Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮލަމްބިއާ

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ ގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތު ވެއްޖެ

ކޮލޮމްބިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުރީގެ ރައީސަކު ޝަރީއަތެއްގައި ކުށްވެރިވެ، 73 އަހަރުގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ ހެކިންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، 12 އަހަރަގެ ޖަލު އަދަބެއް ވަނީ ކުރިމަތިވެފައެވެ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 11:44
ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބޮގޯޓާ ގައި ޝަރީއަތުގެ އަޑު އެހުމަކަށް ފަހު ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބޮގޯޓާ ގައި ޝަރީއަތުގެ އަޑު އެހުމަކަށް ފަހު ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭ ހެކިންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ދިނުމުގެ މައްސަލައެއްގައި ކުށްވެރި ވެއްޖެ އެވެ.

މިއީ އެ ޤައުމުގެ ތާރީޚު ގައި ކުރީގެ ރައީސަކު ޝަރީޢަތެއް ގައި ކުށްވެރިވި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހު ފަނޑިޔާރު ނިންމެވީ، 73 އަހަރުގެ އުރީބޭ، ވަކީލަކާ ގުޅިގެން ޖަލުގައި ތިބި ކުރީގެ ޕެރަމިލިޓަރީ ގްރޫޕްތަކުގެ ތިން މެންބަރަކަށް ނުފޫޒު ފޯރުވައި، އެމީހުން ވައަތު ފިޔައިގެ ސެނެޓަރު އިވާން ސެޕޭޑާ އާ ދެކޮޅަށް ދީފައިވާ ހެކިބަސް ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަން ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ހުރިކަމަށެވެ. 1990 ގެ އަހަރުތަކުގައި އުރީބޭ ގެ ޕެރަމިލިޓަރީ ގްރޫޕަކާ ސެނެޓަރު ސެޕޭޑާ އާ ހުރި ގުޅުންތަކެއްގެ ތުހުމަތުތަކާ ބެހޭ ތަޙުޤީޤެއް ވަނީ ހިންގާފައެވެ.

މި މައްސަލަ ފެށުނީ 2012 ގައި އުރީބޭ ސެޕޭޑާގެ މައްޗަށް ސުޕްރީމް ކޯޓުގައި އަބުރު ގެއްލުވާލުމުގެ ދަޢުވާއެއް އުފުލުމުންނެވެ. ނަމަވެސް، އެއާ ޚިލާފަށް، މައްސަލަ މުޅިން ބަދަލުވެ، ސެޕޭޑާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް މަތީ ކޯޓުން ބާޠިލުކޮށް، 2018 ގައި އުރީބޭ ގެ މައްޗަށް ތަޙުޤީޤު ފެށިއެވެ.

ކޯޓުން މައްސަލަ ސާބިތު ވި ކަމަށް ނިންމުމާއެކު އުރީބޭ 12 އަހަރުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ. ނަމަވެސް ޙުކުމް އިއްވާނީ ހުކުރު ދުވަހު ވަކި އަޑުއެހުމެއްގައެވެ. އޭނާ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.

އުރީބޭގެ މައްޗަށް ޖަލު ހުކުމެއް ކުރި ނަމަވެސް އޭނާގެ އުމުރަށް ބަލާއިރު ޖަލުގައި ހުންނަވަން ނުޖެހޭނެ ކަމަށް ވެއެވެ. އޭގެ ބަދަލުގައި ކޮލަމްބިއާގެ ގާނޫނު އޮންނަ ގޮތުން އޭނާގެ ހުކުމް ގޭ ބަންދަށް ބަދަލު ކުރާނެ އެވެ.

އުރީބޭ އަށް ފާޑުކިޔާ ފަރާތްތަކުން މި ހުކުމް ފާހަގަކުރަނީ، ހަރުކަށި ވައަތު ފިޔައިގެ ޕެރަމިލިޓަރީ ގްރޫޕްތަކާ ގާތް ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވިފައިވާ، ނަމަވެސް އެއްވެސް ކުށެއް ސާބިތުވެފައިނުވާ މީހެއްގެ މައްޗަށް އައި ޙައްޤު ހުކުމެއްގެ ގޮތުގައެވެ.

73 އަހަރުގެ ކުރީގެ ވެރިޔާ އާއި އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މި މުޅި މައްސަލަ އަކީ އަނިޔާވެރިކަމެއް ކަމަށާއި އޭނާ މައުސޫމު ކަމަށެވެ.

އުރީބޭ އާއި އޭނާގެ ވަކީލަކު މި އަޑުއެހުމުގައި ބައިވެރިވީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ.

އުރީބޭ ގެ ޝަރީޢަތާ ގުޅިގެން އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ފާޑު ވިދާޅުވެފައެވެ. 2002 އިން 2010 އަށް އުރީބޭ ރައީސްކަން ކުރެއްވި ދެ ދައުރުގައި އޭނާ އެމެރިކާ އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު