Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފިރުއައުނު ޖާރީއާ އިން ގެންގުޅޭ 13 ނަންބަރު ކޮޓަރި!

އަޅުގަނޑަށް ޔަގީންވި ނަމަވެސް ޔަގީން ނުވި އެއްޗަކީ އަދި އެސުވާލެއްގެ ޖަވާބު ނުލިބުނު ސުވާލަކީ އެވިދާޅުވާ ފިރުއައުނާއި، އެވިދާޅުވާ ޖާރިއާއިންނާއި، އެވިދާޅުވާ 13 ނަންބަރު ކޮޓަރި އަކީ ހަގީގަތުގައި ކޮބައިކަމެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 12:45
ފިރުއައުނު ޖާރީއާ އިން ގެންގުޅޭ 13 ނަންބަރު ކޮޓަރި!

ފިރުއައުނު ޖާރީއާ އިން ގެންގުޅޭ 13 ނަންބަރު ކޮޓަރި!

ރައްޓެއްސަކު ފޮނުވި ވީޑިއޯ ކޮޅެއް ބަލާލުމުގެ ބޭނުމުގައި ޕްލޭ ކޮށްލައިފީ މެވެ. އެއީ ޓީވީ ޗެނަލްއެއްގައި ކެލާ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޝާރީފް ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ކޮޅެކެވެ. ބަލަން ފެށިއިރު މައުޟޫއަކީ ކޮބައި ކަމެއް ނޭނގެއެވެ. ފުރަތަމަ ވެސް ފެއްޓެވީ ފިރުއަނުނު ޒަމާނުގެ ވާހަކަ އެވެ. ވާހަކަ ފެއްޓެވުމަށްފަހު މިއީވެސް ކޮންމެވެސް ވަރެއްގެ ނޫސްވެރިކަމުގެ ވާހަކައެކޭ ވިދާޅުވި އަޑު އިވިއްޖެ އެވެ. އެހާ ހިސާބުން ގަބޫލު ކުރެވުނީ ޝަރީފް ވާހަކަ އެދައްކަވަނީ، މިހާރު ސަރުކާރުން ހުށަހަޅައިގެން އުޅޭ މިނިވަން ނޫސްވެރިކަން އުލު ބައިންދާ ބިލާއި ގުޅޭގޮތުން ކަމަށެއެވެ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތް ގޯސް ކަމަށް ނިންމަން ޖެހުނީ، ޝަރީފް ވާހަކަފުޅު ކުރިއަށް ގެންދެވި ގޮތުންނެއެވެ. ޝަރީފް ވިދާޅުވި އެއްޗެއް ވިދާޅުވި ގޮތަށް ދަންނަވާލާނަމެ އެވެ.

"ފިރުއައުނުގެ ގަނޑުވަރުގައި ހުރޭ 13 ނަންބަރު ކޮޓަރިއެއް. އެ 13 ނަންބަރު ކޮޓަރިއަކީ ފިރުއައުނު ގެންގުޅޭ އެންމެ ނުރައްކާތެރި، ފިރުއަނު އެންމެ އިތުބާރު ކުރާ ޖާރިއާއިން ގެންގުޅޭ ކޮޓަރި، ދެން ފިރުއަނުނު އެ ގައުމުގެ ރައްޔިތުންނަށް ނޫނީ އެތަނަށް، ނުވަތަ އެމީހުންގެ ތެރޭގައި ވަކި ކަހަލަ ކަމެއް ފަތުރަން ބޭނުންވެއްޔާމުން މިދެންނެވި ޖާރިއާއިން ބޭނުން ކުރޭ. އޭގައި އެކީ ކޮންކަހަލަ ހަމަތަކެއް މިންތަކެއް އޮތް ކަމެއްތޯ ނުވެސް ބަލާލާނެ، ގިނަ ފަހަރަށް އެހެން ވެސް ދިޔަ، އެއީވެސް ޒަމާނެއް، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުރަންޖެހޭނެ އެއީކީ ދެން ހަމަ އެއް ނޫންކަން. ހަމަ ފިރުއައުނު އަންގާހާ ގޮތަކަށް އެތާ ތިބި ޖށާރިއާއިން ކަންތައް ކުރާކަށް ނުޖެހޭނެ ނުވާނެ، މުޖުތަމައު ފަސާދަވާ ކަހަލަ ކަމެއް ކޮށްގެންވެސް ނުވާނެ."

މިހާ ހިސާބަށް ޝަރީފްގެ ވާހަކަ ގެންދެވި އިރު އަޅުގަނޑަށް އިނދެވުނީ ކުޑަ ކުޑަ ހައިރާން ކަމެއްގެ ތެރޭގައެވެ. މި އިވޭ އަޑާއި މެދު ހިތަށް އަރާ ފައިބަމުން ދިޔަ ސުވާލުތައް ގިނަ އެވެ. އެކަމަކު އެއީ އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ނޫން ކަމާއި އެއީ ހަމަ މެމްބަރު ޝަރީފް ކަމަށް، އެއީ ހަމަ ޓީވީ ޕްރޮގްރާމެއްކަން ކަށަވަރު ވުމުން ހިތުގައި އުފެދެމުން ދިޔަ ޝުއޫރުތައް އަދި މާގިނަ އެވެ. ސަބަބަކީ ކެލާ ދާއިރާގެ މެމްބަރު ޝަރީފް އަކީ ޕީއެންސީގެ މެމްބަރަކަށް ވެފައި މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕުން ނޫސްވެރިކަން އުލު ބައިންދާ ބިލަށް ފުރިހަމައަށް ތާއީދު ކުރުމާއި، ޝަރީފް ވާހަކަ ދައްކަން އަރާ އިންނެވީ ރައީސް ޑރ. މުއިއްޒުގެ ޗެނަލްއެއް ކަމަށް ބުނެވޭ ޗެނަލްއަކަށް ވުމާއި ވާހަކަ ދައްކަވަން އިންނެވީ އެބިލްގެ ދިފާއުގައި ކަމަށްވާތީ އެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ޝަރީފް މިކުރައްވަނީ ކީއްވާބައެވެ. ނޫސްވެރިކަން މަރާލާ ބިލް ދިފާއު ކުރުމުގެ ނަމުގައި އިންވައިގެން ނުސީދާކޮށް މިވިދާޅުވަނީ ކޮންހާ އެއްޗެއްސެއްބާވައެވެ. ފިރުއަނޭ ކިޔައިގެން ނިސްބަތް އެކުރައްވަނީ ކާކަށްބާވައެވެ. މާ އިތުބާރު ކުރެވޭ ނުރައްކާތެރި ޖާރިއާއިން ތަކެކޭ ކިޔައިގެން ދައްކަވަން އެ އުޅުއްވަނީ ކޮން ކުދިންތަކެއްގެ ވާހަކަ ބާވައެވެ. އެވިދާޅުވާ 13 ނަންބަރު ކޮޓަރި ހުންނަކީ ދެތަނުގެ ތެރެއިން ކޮން ތަނެއްގައި ބާވައެވެ. ފިރުއައުނު ގައުމުގެ ތެރޭގައި ކަމެއް ފަތުރަން ބޭނުންވެއްޖެ ނަމަ، ޖާރިއާއިން ބޭނުންކޮށްގެން އެވާހަކަ ގައުމުގެ ތެރޭގައި ފަތުރާލާއިރު ދޮގެއް ދެތެއް އަސްލެއް ހަގީގަގަތެއް ބެލުމެއް ނޯންނަ ކަމަށް ވިދާޅުވެ އެދައްކަވަނީ ކޮން ގައުމެއްގެ ވެރިއަކު، ކޮން ޖާރިއާއިން ތަކެއް ބޭނުންކޮށްގެން ގައުމުގައި ފެތުރި ކޮން ވާހަކައެއްގެ ވާހަކަ ބާވައެވެ. ފިރުއަނުނު ބުނާހާ ގޮތަކަށް ޖާރިއާއިންވެސް އަމަލު ކުރަން ނުޖެހޭނެ ކަމަށާއި އެއީވެސް އެއްވެސް ހަމައެއް ނޫން ކަމަށް ވިދާޅުވެ ނިސްބަތް އެކުރައްވަނީ އެންމެންގެ މައްޗަށް ނުފޫޒު ހިންގަވާ އެބޭފުޅަކު އަންގަވާ ގޮތަކަށް އެންމެނަށް އަމަލު ކުރަން މަޖުބޫރު ކުރުވާ ކޮން ވެރިއަކަށް ބާވައެވެ.

މިސުވާލުތައް ހިތުގައި އެހާ ބޮޑަށް އުފެދެމުން ދިއައީ ޝަރީފްއަކީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރަކަށް ވެފައި، ޕާލިމެންޓްރީ ގުރޫޕު އޮންނަނީ ރައީސް މުއިއްޒުގެ މުށުތެރޭގައި ފިއްތާލާފައި ކަމަށް ދެކެވޭ ވާހަކަތަކާއި ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް އެބޭފުޅުން އަމަލު ކުރަން މަޖުބޫރު ކަމަށް ދެކެވޭ ވާހަކަތައް އިވޭލެއްވެސް ގިނަ ކަމުންނެއެވެ.

އަޅުގަނޑުގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބި ޝަރީފް އެވާހަކަފުޅު ދައްކަވަނީ ނޫސްވެރިކަމުގެ މިނިވަންކަން އުލު ބައިންދާ ބިލުގެ ދިފާއުގައި ކަމަށް އިނގުނީ ވާހަކައިގެ ވަކި ހިސާބަކުން ޝަރީފް ވިދާޅުވި އެއްޗަކުންނެއެވެ. "އެއީ މާޒީ، އެކަމަކު އަޅުގަނޑު ހިތާމަ ކުރަނީ އެއީ މިދުވަހެއް ނޫން. ދުނިޔޭގެ ހަޔާތުގައި ރާއްޖޭގެ ހަޔާތުގައިވެސް އެއީ މާޒީ، މިއަދު ބަދަލުވެގެން ފަރުމާވެގެން މިއަންނަ ނޫސްވެރިކަމުގެ ގާނޫނުގެ ސަބަބުން ނޫސްވެރިކަމަށް ވަރަށް ފަހި ރަނގަޅު ބަދަލުތަކެއް އަންނާނެ" އެވެ.

ޝަރީފް މިހެން ވިދާޅުވުމާއި އެކު ޝަރީފް ވާހަކަފުޅު ދެއްކެވީ ނޫސްވެރިކަން މަރާލާ ބިލުގެ ދިފާއުގައި ކަން ޝައްކެއް ނެތް މިންވަރަށް އަޅުގަނޑަށް ޔަގީންވި ނަމަވެސް ޔަގީން ނުވި އެއްޗަކީ އަދި އެސުވާލެއްގެ ޖަވާބު ނުލިބުނު ސުވާލަކީ އެވިދާޅުވާ ފިރުއައުނާއި، އެވިދާޅުވާ ޖާރިއާއިންނާއި، އެވިދާޅުވާ 13 ނަންބަރު ކޮޓަރި އަކީ ހަގީގަތުގައި ކޮބައިކަމެވެ.

ޝަރީފް ދެއްކެވި ވާހަކައެއް ކޮންމެ މާނައެއްގައި ދެއްކެވިއަސް މައްސަލައެއް ނެތެއެވެ. އެކަމަކު މިކަހަލަ ދުވަސްވަރެއްގައި ޝަރީފް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރާއި ދިމާއަށް ފާޑު ފާޑު ތުހުމަތުތައް އަމާޒުވަމުންދާ މިކަހަލަ ދަނޑިވަޅެއްގައި މިފަދަ ވާހަކަ އެއް ދެއްކެވުމުން އެވާހަކަފުޅު ގޮސް ލައްވާލާނީ ކޮން ބޭފުޅެއްގެ ގައިގައި ކަން އެއީ ޝަރީފްއަށްވެސް އޮޅިފައި އޮންނަން ޖެހޭނެ އެއްޗެއް ނޫނެއް ނޫންތޯ އެވެ.

އަޅުގަނޑަށް މިއެރި އޮޅުން އަރާނެ ކިތަންމެ ބަޔަކު ތިބޭނެ ނޫން ތޯއެވެ. އަޅުގަނޑަށް މިހީވިހެން ހީވާނެ ކިތަންމެ ބަޔަކުވެސް އުޅޭނެ ނޫންތޯ އެވެ. އެކަމަކު ޝަރީފުއެވެ. އެއީ ކޮން ފިރުއައުނެއްތޯ އެވެ. އެއީ ކޮން ޖާރީއިންނެއްތޯ އެވެ. އެއީ ކޮން 13

ނަންބަރު ކޮޓަރިއެއްތޯ އެވެ. ނުސީދާކޮށް ތިޔަ ވާހަކަ އަމާޒު ތި ކުރެއްވީ ކާކަށްތޯ އެވެ.

އަބްދުﷲ ޝަރީފްހުރާ ދާއިރާޑރ. މުއިއްޒުޕީއެންސީނޫސްވެރިކަމުގެ ބިލުމަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު