Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސާބިއާ

ސާބިއާ ގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ، ވެރިކަން ކުރާ ޕާޓީގެ އޮފީސް ތަކުގައި ހުޅު ޖަހައިފި

ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުން މަރުވި 16 މީހުންގެ މައްސަލައިގައި ސާބިއާގެ އާންމު ރައްޔިތުން ރުޅިގަދަވެ ފެށި މުޒާހަރާ ތަކުގައި ފުލުހުންނާ ކުރިމަތިލުން ތައް ވަނީ ހިނގާފައެވެ. ރައީސް ވުޗިޗްގެ 12 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ފެށި މުޒާހަރާތައް މިހާރު ވެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ކުރާ ހަނގުރާމައަކަށެވެ.

ސާބިއާގެ ވެރިކަންކުރާ ޕާޓީގެ އޮފީސްތަކަށް އަލިފާން ޖެހުމާއެކު ފަސްވަނަ ރޭވެސް ސަރުކާރާ ދެކޮޅު މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގައްޖެ

ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 16:34
ސަރުކާރާ ދެކޮޅު މުޒާހަރާވެރިން ވެރިކަންކުރާ ސާބިއާގެ ޕްރޮގްރެސިވް ޕާޓީގެ އޮފީހަށް ގެއްލުން ދެނީ

ސަރުކާރާ ދެކޮޅު މުޒާހަރާވެރިން ވެރިކަންކުރާ ސާބިއާގެ ޕްރޮގްރެސިވް ޕާޓީގެ އޮފީހަށް ގެއްލުން ދެނީ

ސާބިއާގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ، ވެރިކަން ކުރާ ޕާޓީގެ އޮފީސް ތަކުގައި ހުޅު ޖަހައިފިއެވެ.

ސާބިއާގެ ވެރިކަން ކުރާ ސާބިއަން ޕްރޮގްރެސިވް ޕާޓީ (އެސްއެންއެސް) ގެ އޮފީސްތަކުގައި ހުޅު ޖެހިއިރު، ވިދިވިދިގެން ފަސްވަނަ ރޭވެސް ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އާންމުންނާއި ފުލުހުންނާ ދެމެދު ވަރުަގަދަ ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

ވަލްޔޭވޯ ސިޓީގައި މާސްކު އަޅައިގެން ތިބި ބަޔަކު އެސްއެންއެސް ގެ އޮފީސްތަކަށް ހަމަލާދިނުމާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ. ވެރިރަށް ބެލްގްރޭޑާއި ނޮވީ ސަދުގައި ފުލުހުންގެ އަނިޔާވެރިކަމާއި ގުޅޭ ތުހުމަތުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މި ތުހުމަތުތައް ދާޚިލީ ކަންކަމާބެހޭ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މި ހަމަނުޖެހުންތައް ފެށުނީ ނޮވީ ސާޑު ގައި ނޮވެމްބަރު މަހު ރޭލްވޭ ސްޓޭޝަންގެ ބައެއް ވެއްޓުނު ހާދިސާގައި 16 މީހުން މަރުވުމާ ގުޅިގެންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ހާދިސާ ހިނގީ ރައީސް އަލެކްސާންޑަރ ވުޗިޗް ގެ ސަރުކާރުގެ ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުންނެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފެށުނު މުޒާހަރާތަކުގައި އެތައް ސަތޭކަ ހާސް މީހުން ބައިވެރިވެފައިވީ ނަމަވެސް، ބުދަ ދުވަހު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކައުންޓަރ މުޒާހަރާތަކެއް ފެށުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގޮސްފައިވަނީ ސުލްހަވެރިކަމާ އެކުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ނުކުމެ އަވަސް އިންތިޚާބަކަށް ގޮވާލުމުން ގެންދަނިކޮށް ރަޔަޓް ފުލުހުން ވެރިރަށް ބަލްގްރޭޑް އާއި އެހެނިހެން ބޮޑެތި ސިޓީ ތަކަށް ނުކުމެ މުޒާހަރާ ކުރާ މީހުންނާ ވަނީ ކުރިމަތިލާފައެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ސަރުކާރާ ކޯލިޝަން ހަދާފައިވާ ސާބިއަން ރެޑިކަލް ޕާޓީ އޮފީހުގެ ބިއްލޫރިތައް ވެސް ތަޅާލާފައެވެ.

ވޭތުވެދިޔަ ހަފްތާގައި، ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު އިހުތިޖާޖުތަކުގައި މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ހުކުރު ދުވަހު، ކައުންސިލް އޮފް ޔޫރަޕްގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރު މައިކަލް އޯފްލާހަރޓީ ވަނީ ސާބިއާގައި "ފުލުހުން ބޭނުންކުރި ހާލަތާ ނުބައްދަލު ބާރުގެ" މައްޗަށް ކަންބޮޑުވުން ފާޅުކޮށް، "ހަމައެއް ނެތި މީހުން ހައްޔަރުކުރުން ހުއްޓާލައި، ހާލަތު މައިތިރިކުރުމަށް" އިލްތިމާސް ކޮށްފައެވެ.

ރަޝިޔާ އިން ވަނީ މޮސްކޯ އަށް ތާއީދުކުރާ ރައީސް ވުޗިޗް އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ރަޝިޔާގެ ބަޔާނެއްގައި ބުނެފައި ވަނީ "އެކުވެރި ސާބިއާ ގައި ހިނގަމުންދާ ކަންކަމާމެދު އަޅާނުލާ ތިބެވޭކަށް ނެތް" ކަމަށެވެ.

ރައީސް ވުޗިޗް ވަނީ އަވަސް އިންތިޚާބަކަށް ގޮވާލުމުން އެކަމާ އިންކާރުކޮށް، މުޒާހަރާތަކަކީ އޭނާގެ ވެރިކަން ވައްޓާލުމަށް ބޭރުގެ ފަރާތްތަކުން ރާވާފައިވާ ރޭވުމެއްގެ ބައެއް ކަމަށް ބުނެފައެވެ. އޭނާގެ 12 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ މުޒާހަރާތައް މިހާރު ސިފަ ކުރަނީ ކަރަޕްޝަން އާ ދެކޮޅަށް ރައްޔިތުން ވަމުންދާ ގުރުބާނީގެ ރަމްޒެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު