Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އަލްޖަޒީރާގެ ފަސް ނޫސްވެރިއަކަށް ޑްރޯން ހަމަލާ ދީ ޝަހީދު ކޮށްލައިފި

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލު ކައިރީގައި ތިބި އަލްޖަޒީރާގެ ނޫސްވެރިންނަށް އިސްރާއީލުން ދިން ޑްރޯން ހަމަލާގައި ފަސް ނޫސްވެރިން ޝަހީދުވެފައިވާއިރު، އިސްރާއީލުގެ މި އަނިޔާވެރި ޢަމަލު ދުނިޔޭގެ އެކި ފަރާތްތަކުން ކުށްވެރިކުރަމުން ދާއިރު، މިއީ 1992 އިން ފެށިގެން ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ދުވަސްވަރު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2025 | ހޯމަ 12:06
އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދު ވި އަލްޖަޒީރާގެ ފަސް ނޫސްވެރިންގެ ޖަނާޒާ ގައި ޣައްޒާ ސިޓީގެ ގިނަ ބަޔަކު ބައިވެރިވަނީ

އިސްރާއީލުގެ ހަމަލާ އެއް ގައި ޝަހީދު ވި އަލްޖަޒީރާގެ ފަސް ނޫސްވެރިންގެ ޖަނާޒާ ގައި ޣައްޒާ ސިޓީގެ ގިނަ ބަޔަކު ބައިވެރިވަނީ

ޣައްޒާގައި ތިބި އަލްޖަޒީރާގެ ނޫސްވެރިންގެ ޓީމަށް އިސްރާއީލުން ޑްރޯން ހަމަލާދީ، ފަސް ނޫސްވެރިން ޝަހީދު ކޮށްލައިފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންނާއި އދ އިން ވަނީ މި ހަމަލާ ކުއްވެރިކޮށް އިސްރާއީލަށް ފާޑު ކިޔާފައެވެ.

އާދީއްތަ ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ މައި ގޭޓު ބޭރުގައި ޖަހާފައި ހުރި ނޫސްވެރިންގެ ޓެންޓަކަށް އަމާޒު ކޮށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ހަތް މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ޤުރައިޤާ އަދި ކެމެރާމަނުން ކަމުގައިވާ އިބްރާހީމް ޒާހިރު، މުއުމިން އަލިވާ އަދި މުޙައްމަދު ނައުފަލް ހިމެނެއެވެ.

މި ހަމަލާގައި ޣައްޒާ ގެ މިނިވަން ނޫސްވެރި އަކު ވެސް ޝަހީދު ވި ކަމަށް ރިޕޯޓު ކުރެވިފައި ވެއެވެ.

ފޮރިން ޕްރެސް އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި، އިސްރާއީލުން ގަސްދުގައި ފަލަސްތީނުގެ ނޫސްވެރިން ހަނގުރާމަވެރިން ކަމުގައި ލޭބަލް ކޮށް އެމީހުންނަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި މިގޮތައް ޓާގެޓް ކުރުމުގައި އެ ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ކުރެވޭ ހެތްކެއްވެސް ދެއްކިފައި ނުއަޮންނަ ކަމަށް ބުނެފައިވެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ މިއީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފު ވުން ކަމުަގައެވެ. އިސްރާއީލުން ހުރިހާ އާންމު ރައްޔިތުންނާއި ނޫސްވެރިން ހިމާޔަތް ކޮށްދޭން ޖެހޭނެ ކަމަށް ވެސް އދ އިން ބުނެފައިވެއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވާރކުން ބުނީ މިއީ ސީދާ ޓާގެޓް ކޮށްގެން ދިން ހަމަލާ އެއް ކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި މި ހަމަލާގައި އިތުރު ތިން ނޫސްވެރިން ޒަޚަމްވެފައި ވެއެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި އިސްރާއީލުގެ ހަނގުރާމަ ފެށިފަހުން 186 ނޫސްވެރިން މަރުވެފައިވާކަން ކަށަވަރުވެފައި ވެއެވެ.

ސީޕީޖޭ އިން ބުނެފައި ވަނީ 1992 ވަނަ އަހަރުން ފެށިގެން މިފަދަ މަޢުލޫމާތު ރެކޯޑު ކުރަން ފެށި ފަހުން ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ދުވަސްވަރަކީ މިއީ ކަމަށެވެ.

ފާއިތުވި މަހު، ބީބީސީ އާއި އިތުރު ތިން ނޫސް އޭޖެންސީތަކެއް ކަމުގައިވާ ރޮއިޓަރސް، އޭޕީ އަދި އޭއެފްޕީ އިން ވަނީ އެކުގައި ބަޔާނެއް ނެރެ، ޣައްޒާ ގައި ތިބި ނޫސްވެރިންނާ މެދު "ނުހަނު ކަންބޮޑުވާ" ކަމަށް ބުނެފައެވެ. އެ ނޫސްވެރިންނަށާއި، އެމީހުންގެ ޢާއިލާތަކަށް ކާންދިނުމަށް ވެސް ދަތިވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބީބީސީ އަށް މަސައްކަތް ކޮށްދޭ ތިން މިނިވަން ނޫސްވެރިން ބުނެފައިވަނީ އެމީހުންނަށް ގިނަ ދުވަސްތަކެއް ވަންދެން އެއްޗެއް ނުކައި ތިބެން ޖެހޭ ކަމަށާއި، އޭގެ ތެރެއިން އެކަކު ވީޑިއޯ ކުރަމުން ދަނިކޮށް ވަރު ދޫ ވެގެން ވަނީ ވެއްޓިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު