Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމު ދަރަނިވެރިވުން

މިސަރުކާރުގެ ޑޮލަރުގެ ސިޔާސަތު ފެއިލް، ދުވާލަކަށް 15 މިލިއަން ރުފިޔާއިން ރައްޔިތުން ދަރަނިވެރި ވެސް ވަނީ ކޮށްފައި: މޭޔަރު އާޒިމް

ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް ޑޮލަރުގެ ދަތިކަން ވަނީ ކުރިމަތިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 07:29
ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުން ގެނައި ޑޮލަރުގެ ސިޔާސަތު އެއްކޮށް ފެއިލްވެ، ދުވާލަކަށް 15 މިލިއަން ރުފިޔާއިން ދިވެހި ރައްޔިތުން ދަރަނިވެރި ކޮށްލާފައިވާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ މިސަރުކާރުން ޑޮލަރުގެ ސިޔާސަތު ބަދަލުކޮށްފައިވަނީ ޑޮލަރުގެ އަގު ދަށްކޮށް، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް މިސިޔާސަތާއެކު ރައްޔިތުންނަށް މިހާރު ޑޮލަރު ނުލިބޭ ކަމަށާއި، ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ވެސް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެމީހުން ވެސް އިތުރަށް ޑޮލަރު ހޯދުމަށް މަގު މައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރުގެ އަގުދާނީ މައްޗަށް ކަމަށާއި، ސަރުކާރުގެ މިސިޔާސަތު އެއްކޮށް ފެއިލްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރުން މަޝްރޫއުތައް މިހާރު ކުރިއަށް ގެންދަނީ ގައުމާ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށާއި، ބޭރުގެ ކުންފުނިތަކާ ހަވާލުކޮށް އަގުބޮޑު ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެމްޓީސީސީން ކަމަށާއި، އެމަސައްކަތް ކުރިއަށް ގެންދިޔުމަށް އަގުބޮޑެތި އިކުޕްމަންޓްސްތައް ހޯދައި އަގުހެޔޮކޮށް މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެމްޓީސީސީ ހިންގި ޖުމްލަކޮށް 99 ޕްރޮޖެކްޓަކީ އާއްމު ރައްޔިތުންނަށް ކުރުމަށް އެހައި ފަސޭހަ ނޫން ޕްރޮޖެކްޓްތައް. އެއީ މިސާލަކަށް ބޮޑެތި ބަނދަރުތައް ހެދުން. މީގެ ކުރިން ބޭރުގެ ކުންފުނިތައް. އޭރުގައި މިނިސްޓަރު ވިދާޅުވީ ބޭރުގެ ކުންފުނިތަކުން ކުރި މަސައްކަތް އެމްޓީސީސީން ކުރަން ހިނގާށޭ. ތިމަންނަމެން ފައިސާ ހަމަޖައްސާނަމޭ. އިކުޕްމެންޓާ އެއްޗެހި ގަންނަން. އެގޮތަށް އަޅުގަނޑުމެން އެންމެން ގުޅިގެން އިކުޕްމަންޓް ގަނެގެން އެއީ ކުރަން ބޮސްކާލިސްއާ މިތަންތަނުން ކުރި މަސައްކަތްތައް އެމްޓީސީސީ ތެރެއަށް އަޅުގަނޑުމެން ގެނައީ. މިއަދު މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާ ކުރާ މަންޒަރު ބާރަށް ފެންނަނީ ކީއްވެތޯ އެއީ. އެއީ އަޅުގަނޑުމެންގެ ދައުރުގައި އަޅުގަނޑުމެން ބޭރު ކުންފުނިތަކުން ކުރި މަސައްކަތް ކުރަން ބޭނުންކުރި ސާމާނު، އެ ސާމާނު ގަންނަން ދައުލަތުން އަޅުގަނޑުމެންނަށް ދިނީމަ އަޅުގަނޑުމެން އެ އެއްޗެހި ގަނެގެން އެމަސައްކަތް މިއަދު ފަށާފައި ހުރީމަ. އެހެން ނޫންނަމަ މިއަދު އެމަސައްކަތް ކުރާނެ އެއްޗެހި ނުހުންނާނެ. އެއީ އަޅުގަނޑުމެން މަސައްކަތް ކުރި ގޮތަކީ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސިޔާސަތު ވެސް އޮތީ އިތުރަށް ދަރަނިވެރިވާ ގޮތަށް ކަމަށެވެ. އަދި މިސަރުކާރުން ގައުމު ދަރަނިވެރި ކުރަމުންދާ ކަމަށާއި، ދުވާލަކަށް 15 މިލިއަން ރުފިޔާއަށް ވާވަރަށް ދަރަނިވެރިކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މިފެންނަނީ އެމްޓީސީސީއަށް ކުރެވޭ މަސައްކަތްތައް ވެސް ބޭރު ކުންފުނިތަކަށް މިހާރު ބިން ހިއްކުން ކަހަލަ ކަންތައްތައް އަޅުގަނޑުމެން އޭރުގައި ތިން ޑޮލަރަށް 4 ޑޮލަރަށް ކުރި ކަންތައްތައް މިއަދު އެކުރަނީ 7 ޑޮލަރަށް 8 ޑޮލަރަށް އެކުރަނީ ބޭރު މީހުންނަށް ދީގެން. އެހެންވީމަ ސިޔާސަތު މިއޮތީ އިތުރަށް ދަރަނިވެރިވާ ގޮތަށް. މިއަދު އެމީހުން އެބަ ހަރަދުކުރޭ. ދުވާލެއްގެ މައްޗަށް ގައުމު ދަރަނިވެރިކޮށްލާފި އެމީހުން އައިފަހުން ދުވާލަކަށް 15 މިލިއަން ރުފިޔާއަށް ވާވަރަށް ދަރަނިވެރިކޮށްލާފި. ދިވެހި ރާއްޖޭގެ ރައްޔިތުން. އެއްކަމަކީ ފަރުވާ ކުޑަކަން. އަނެއް ކަމަކީ ނޭނގުން. އަނެއްކަމަކީ ކޮންމެ ގޮތެއް ވަރިހަމަކަން.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރައްޔިތުން ވެރިކަމެއް ގެންނަނީ އެ ރައްޔިތުންނަށް އުފާވެރި ހިތްފަސޭހަ ދުވަސްތަކެއް ބޭނުންވާތީ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީއްސުރެ ރައްޔިތުންނަށް ލިބުނު ފަސޭހައެއް އުފަލެއް ހިތްހަމަ ޖެހުމެއް ނެތް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒުއާދަމް ޢާޒިމްޑޮލަރުގެ ސިޔާސަތުއެމްޓީސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު