Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ޔުކްރެއިން އަށް ސުލްހަ ގެނައުމަށް ރަޝިޔާ ގެ ޝަރުތުތައް ހާމަ ކޮށްފި

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް ވިދާޅުވީ ޔުކްރެއިން އަކީ ނޭޓޯއާ ނުގުޅޭ، ވަކި ފަރާތަކަށް ނުޖެހޭ ޤައުމަކަށް ވާން ޖެހޭނެ ކަމަށާއި، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީންކަން އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ހިމެނޭ ގްރޫޕަކުން ދޭންވާނެ ކަމަށެވެ. އަދި ޔުކްރެއިންގައި ތިބި ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންނަށް ރައްކާތެރިކަން ލިބިދިނުމަކީ ރަޝިޔާގެ އެންމެ މުހިންމު އެއް ލަނޑުދަނޑި ކަމުގައި ވެސް ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 16:44
ރަޝިޔާގެ ފޮރިން މިނިސްޓަރ ސާރގޭ ލަވްރޯވް

ރަޝިޔާގެ ފޮރިން މިނިސްޓަރ ސާރގޭ ލަވްރޯވް

ޔުކްރެއިން އަށް ސުލްހަ ގެނައުމަށް ރަޝިޔާ ގެ ޝަރުތު ތައް އެ ގައުމުގެ ޚާރިޖީ ވަޒީރު ހާމަ ކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ޤައުމުތަކުގެ ގްރޫޕަކުން ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީންކަން ދޭ ފަރާތްތަކުގެ ގޮތުގައި ވާން ޖެހޭނެ ކަމަށެވެ.

ރޮއިޓަރސް އިން މިދިޔަ ހަފްތާގައި ރިޕޯޓުކުރި ގޮތުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ޔުކްރެއިންއިން އިރުމަތީ ޑޮންބާސް ސަރަޙައްދު އެއްކޮށް ދޫކޮށްލަން ޖެހޭނެ ކަމަށާއި، ނޭޓޯއާ ގުޅުމުގެ އުއްމީދުތައް ދޫކޮށްލަން ޖެހޭނެ ކަމަށާއި، ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށާއި، އަދި ހުޅަނގުގެ ސިފައިން ޔުކްރެއިން ގައި ނުބޭތިއްބުން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ލަވްރޯވް އެން.ބީ.ސީ ނިއުސްގެ "މީޓް ދަ ޕްރެސް" އަށް ވިދާޅުވެފައި ވަނީ ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔުކްރެއިން އަށް ދޭ ސަލާމަތީ ޔަޤީންކަމުގެ މައްސަލައާ މެދު މަޝްވަރާ ކުރައްވާފައި ކަމަށެވެ.

އަދި 2022 ވަނަ އަހަރު އިސްތަންބޫލުގައި ބޭއްވި ނާކާމިޔާބުވި މަޝްވަރާތަކާ ބެހޭ މައްސަލަ ވެސް ޕުޓިން ވަނީ ނަންގަވާފައެވެ.

2022 ވަނަ އަހަރު އެ މަޝްވަރާތަކުގައި، ރަޝިޔާ އާއި ޔުކްރެއިން ވަނީ ޔުކްރެއިން އަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ފަސް ދާއިމީ މެންބަރުން ކަމުގައިވާ އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް، ރަޝިޔާ އަދި އެމެރިކާ އަދި އެހެނިހެން ޤައުމުތަކުގެ ފަރާތުން ސަލާމަތީ ޔަޤީންކަން ލިބި ދިނުމުން އޭގެ ބަދަލުގައި ޔުކްރެއިން އިން ދާއިމީ ގޮތެއްގައި ވަކިފަރާތަކަށް ނުޖެހި ދެމި އޮތުމާ މެދު މަޝްވަރާކޮށްފައެވެ.

ލަވްރޯވް އެން.ބީ.ސީއަށް ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުގެ މެންބަރުން ހިމެނޭ ގްރޫޕަކުން ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީންކަން ދޭންވާނެ ކަމަށެވެ. މި ގްރޫޕުގައި ޖަރުމަނުވިލާތާއި ތުރުކީވިލާތް އަދި އެހެނިހެން ޤައުމުތައްވެސް ހިމެނިދާނެ ކަމަށް ލަވްރޯވް ވިދާޅުވިއެވެ.

"އަދި ޔަޤީންކަން ދޭ ފަރާތްތަކުން ޔަޤީންކަން ދޭނީ ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އޭގެ ބަދަލުގައި ޔުކްރެއިން އަކީ ވަކިފަރާތަކަށް ނުޖެހޭ، އެއްވެސް އަސްކަރީ ބްލޮކަކާ ގުޅިފައިނުވާ، އަދި ނިއުކްލިއަރ ހަތިޔާރު ނުގެންގުޅޭ ޤައުމަކަށް ވާންޖެހޭނެ ކަމަށް ލަވްރޯވް ވިދާޅުވިއެވެ.

ލަވްރޯވް ސާފުކޮށް ވިދާޅުވެފައިވަނީ ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވުމަކީ ރަޝިޔާއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރަޝިޔާ އިން ބޭނުންވަނީ ޔުކްރެއިންގައި ތިބި ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންނަށް ރައްކާތެރިކަން ލިބިދިނުން ކަމަށާއި، އަދި ޔުކްރެއިންއާއެކު ސަރަޙައްދާ ބެހޭ މައްސަލައިގައި މަޝްވަރ ކުރަންޖެހޭ ކަމަށެވެ.

މަސްދަރު: ރޮއިޓާރސް

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު