Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ގްރިމްސްބީ ޓައުން އަތުން ބަލިވެ، ކަރަބޯ ކަޕް އިން ޔުނައިޓެޑު ކަޓައިފި

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެމް އަމޯރިމް ބުނެފައި ވަނީ، ކޮންމެ ވެސް ކަމެއް ބަދަލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗު ފަށައިގެން ވެސް ޔުނައިޓެޑުގެ ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި، ކުޅުންތެރިން ތިބީ މުޅިން ގެއްލިފައި ކަމަށެވެ. އެހެންވެ ކުޅުންތެރިންގެ މެދުގައި ވެސް ވަރަށް ބާރަށް ވާހަކަ ދައްކަން ޖެހުނު ކަމަށް އަމޯރިމް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2025 | ބުރާސްފަތި 06:32
މެޗުން މޮޅުވުމުން ގްރިމްސްބީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމުން ގްރިމްސްބީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ދެ ވަނަ ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ، ގްރިސްބީ ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑު މުބާރާތުން ކަޓައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ގްރިމްސްބީ ޓައުން އިން ވަނީ ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ގްރިމްސްބީ ޓައުން އިން ވަނީ ދެ ލަނޑު ޖަހައިގެން ކުރި ހޯދައިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގްރިމްސްބީ ޓައުން އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ގާތް ގާތުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިގެން ޔުނައިޓެޑު ޕްރެޝަރަށް ވައްޓާލައިފަ އެވެ. މި ސީޒަންގައި ވެސް ޔުނައިޓެޑުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ގްރިމްސްބީ ޓައުން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޗާލެސް ވާނެމް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑަރަގް ބާންސް އެވެ.

އޭގެ އަށް މިނެޓު ފަހުން ގްރިމްސްބީ ޓައުން އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ގްރިމްސްބީ ޓައުން އަށް އެ ލަނޑު ޖަހައިދިނީ ޓައިރަލް ވަރެން އެވެ. އެ ލަނޑު ޖަހަން ވަރެން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވާނެމް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ބްރަޔަން އެމްބުއޭމޯ އެވެ. އެ ލަނޑު ޖަހަން އެމްބުއޭމޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކޮބީ މައިނޫ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ޔުނައިޓެޑުން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހެރީ މެގުއާ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވެސް ވާދަވެރިކަން ވަނީ ފެނިފަ އެވެ. އެގޮތުން ގްރިމްސްބީ އިން ވަނީ އެ ޓީމުން ޖެހި 13 ޕެނަލްޓީގެ ތެރެއިން 12 ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑުން ޖެހި 13 ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ 11 ޕެނަލްޓީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެމް އަމޯރިމް ބުނެފައި ވަނީ، ކޮންމެ ވެސް ކަމެއް ބަދަލުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗު ފަށައިގެން ވެސް ޔުނައިޓެޑުގެ ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި، ކުޅުންތެރިން ތިބީ މުޅިން ގެއްލިފައި ކަމަށެވެ. އެހެންވެ ކުޅުންތެރިންގެ މެދުގައި ވެސް ވަރަށް ބާރަށް ވާހަކަ ދައްކަން ޖެހުނު ކަމަށް އަމޯރިމް ބުންޏެވެ.

މިދިޔަ ސީޒަަންގައި ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާއިރު، މި ސީޒަންގައި ވެސް އެ ޓީމުގެ ނަތީޖާތައް ދަށްވަމުން އަންނާތީ އަމޯރިމް އަށް ކިޔަމުން އަންނަ ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު