އިރުޝާދެކެވެ.

ކީވީ މޭވާކިންގްސް ކޮލެޖް ލަންޑަންނޭޝަނަލް ހެލްތް ސާވިސްޕްރޮބަޔޮޓިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
އަންނާރު: އަޖައިބެއް ފަދަ މޭވާއެއް

އަންނާރު: އަޖައިބެއް ފަދަ މޭވާއެއް

10 މެއި 2019
ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

28 އެޕްރީލު 2018
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

29 މާރިޗު 2018
ބަނޑު ނުހިނދޭ 8 ސަބަބު

ބަނޑު ނުހިނދޭ 8 ސަބަބު

27 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު