Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުބާއީ

25 މިލިއަން ޑޮލަރުގެ އަގުހުރި ޑައިމަންޑެއް ވަގަށް ނެގި ބަޔަކު އެންމެ 8 ގަޑިއިރު ތެރޭ ޑުބާއީ ފުލުހުން އަތުލައިގަނެފި

އެންމެ 8 ގަޑިއިރުގެ ތެރޭގައި ކުށްވެރިން ވަނީ ހައްޔަރު ކޮށް، މި ސީރިއަސް މައްސަލަ ޙައްލުކުރެވުނީ ޑުބާއީގެ ޒަމާނީ ސަލާމަތީ ނިޒާމާއި އޭ.އައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކަމަށް ޑުބާއީ ފުލުހުން ބުނެފައިވޭ.

ޑުބައި ފުލުހުން 25 މިލިއަން ޑޮލަރުގެ އަގުހުރި ރޯޒް ޑައިމަންޑެއް ވަގަށް ނެގުމުގެ މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 14:06
ޖެމޮލޮޖިކަލް އިންސްޓިޓިއުޓަކުން ސެޓްފިކެޓް ލިބިފައިވާ މި ޑައިމަންޑަކީ ޔުނިކް ޕިއުރިޓީ ރޭޓިން އެއް ލިބިފައިވާ ޑައިމަންޑެއް ކަމަށާއި، މިއީ އެފަދަ އެހެން ޑައިމަންޑެއް ހޯދުމުގެ ފުރުސަތު އޮންނާނީ އެންމެ 0.01 އިން ސައްތަ އެއް ކަމަށް ބުނެފައި އޮތް ޑައިމަންޑެކެވެ

ޖެމޮލޮޖިކަލް އިންސްޓިޓިއުޓަކުން ސެޓްފިކެޓް ލިބިފައިވާ މި ޑައިމަންޑަކީ ޔުނިކް ޕިއުރިޓީ ރޭޓިން އެއް ލިބިފައިވާ ޑައިމަންޑެއް ކަމަށާއި، މިއީ އެފަދަ އެހެން ޑައިމަންޑެއް ހޯދުމުގެ ފުރުސަތު އޮންނާނީ އެންމެ 0.01 އިން ސައްތަ އެއް ކަމަށް ބުނެފައި އޮތް ޑައިމަންޑެކެވެ

25 މިލިއަން ޑޮލަރުގެ އަގުހުރި ރޯޒް ޑައިމަންޑެއް ވަގަށް ނެގި ބަޔަކު ޑުބާއީ ފުލުހުން އަތުލައިގަނެފިއެވެ.

ޑުބާއި ފުލުހުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި އެމީހުން އަތުލައިގަތީ ވައްކަން ކުރިކަން ރިޕޯޓު ކުރިތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރަސްމީ ނޫސް އޭޖެންސީ އިން ހޯމަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ވަގަށް ނަގާފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ރޯޒް ޑައިމަންޑެއް ކަމަށެވެ.

ޑައިމަންޑް ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަން އަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ޕިންކް ޑައިމަންޑް" ކަމަށް ފުލުހުންނާ ހަވާލާދީ އެމިރޭޓްސްގެ ރަސްމީ ނިއުސް އޭޖެންސީ (ވާމް) އިން ބުނެފައިވެއެވެ.

މި ޑައިމަންޑަކީ ފާހަގަކޮށްލެވޭ ޖެމޮލޮޖިކަލް އިންސްޓިޓިއުޓަކުން ސަޓިފައިކޮށްފައިވާ، އަދި ވަކި ޚާއްޞަ ސާފުކަމެއްގެ ދަރަޖައެއް ލިބިފައިވާ ޑައިމަންޑެކެވެ. މިފަދަ އެހެން ޑައިމަންޑެއް ފެނުމުގެ ފުރުޞަތު އޮތީ 0.01% އެވެ.

ފުލުހުން ބުނާ ގޮތުގައި، އޭޝިއާ ގެ ގައުމަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭ މި ގޭންގުން މި ވައްކަން ކުރުމަށް އެއް އަހަރަށްވުރެ ގިނަ ދުވަހު ރޭވުމުގައި އުޅުނު ކަމަށެވެ. އެމީހުންނަކީ މުއްސަނދި މެދުވެރިންގެ ގޮތުގައި ދައްކައި، ގަންނަން ބޭނުންވާ މުއްސަނދި ފަރާތެއް ތަމްސީލުކުރާ ބަޔަކު ކަމަށް ހެދިގެން އުޅުނު ކަމަށެވެ. އަދި އަގުބޮޑު ކާރުތައް ކުއްޔަށް ހިފައި، މަތީ ފަންތީގެ ހޮޓާތަކުގައި ބައްދަލުވުންތައް ބާއްވައި، އަދި ޑައިމަންޑުގެ އަސްލުކަން ކަށަވަރު ކުރުމަށް ނަން މަޝްހޫރު ޑައިމަންޑް މާހިރެއް ވެސް އެމީހުން ހޯދާފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ ވިޔަފާރިވެރިޔާގެ އިތުބާރު ހޯދުމަށް ކުރި މަސައްކަތްތަކެވެ.

އެމީހުންގެ މި ރޭވުމުގެ ސަބަބުން، ޔޫރޫރަޕުން ދުބާއީގައި ވިއްކުމަށް އެތެރެ ކޮށްފައިވާ ޑައިމަންޑް، ރައްކާތެރި ކަމާ އެކު ބާއްވާފައި އޮތް ގަހަނާ ފިހާރައިން ނެރުމަށް ވިޔަފާރިވެރިޔާ އެއްބަސްވިއެވެ. އެންމެ ފަހުން، "ގަންނަ ފަރާތާ" ބައްދަލުކުރުމަށް ކަމަށް ބުނެ އޭނާ ގެއަކަށް ގެންދިޔައެވެ. ޑައިމަންޑް ދެއްކުމާއެއެކު، އެމީހުން އެ ޑައިމަންޑް އަތުލައިގެން ފިލީ ކަމަށް ފުލުހުން ބުނެއެވެ.

މި މީހުން އަތުލައިގަންނަން މަސައްކަތް ކުރި ސީ.އައި.ޑީ ޓީމުތަކުން ތުހުމަތު ކުރެވުނު މީހުންގެ ހަރަކާތްތައް ދެނެގަނެ، އެމީހުން ތިބި ތަންތަން ދެނެގަނެ، ޑައިމަންޑް ގައުމުން ބޭރަށް ގެންދިއުމުގެ ކުރިން ތިން މީހުންވެސް ހައްޔަރު ކުރިއެވެ. ޑައިމަންޑް ފެނުނީ އޭޝިއާގެ ޤައުމަކަށް ފޮނުވުމަށް ގޭންގުން ތައްޔާރުކޮށްފައިވާ ކުޑަ ފްރިޖެއްގެ ތެރެއިންނެވެ.

ދުބާއީ ފުލުހުން ބުނީ ޑައިމަންޑް އައި ގޮތް ގާތުން ބެލުމާއި، ވިޔަފާރިވެރިޔާ އަށް މަކަރުވެރި ގޮތޮކަށް އޮޅުވާލަން ކޮށްފައިވާ މަސައްކަތުން ދައްކުވައިދެނީ މި ޑައިމަންޑް ހޯދުމަށް ކުށްވެރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެންމެ 8 ގަޑިއިރުގެ ތެރޭގައި އޭޝިއާގެ ޤައުމަކަށް ނިސްބަތްވާ ތިން މީހުން ވަނީ ހައްޔަރުކުރެވިފައެވެ. މިކަން ކާމިޔާބުވެފައި ވަނީ ޚާއްސަ އަދި ފީލްޑް ޓީމުތަކުގެ މަސައްކަތާއި، އެންމެ ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ޑުބާއީ ފުލުހުން ބުފައިވެއެވެ.

ޑުބާއީ މީޑިއާ އޮފީހުން ހިއްސާކުރި ފުޓޭޖްގައި ހައްޔަރުކުރެވުނު ތިން މީހުންގެ މޫނު ފޮރުވާފައިވާ ވީޑިއޯ ދައްކާފައިވެއެވެ. އަދި ގޭންގުގެ ސީސީޓީވީ ފުޓޭޖްވެސް ދައްކާފައިވެއެވެ.

2005 އިން ފެށިގެން ދުބާއީގައި މަސައްކަތް ކުރަމުން އައި ވިޔަފާރިވެރިޔާ ބުނީ މި ރޭވުމުގެ ސަބަބުން އޭނާ އަށް ބޮޑު ޝޮކެެއް ލިބުނު ކަމަށެވެ. އަދި ޔޫއޭއީ އިން ކަނޑައަޅާފައިވާ ރަސްމީ ސަލާމަތީ އުސޫލުތަކަށް ތަބާވުމަށް މި ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކަށްވެސް އިލްތިމާސް ކުރިއެވެ.

ޑުބާއީ އަކީ ޑައިމަންޑް ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ ގައުމެކެވެ. އަދި ޔޫއޭއީ ގެ ސަލާމަތާއި ރައްކައުތެރި ކަމާއި ހިންގުމުގެ ނިޒާމުގެ ހަރުދަނާ ކަމަކީ ވެސް ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެމެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު