Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް އެޕީލް ޓްރައިބިއުނަލް

މަހާޒު އަށް ރުހުން ނުދީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ޢައްޔަނު ކުރައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އޮކްޓޯބަރު 2025 | އަންގާރަ 03:11
ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީ

ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ހޯމަ ދުވަހު ޢައްޔަނު ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ، ޢައްޔަނުކުރައްވާފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ އަލްއުސްތާޛު އިބްރާހީމް ޢަފީފު އަދި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝަވްފާ އިބްރާހީމެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މީގެ ކުރިން 3 ފަހަރެއްގެ މަތީން، ކުރައްވާފައިވާ އިޢުލާންތައް ބާޠިލުކުރައްވައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލާފައިވަނީ އޮގަސްޓްމަހުގެ 21 ވަނަ ދުވަހު އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީ މަރުހަލާގައި އެންމެ މަތީ މާކްސް ލިބުނު ނަމަވެސް، އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނިީ އޮކްޓޯބަރ 8 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނާ އާއި ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް، ފަސް މެންބަރުން އައްޔަން ކުރައްވައިފި

30 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް، ފަސް މެންބަރުން އައްޔަން ކުރައްވައިފި
08 އޮކްޓޯބަރު 2025

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!

08 އޮކްޓޯބަރު 2025
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!
07 އޮކްޓޯބަރު 2025

ޕީއެންސީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ މަހާޒު އަށް

07 އޮކްޓޯބަރު 2025
ޕީއެންސީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ މަހާޒު އަށް
20 އޯގަސްޓު 2025

ޓެކްސް އެޕީލް ޓްރަބިއުނަލްއާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

20 އޯގަސްޓު 2025
ޓެކްސް އެޕީލް ޓްރަބިއުނަލްއާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
05 އޯގަސްޓު 2025

އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

05 އޯގަސްޓު 2025
އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު