Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީޑިއާ ކޮންޓްރޯލް ބިލު

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އާންމުން ހޭލުންތެރިކުރުމަށް ނޫސްވެރިން މަގުމައްޗަށް!

ހިޔާލު މަރާލައި ދުލުގައި މަރުތަޅު އަޅުވަން ކަމަށް ބުނެ ނޫސްވެރިން މަގުތަކަށް ނިކުތް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 18:33
މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އާމުން ހޭލުންތެރިކުރުވުމުގެ ތެރެއިން

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އާމުން ހޭލުންތެރިކުރުވުމުގެ ތެރެއިން

މިއުޅޭނީ ހިޔާލު މަރާލައި ދުލުގައި މަރުތަޅު އަޅުވަން ކަމަށް ބުނެ އާންމުން ހޭލުންތެރިކުރުމަށް ނޫސްވެރިން މަގުތަކަށް ނިކުމެއްޖެ އެވެ.

ބިލުގެ ނުރައްކާ ކަމާއި ބިލުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ނޫސްވެރިންނަށް ނޫންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ނޫސްވެރިން ވަނީ ވަކި ވަކި މީހުންނަށް ބިލުގައިވާ ކަންކަން ކިޔައިދީފަ އެވެ.

Advertisement - newsAdvertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ބޭނުމަކީ ސަރުކާރުގެ ވެރިން ރައްޔިތުންގެ ހަޒާނާއިން ވައްކަންކޮށް ހިންގާ ހިޔާނާތާއި ފަސާދަައިގެ އަމަލުތައް ސޯޝާލް މީޑިއާގެ ޒަރިއްޔާއިން ފަޅާއަރުވާލަމުން ދާތީ އެކަން ފޮރުވުމާއި މީޑިއާގެ ޒަރިއްޔާއިން ރައްޔިތުންގެ ސިކުނޑިތަކަށް ރާއްޖޭގެ ހުރިހާ ކަމެއް ރަނގަޅަށް ހިނގާ ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމެވެ.

މި ބިލުން ރައްޔިތުންނަށް ސައްހަ މައުލޫމާތު އެނގުމުގެ ދޮރު ބަންދުކޮށް ހަގީގީ ބޮޑު މަންޒަރު ފޮރުވައި ސަރުކާރާއި ސިޔާސީވެރިން އެ މީހުންގެ މަސްލަހަތަށް ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށް ނާޖާއިޒު މަންފާ ނެގުމުގެ އައު ދޮރެއް ހުޅުވޭނެ އެވެ.

މީގެ އިތުރުން މި ބިލުގެ ސަބަބުން ސަރުކާރާއި ސިޔާސީވެރިން މީޑިއާއަށް ފިލާތިބެ ހިންގާ ވައްކަމާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ފޭރާން އެކީ ހަލާކުވެގެން ދެ އެވެ. ދިރިއުޅުމުގެ އަގުތައް ބޮޑުވެ ޖީބަށް ބަރުވެއެވެ. އަދި އެތައްތަނެއް ފަހަތައް މި ގައުމު ސޮސްސާލައެވެ. އަދި ރައްޔިތުންގެ މަސްލަހަތު އެއްކިބާކޮށް އަމިއްލަ މަންފާއަށް ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތައް ބަދަލުކޮށް ގައުމުގެ މުއްސަނދިކަމަކީ ހަމައެކަނި ސިޔާސީ ވެރިންގެ އެއްޗަކަށް ހަދައި ރައްޔިތުންގެ އަތުން ބާރުތައް ނިގުޅައިގަނެ އެވެ.

ފޭސްބުކް، އެކްސް އަދި އެނޫންވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަކި ކޮމިޝަނެއްގައި ރަޖިސްޓްރީކުރަން މިބުލުގެ ސަބަބުން މަޖުބޫރު ކުރުވައެވެ. އަދި މީޑިއާތައް އިތުރަށް ސަރުކާރުގެ މުށުތެރެއަށްލައި ސަރުކާރުން ބޭނުންވާ ވާހަކައެއް ނުވަތަ ސަރުކާރު ޕްރޮމޯޓުވާ ފަދަ ހަބަރެއް ނޫނީ ރިޕޯޓު ނުކުރެވޭނެ އެވެ.

މީޑިއާ ކޮންޓްރޯލް ބިލުނޫސްވެރިކަންސޯޝަލް މީޑިއާސަރުކާރު-މީޑިއާފޭސްބުކް އެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު