Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ޚާއްސަ އޮޑިޓުގައި ގިނަ މައްސަލަތަކެއް، ސައީދު ވިދާޅުވީ ވަކި އަމާޒަކަށް ހަދާފައިވާ ރިޕޯޓެއް ކަމަށް!

ފެނަކައިން 2021 އިން 2023 އަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ޚިދުމަތް ހޯދުމަށް ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ބުނޭ

ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 14:04
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑްގެ މުދަލާއި ޚިދުމަތް ހޯދުމާއި، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ބެހޭ ޚާއްސަ އޮޑިޓް ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުކުރުވިލޭރޭ އާންމުކުރި 97 ސަފްހާގެ މި ރިޕޯޓުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުންޏަށް ބޭނުންވާ މުދަލާއި، ޚިދުމަތް ހޯދުމުގައި އަމަލު ކޮށްފައިވާ ގޮތާއި، ކޮށްފައިވާ ޚަރަދުގެ ތަފްސީލާއި، ކުންފުނީގެ މާލީ ހާލަތާއި ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލާއި، ކުންފުނިން ދަރަނި މެނޭޖު ކޮށްފައިވާ ގޮތާއި، ޕްރޮކިއުމެންޓް އުސޫލުތަކަށް ތަފުސީލީ ގޮތެއްގައި ވަނީ ބަލާފައި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރިޕޯޓުގައި ބުނެފައިވަނީ، 2021 ން 2023 ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއިި ޚިދުމަތް ހޯދުމަށް ކުންފުނިން ޚަރަދު ކޮށްފައިވާ ކަމަށެެވެ. އެ ގޮތުން އެ ޚަރަދުގެ ތެރޭގައި އެ ވަގުތައް މުހިންމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގައި ޒިންމާދާރު ކަމެއްނެތި އާންމު ބީލަމުގެ އުސޫލުން ބޭރުން، ކުންފުންޏަށް ގެއްލުންވާ ގޮތައް ކުންފުނީގެ ފައިސާ ހޭދަ ކުރަމުން ގޮސްފައިވާ ކަމުގައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލައި ކަމަށް ބުނެފައިވެއެވެ. ވާދަވެރި އުސޫލުން ބޭރުން ހެދި އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އޭގެ އިތުރުން ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، އައު އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް އިން-ހައުސް ޕްރޮޖެކްޓުގެ ގޮތުގައިި 2021ން 2023ށް 1 ބިލިއަން ޚަރަދު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 41 ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައިި ނުވާ ކަމުގައެވެ.

މި މުއްދަތުގެ ތެރޭގައި ފެނަކައިން ހިންގި މަޝްރޫއުތަކަށް މުދާ އުފުލުމަށް ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފުމަށް އެކި ފަރާތްތަކާއެކު 612 އެއްބަސްވުންތަކުގެ ދަށުން 191.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، އޭގެ ތެރެއިން 344 އެއްބަސްވުން ހަދާފައިވަނީ މާކެޓް އަގުތަކަށް ވުރެ ބޮޑު ކޮށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފެނަކައިން އެ މުއްދަތުގެ ތެރޭގައި ހިންގި އިން-ހައުސް މަޝްރޫއުތަކުގައި މަސައްކަތް ކުރި ވަގުތީ މުވައްޒަފުންނަށް ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ކޭޓަރިންގ ޚަރަދަށް ޗާޖު ކުރަން ޖެހޭ ވަރަށް ވުރެ އިތުރަށް 14.2 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނަށް ދީފައިވާ ކަމަށެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2021ން 2023ށް 127.8 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާއިރު، އޭގެ ތެރެއިން 15.8 މިލިއަން ރުފިޔާގެ ތެޔޮ ގަނެފައިވަނީ އެމްޓީސީސީ އާއި ސްޓެލްކޯ އިން ކަމުގައި ވިޔަސް، 111.9 މިލިއަން ރުފިޔާގެ ތެޔޮ ގަނެފައިވަނީ އަމިއްލަ ކުންފުންޏަކުން ކަމުގައެވެ.

އޭގެ އިތުރުން ސްޕެއަރޕާޓްސް ގިނައިން ގަނެފައިވަނީ ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ކޮންމެ ފަހަރަކު ވެސް އެންމެ ފަރާތަކުން އަގު ހޯދައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކުރީގެ މެނޭޖިންގ ޑިރެކްޓަރަކާ އާއިލީ ގުޅުން ހުރި މުދަލާ ޚިދުމަތް ހޯދުމަށް މި މުއްދަތުގެ ތެރޭގައި 92 އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެ ފަރާތްތަކަށް 49.8 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ހަވީރު އިންޓަރނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ޗިމްނީ ސެޓެކާއި، ސްޕެއަރ ޕާޓްސް ގަތުމަށް 18 އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އޭގެ ދަށުން 52.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލު ކޮށްފައިވާ އިރު ގިނަ މަސައްކަތް ހަވާލު ކޮށްފައިވަނީ ބީލަމުގެ އުސޫލުން ބޭރުން ކަމަށެވެ.

މީގެ އިތުރުން މުޅިން އައު 8 ޖަނަރޭޓަރު ސެޓު ގަތުމަށް ދެ ކުންފުންޏަކާ ހަވާލު ކުރި ކޮންޓްރެކްޓުގެ ދަށުން ސަޕްލައިކޮށްފައިވަނީ ރިފަރބިޝްޑް ޖަނަރޭޓަރު ކަމަށާއި، އެ ތަކެތި ފެނަކަ އަށް އެފަރާތްތަކުން ވިއްކާފައިވަނީ ގަތް އަގުގެ އެތައް ގުނަ އެއް ބޮޑު ކޮށް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އޮޑިޓު ރިޕޯޓުން އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެކި މަޝްރޫއުތަކަށް އާންމުކޮށް އިއުލާނު ނުކޮށް ވެހިކަލްތައް ކުއްޔަށް ނެގުމާއި، އެ ވެހިކަލްތަކުގެ ކުލީގެ ގޮތުގައި، ވެހިކަލް ގަންނަން ހަރަދުވާނެ ކަމަށް ބެލެވޭ އަގަށްވުރެ އިތުރަށް 18.9 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނެފައިވެއެވެ.

މި ތިން އަހަރު ފެނަކަ އާއި ދެކޮޅަށް 100 މައްސަލައެއް ކޯޓަށް ހުށަހެޅި, އެ މައްސަލަތައް ބަލައި އެކި ފަރާތްތަކަށް 377 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި ނަމަވެސް މި އަހަރުގެ ޖޫންގެ ނިޔަލަށް އޭގެ ތެރެއިން 330 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.

އިންޖީނުގެ އާއި އޮފީސް އިމާރާތްތައް އެޅުމަށް ހަރަދުކުރި 61 މިލިއަން ރުފިޔާގެ އެއްވެސް ހިސާބެއް ބަލަހައްޓާފައިނުވާ ކަމަށާއި، އިންޖީނުގެ އަދި އޮފީސް އިމާރާތްތައް އެޅުމަށް ހިންގި މަޝްރޫއުތަކުގެ މެނޭޖަރުންގެ ގޮތުގައި ނެގި މީހުންނަށް ޕެޓީ ކޭޝްގެ ގޮތުގައި 26.5 މިލިއަން ރުފިޔާ ދޫކުރި ކަމަށާއި، މީގެތެރެއިން ފަސް މިލިއަން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރިއިރު 21 މިލިއަން ޖަމާކުރީ އެ މީހުންގެ އަމިއްލަ އެކައުންޓުތަކަށް ކަމަށާއި މި ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލު ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2023 ނިމުނުއިރު ފެނަކަ އޮތީ 3.9 ބިލިއަން ރުފިޔާ އެކިއެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށެވެ. އޭގެ ތެރޭގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެއާ އެކު ފެނަކައިން ގަވާއިދުން ފައިސާ ދައްކަމުންދިޔައީ 79 ފަރާތަކަށް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއާއެކު އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފެނަކައިން ފޯރުކޮށްދިން ޚިދުމަތްތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް 500.6 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށެެވެ. މި ގޮތުން ނުލިބި ހުރި ފައިސާގެ ތެރެއިން 63 އިން ސައްތަ އަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓު އާންމު ކުރުމާ ގުޅިގެން މި ނޫހުގެ ފަރާތުން ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދަށް ކޮމެންޓަކަށް އެދުމުން ވިދާޅުވީ، މިއީ "ވަރަށް ބޮޑަށް ހަގީގަތް އޮޅޭ ގޮޮތައް ވަކި އަމާޒަކަށް ހަދާފައިވާ ރިޕޯޓެއް،" ކަމުގައއެވެ.

އޭނާ ވިދާޅުވީ، ރިޕޯޓުގައި ގިނަ މައުލޫމާތަކީ "ވަރަށް ބޮޑަށް އޮޅުވާލާފައިވާ" އެއްޗެއް ކަމުގައެވެ.

އޭނާ ވިދާޅުވީ މުދަލާއި ޚިދުމަތް ހޯދާފައި ވާނީ ފެނަކައިގެ ޕްރޮކިއުމަންޓް އުސޫލުގެ ތެރެއިން ކަމަށާއި ޕޮލިސީތަކުން ބިޑް ކުރުމާއި ނުކުރުމުގެ އިޚްތިޔާރުތައް އޮންނަ ކަމުގައެވެ.

ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އޮޑިޓަށް ބޭނުންވާ ސައްހަ މަޢުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. ނުވަތަ ރިޕޯޓު ތައްޔާރު ކުރުމުގައި ބަލަން ޖެހޭ ހުރިހާ ލިޔެކިޔުންތަކަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ.

ރިޕޯޓުގައި މާކެޓް ރޭޓަށް ވުރެ ބޮޑު ކޮށް ޚިދުމަތާ ތަކެތި ހޯދާފައިވާކަން ފާހަގަ ކޮށްފައިވާއިރު، ސައީދު ވިދާޅުވީ، ކޮވިޑްގެ ކުރިން ތަކެތީގެ އަގު ހުރި މިންވަރާއި ކޮވިޑަށް ފަހު ބާޒާރުގެ ތަކެތީގެ އަގު ވެސް އަޅާ ކިޔަން ޖެހޭނެ ކަމުގައެވެ.

އޭނާ ވިދާޅުވީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ބަޖެޓް އާއި ބީ.އޯ.ކިއު ނަހަދާ ވާހަކަ އަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށާއި ފެނަކައިގައި އެ ޑޮކިއުމަންޓްތައް ހުންނާނެ ކަމުގައެވެ.

ފެނަކަ ކޯޕަރޭޝަންއޮޑިޓަރ ޖެނެރަލްއަޙްމަދު ސަޢީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު