Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އަންގާރަ ވިލޭރޭ އިސްރާއީލުން ދިން ހަމަލާތަކުގައި 11 މީހުން ޝަހީދު ވެއްޖެ

ޣައްޒާ އަށް އިސްރާއީލުން ދޭ ވަރުގަދަ ހަމަލާތަކުގައި އަންގާރަ ވިލޭރޭ 11 މީހުން ޝަހީދު ވެފައި ވާއިރު މިހާތަނަށް 61،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، ޣައްޒާގެ ރައްޔިތުން އުޅެމުންދަނީ ނިކަމެތި ދަތި ހާލުގައި.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 14:05
2025 އޮގަސްޓް 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގައި އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދުވި ބައެއްގެ ހަށިތައް އަލްއަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެނެސްފައި

2025 އޮގަސްޓް 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގައި އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދުވި ބައެއްގެ ހަށިތައް އަލްއަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެނެސްފައި

ޣައްޒާގެ އިރުމަތީ ސަރަހައްދުތަކަށް އަންގާރަ ވިލޭރޭ އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި މަދުވެގެން 11 މީހުން ޝަހީދު ވެއްޖެ އެވެ.

ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ މަތިންދާބޯޓުތަކާއި ޓޭންކުތަކުން ކަމަށް މެޑިކަލް އޮފިޝަލުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ.

އަނެއްކޮޅުން ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔާ އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅިފައިވާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މިސްރުގެ ވެރި ރަށް ގާހިރާ އަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޤަތަރުގައި ފަހުން ބޭއްވުނު ނުސީދާ މަޝްވަރާތައް ވަނީ ނަތީޖާއަކާ ހަމަ އަށް ނުގޮސް ނިމިފައެވެ. 60 ދުވަހުގެ މުައްދަތައް ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުން ހިމެނިފައިވާ މި އެއްބަސްވުން ކާމިޔާބު ނުވި ސަބަބާ ބެހޭ ގޮތުން އިސްރާއީލާއި ހަމާސް އިން އެއްބަޔަކު އަނެއް ބަޔަކު ގޯސް ކޮށްފައި ވެއެވެ.

އިސްރާއީލުން ވަނީ އަލުން ހަނގުރާމައިގެ އޮޕަރޭޝަން ފުޅާ ކޮށް މުޅި ޣައްޒާ ސިޓީ ހިފުމަށް ނިންމާފައެވެ. އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުމާއެކު އިސްރާއީލުން ކޮންޓްރޯލް ކުރި ޣައްޒާ ސިޓީ، އޭގެ ފަހުން ދޫކޮށްލުމާ ގުޅިގެން، ހަމާސް ގެ ހަނގުރާމަ ވެރިން ގެންދަނީ އަލުން އިންތިޒާމުވެ އިސްރާއީލު ސިފައިންނާ ކުރިމަތިލައި ގެރިއްލާ ހަނގުރާމަ އެއް ކުރަމުންނެވެ.

މުޅިން ވީރާނާ ވެފައިވާ އުތުރު ޣައްޒާގެ މި ބޮޑު ސިޓީ ގައި އިސްރާއީލުން ފަށަން އުޅޭ އައު ހަމަލާތައް ކިހާ މުއްދަތަކަށް ދެމިގެންދާނެ ކަމެއް ނުވަތަ ކުރީގެ އޮޕަރޭޝަނާ ފަހުން ފަށަން މިއުޅޭ ހަމަލާތައް ތަފާތު ވާނީ ކިހިނެއް ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގެ މައްޗަށް ވެރިވެގަތުމަށް ރާވާފައިވާ ޕްލޭނާ ގުޅިގެން، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ހާލަތާމެދު ދުނިޔޭގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 61،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ ގެ ބޮޑު ބއެއް ވަނީ ހަލާކުވެ، ކާބޯތަކެއްޗާއި، ބޯފެނާއި، ރައްކާތެރި ހިޔާވަހިކަމުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު