Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވާރލްޑް ކަޕް ކޮލިފައިން

ވާރލްޑް ކަޕް ކޮލިފައިން: ބެލްޖިއަމް ކޮލިފައިވެއްޖެ

4 ސެޕްޓެމްބަރު 2017 | ހޯމަ 05:40

ވާރލްޑް ކަޕްގެ ޖާގައެއް ބެލްޖިއަމްއިން ކަށަވަރުކުރީ ގައުމުން ބޭރުގައި ގްރީސްގެ މައްޗަށް 2-1 އަކުން ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ސެޕްޓެމްބަރު 2017 | ހޯމަ 05:40
ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

2018 ވަނަ އަހަރުގެ ވާރލްޑް ކަޕަށް ބެލްޖިއަމް ކޮލިފައިވެއްޖެއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ވާރލްޑް ކަޕްގެ ޖާގައެއް ބެލްޖިއަމްއިން ކަށަވަރުކުރީ ގައުމުން ބޭރުގައި ގްރީސްގެ މައްޗަށް 2-1 އަކުން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ބެލްޖިއަމްއިން ކުޅެން ނެރެފައިވަނީ ވަރަށް ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެގޮތުން އެޑެން ހަޒާޑާ ރޮމެލޫ ލުކާކޫއާ ކެވިން ޑެބްރައިންގެ އިތުރުން ޑްރައިސް މާޓެންސްވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ފުރަތަމަ ހާފުގައި ބެލްޖިއަމްއަށް ގްރީސްގެ ގޯލު ހުޅުވާނުލެވުނު ނަމަވެސް އެޓީމުން ވަނީ ގްރީސްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ތިން ގޯލުވެސް ފެނިގެން ދިޔައީ ފަސް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމްއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޑިފެންޑާ ޔާން ވަޓޮންގެންއެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ގްރެގޮއިސް ޒަވާލެސް ނަގައިދިން ހުރަހަކުން ގްރީސްގެ ޒެކާ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

ބެލްޖިއަމްއިން މެޗުގެ ލީޑު އަލުން އަނބުރާ ނެގީ އޭގެ މިނެޓެއް ފަހުން ތޯމަސް މިއުނިއާ ނަގައިދިން ހުރަހަކުން، ރޮމެލޫ ލުކާކޫ ބޮލުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޔޫރަޕުގެ ވާރލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އެޗްގައި ބޮސްނިއާ ހަޒަގޮވީނިއާ ވަނީ ގައުމުން ބޭރުގައި ޖިބްރަލްޓާ 4-0 އަކުން ބަލިކޮށްފައެވެ. ހަމައެހެންމެ އެސްޓޯނިއާއިން ވަނީ އަމިއްލަ ގައުމުގައި 1-0 އަކުން ސައިޕްރަސްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

ބެލްޖިއަމްއިން ވާރލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރީ ކުޅުނު އަށް މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުންވަނީ މި ގްރޫޕުގެ އެއްވަނަ ޔަގީންކޮށްފައެވެ. ގްރޫޕް އެޗްގެ ދެވަނައިގައި 14 ޕޮއިންޓާއެކު ބޮސްނިއާ ހަޒަގޮވީނިއާ އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާއެކު އޮތީ ގްރީސްއެވެ.

ބެލްޖިއަމްއަކީ އަންނަ އަހަރު އޮންނަ ވާރލްޑް ކަޕުން ޖާގަ ކަށަވަރު ކުރި ހަވަނަ ޓީމެވެ. އެ ޓީމުގެ ކުރިން ބްރެޒިލް، ޖަޕާން، އީރާން، މެކްސިކޯ އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއިން ވަނީވާރލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް