Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ބަޑިޖެހުމުގެ ސަބަބުން މަދުވެގެން 25 މީހުން ޣައްޒާ ގައި ޝަހީދު ވެއްޖެ

އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ބަޑިޖެހުމުގެ ސަބަބުން ޣައްޒާގައި 25 މީހުން ޝަހީދުވެފައިވާ އިރު، އެންމެ ގިނަ މީހުން މަރުވެފައިވަނީ ޒިކިމް ކްރޮސިންގ ކައިރީގައި އެހީގެ ޓްރަކުތަކަށް އިންތިޒާރު ކުރަމުންދަނިކޮށެވެ. އަނެއްކޮޅުން ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަށް ނިމުމެއް އަތުވެދާނެ ކަމުގެ އުއްމީދުވެސް ވަނީ ފަނޑުވެފައެވެ.

ރާއްޖެ އެމްވީ | 26 ޖުލައި 2025 | ހޮނިހިރު 11:43
އޮކްޓޯބަރު 11، 2023 ގައި ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އަޅާ ބޮޑެތި ގެއްލުންތަކެއް ދީފައި

އޮކްޓޯބަރު 11، 2023 ގައި ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އަޅާ ބޮޑެތި ގެއްލުންތަކެއް ދީފައި

ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ބަޑިޖެހުމުގެ ސަބަބުން ޣައްޒާ ގައި މަދުވެގެން 25 މީހުން ޝަހީދު ވެއްޖެ ކަމަށް ސިއްޙީ އިދާރާތަކާއި އެމްބިއުލަންސް ޚިދުމަތުން ހޮނިހިރު ދުވަހު ބުނެފިއެވެ.

އިސްރާއީލުގެ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައި ނުވާ އިރު، މިއީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ބެލެވޭ އަދި ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ހައިހޫނުކަމާ ކުރިމަތިލަމުންދާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.

ގިނަ މީހުން މަރުވެފައިވަނީ އިސްރާއީލާ ޣައްޒާ އާ ދެމެދު އޮންނަ ޒިކިމް ކްރޮސިންގ ކައިރީގައި އެހީގެ ޓްރަކުތަކަށް އިންތިޒާރު ކުރަމުންދަނިކޮށް ބަޑިޖެހުމުގެ ސަބަބުންކަމަށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ގެންދެވުނު ޝިފާ ހޮސްޕިޓަލުގެ މުވައްޒަފުން ބުނެފައިވެއެވެ.

ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޣައްޒާ ސިޓީގެ އެޕާޓްމަންޓް އިމާރާތެއްގައި ތިބި 4 މީހުންނާއި އެހެނިހެން އާންމު މީހުން ހިމެނޭ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެމްބިއުލަންސް ޚިދުމަތުން އެސޯސިއޭޓެޑް ޕްރެސް އަށް ބުނެފައިވެއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ކުރެވެމުން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވާއިރު އެމެރިކާ އާއި އިސްރާއީލުން ބުރާސްފަތި ދުވަހު އެ ޤައުމުތަކުގެ މަޝްވަރާކުރާ ޓީމުތައް އަނބުރާ ގެންގޮސްފައި ވުމާއެކު، މަޝްވަރާތަކުގެ މުސްތަޤުބަލާ މެދު އިތުރު ޔަޤީން ކަމެއް ނެތް ހާލަތަކަށް ވަނީ ގޮސްފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު