Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ޔަމަން ހަމަނުޖެހުން

ޔަމަނުގެ ވެރި ރަށް ސަނާ އަށް އިސްރާއީލުން ހަމަލާ ދީފި

ޔަމަނުގެ ހޫތީންނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލު ކުރުމުގެ ތެރެއިން، އިސްރާއީލުން ވަނީ ޔަމަނުގެ ވެރިރަށް ސަނާއަށް ހަމަލާދީ، މަދުވެގެން ދެމީހަކު މަރުވެފައެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 18:14
ޔަމަނުގެ ސަނާ އަށް އިސްރާއީލުން ދިން ވައިގެ ހަމަލާތައް އަމާޒުވި އިމާރާތަކުން ދުން އަރަނީ - އޮގަސްޓް 24، 2025

ޔަމަނުގެ ސަނާ އަށް އިސްރާއީލުން ދިން ވައިގެ ހަމަލާތައް އަމާޒުވި އިމާރާތަކުން ދުން އަރަނީ - އޮގަސްޓް 24، 2025

ޔަމަނުގެ ވެރި ރަށް ސަނާ އަށް އިސްރާއީލުން ހަމަލާ ދީފިއެވެ.

މިއީ ހޫޘީން އިސްރާއީލާ ދިމާއަށް ދޫކޮށްލި މިސައިލްތަކަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނެއެވެ.

ހޫތީންގެ މީޑިއާއިން ބުނާ ގޮތުގައި މި ހަމަލާތަކުގައި މަދުވެގެން 2 މީހުން މަރުވެ، 5 މީހުންނަށް އަނިޔާވެފައިވެއެވެ.

މި ހަމަލާ އަކީ ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ބަދަލު ކުރެވެމުންދާ ހަމަލާތަކުގެ ސިލްސިލާ އަށް އިތުރުވި ހަމަލާ އެކެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައި ވަނީ ހަމަލާދެވުނު ތަންތަނުގެ ތެރޭގައި ރިޔާސީ ގަނޑުވަރު ހިމެނޭ އަސްކަރީ މަރުކަޒަކާއި، ކަރަންޓު އުފައްދާ ދެ އިންޖީނުގެ އާއި، ތެޔޮ ރައްކާކުރާ ތަނެއް ހިމެނޭ ކަމަށެވެ. ހޫޘީންގެ ބާރުގެ ދަށުގައިވާ ސަބާ ނިއުސް އޭޖެންސީން ބުނެފައިވަނީ މި ހަމަލާތަކުގައި މަދުވެގެން 2 މީހުން މަރުވެ، 5 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

"މި ހަމަލާތައް ދިނީ ހޫޘީ ޓެރަރިސްޓް ވެރިކަމުން އިސްރާއީލު ދައުލަތާއި ރައްޔިތުންނާ ދެކޮޅަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން، އޭގެ ތެރޭގައި ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ސަރަހައްދަށް އަމާޒުކޮށް ދޫކޮށްލެވުނު ސާފަސް-ޓު-ސާފަސް މިސައިލްތަކާއި ޔޫއޭވީތައް ހިމެނޭ،" ކަމަށް ސިފައިންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ހުކުރު ދުވަހު ހޫޘީން ބުނެފައި ވަނީ އެމީހުން އިސްރާއީލާ ދިމާއަށް ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަމަށެވެ. މިއީ އެެމީހުން ބުނާ ގޮތުގައި ޣައްޒާ ގެ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ދިން އެންމެ ފަހުގެ ހަމަލާއެވެ. އިސްރާއީލުގެ އެއަރ ފޯސްގެ އޮފިޝަލަކު އާދީއްތަ ދުވަހު ބުނެފައިވަނީ މި މިސައިލަކީ މިސައިލް އައިސް ޖެހުމުން އެތައް ގޮވުންތަކެއް ގޮވާ ބައިތައް ހިމެނޭ ސަބް-މިއުނިޝަންތަކެއް ގެ މައްޗަށް އެކުލެވޭ މިސައިލެއް ކަމަށެވެ.

"މިއީ މިފަދަ މިސައިލެއް ޔަމަނުން ފޮނުވާލި ފުރަތަމަ ފަހަރު،" އެ އޮފިޝަލް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާ ގައި ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފަހުން، އީރާނާ ގުޅުން އޮންނަ ހޫޘީން ވަނީ ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެމުން ގެންގޮސްފައެވެ. އެމީހުން މިކަން ކުރަމުންދާ ކަމަށް ބުނަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންނެވެ.

އަދި ޔަމަނުން ވަނީ އިސްރާއީލާ ދިމާއަށް ގިނަ ފަހަރު މަތިން މިސައިލް ހަމަލާތައް ދީފައެވެ. އިސްރާއީލުން މިކަމަށް ރައްދު ދީފައިވަނީ ޔަމަނުގެ ހޫޘީން ގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަލާދީގެންނެވެ. މީގެ ތެރޭގައި މުހިންމު ހުދެއިދާ ބަނދަރުވެސް ހިމެނެއެވެ.

ހޫޘީން ގެ އިސް އޮފިޝަލެއް ކަމަށްވާ އަބްދުލް ޤާދިރު އަލް-މުރްތަދާ އާދީއްތަ ދުވަހު ބުނެފައި ވަނީ ޔަމަނުގެ އާބާދީގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވާ ހޫތީން، ޣައްޒާ ގެ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން މަސައްކަތްކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

"(އިސްރާއީލަށް) އެނގެން ޖެހޭނެ އަޅުގަނޑުމެން ޣައްޒާ ގައި ތިބި އަޅުގަނޑުމެންގެ އަޚުންނާ ދުރުނުވާނެކަން، ކޮންމެ ޤުރުބާނީއެއް ވާންޖެހުނު ނަމަވެސް،" އޭނާ އެކްސްގައި ބުންޏެވެ.

މަސްދަރު: ރޮއިޓާރސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު