Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

"ޣައްޒާ ސިޓީން ނުނިކުންނާނަން، އަހަރެމެން ދިރިތިބޭނީ ވެސް މަރުވާނީ ވެސް މިތާ"

ޣައްޒާ ސިޓީ ދޫކޮށް ނުދާނެކަމަށް ޣައްޒާގެ ރައްޔިތުން ގަދަ އަޑުން ދަނީ ބުނަމުން، މަރުވިޔަސް ދިރިތިއްބަސް ތިބޭނީ އެތާގައި ކަމަށް އެމީހުން ބުނޭ. ޣައްޒާ ގެ ޙާލަތު ގޯހުން ގޯހަށް ދާއިރު، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި 60,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި ފުރާނަ ގެއްލިފައިވޭ.

ރާއްޖެ އެމްވީ | 9 އޯގަސްޓު 2025 | ހޮނިހިރު 08:54
އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ޣައްޒާ ސިޓީ ގެ މަގު މަތީގައި މީހުން ހަރަކާތްތެރިވަނީ

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ޣައްޒާ ސިޓީ ގެ މަގު މަތީގައި މީހުން ހަރަކާތްތެރިވަނީ

ޣައްޒާ ސިޓީން ނުނިކުންނާނެ ކަމަށާއި، ދިރި ތިބޭނީ ވެސް، މަރުވެ ދާނީ ވެސް އެތަނުގައި ކަމަށް ޣައްޒާ ގެ އާންމު ރައްޔިތުން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ރާވާ، އެތަނުގައި ދިރިއުޅޭ ގާތްގަނޑަކަށް އެއް މިލިއަން ފަލަސްތީނު މީހުން ޣައްޒާގެ ދެކުނަށް ބަދަލުކުރަން އުޅުނު ނަމަވެސް، ގިނަ ރައްޔިތުން އެތަން ދޫކޮށް ދިއުމަށް ދަނީ އިންކާރުކުރަމުންނެވެ.

ޣައްޒާ ސިޓީގައި ދިރިއުޅޭ އުއްމު އިމްރާން އަލްޖަޒީރާ އާ ވާހަކަ ދައްކަމުން ބުނީ އިސްރާއީލު ސިފައިން އެމީހުން އެ ސިޓީން ނުކުމެގެން ދިއުމަށް ބިރުދައްކަމުންދާ ކަމަށެވެ. "އެމީހުން ބުނަނީ ދެކުނަށް ދާށޭ، އަލް-މަވާސީ އަށް ދާށޭ. އެކަމަކު އެއްވެސް ތަނެއް ރައްކާތެރިއެއް ނޫން. އުތުރަކަސް، ދެކުނަކަސް، އިރަކަސް، ހުޅަނގަސް، އަހަރެމެން ތިބޭނީ މިތާ" އޭނާ ބުންޏެވެ.

އޭނާގެ މަންމަ ވެސް އަލްޖަޒީރާ އަށް ބުނީ އޭނާ ވެސް ހުރީ ހަމަ އެ ގޮތުގައި ކަމަށެވެ.

"އަހަރެމެން ޣައްޒާ ސިޓީ ދޫކޮށް ނުދާނަން، އަހަރެމެން ދިރިއުޅޭނީ މިތާގައި، އަހަރެމެން މަރުވާނީ ވެސް މިތާގައި، އަހަރެމެންގެ ހުރިހާ ހަނދާންތަކެއް ހުރީ މިތާގައި، މިތާކުން ނުދާނަން، މަރާލިޔަސް ނުދާނަން، އަހަރެމެންގެ ގެދޮރު ހަލާކު ކޮށްލިޔަސް ނުދާނަން."

ޣައްޒާ ސިޓީގެ ޓެންޓެއް ގައި ދިރިއުޅޭ ސައީދު އަލް-ޒަރުދު ބުނީ އޭނާ ވަނީ 10 ފަހަރު ތަން ބަދަލުކޮށްފައި ކަމަށާއި ދެން ދާނެ ތަނެއް ނެތް ކަމަށެވެ. "އަހަރެން މަރުވާނީ އަހަރެންގެ ބިމުގައި" އޭނާ ބުންޏެވެ.

ޣައްޒާގެ ރައްޔިތުން މިހާރު ކުރިމަތިލާންޖެހިފައިވާ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވީ ނަމަވެސް، ގިނަ ރައްޔިތުން އަދިވެސް ޣައްޒާ ސިޓީގައި ދެމިތިބުމަށް ވަނީ ނިންމާފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 4 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ވަނީ މަރުވެފައެވެ. މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ފުރާނަ ގެއްލުނު މީހުންގެ އަދަދު 201 އަށް އަރާފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާ ގައި ޝަހީދުވި މީހުންގެ އަދަދު 61,330 ށް ވަނީ އަރާފައެވެ. އަދި 152,359 މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުން ނިންމި ނިންމުން އެކި ގައުމުތަކުންނާއި އދ އިން ވަނީ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2018

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

06 އެޕްރީލު 2018
އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ
05 އެޕްރީލު 2018

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި

05 އެޕްރީލު 2018
ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
21 މާރިޗު 2018

ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި

21 މާރިޗު 2018
ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު