Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާ

މެލޭޝިޔާގެ ވެރިރަށުގެ މަގުތަކަށް ސަރުކާރާ ދެކޮޅަށް އެތައް ހާސް ރައްޔިތުން ނުކުމެއްޖެ

ދިރިއުޅުމުގެ އަގުތައް މައްޗަށް ދިއުމާއި އިސްލާހުތައް ނުގެނެވުމުގެ ސަބަބުން، އެތައް ހާސް މެލޭޝިއާގެ ރައްޔިތުން ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ އިސްތިއުފާއަށް ގޮވާލައި މަގުމައްޗަށް ނުކުތެވެ. މީހުން ނުކުތީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ސަރުކާރުން ފައިސާގެ އެހީއާއި ތެލުގެ އަގު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކަރުން ބުނެފައި އޮއްވައެވެ.

ރާއްޖެ އެމްވީ | 26 ޖުލައި 2025 | ހޮނިހިރު 11:21
 މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަނީ - 26 ޖުލައި 2025

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަނީ - 26 ޖުލައި 2025

ދިރިއުޅުމުގެ އަގުތައް މައްޗަށް ދާތީ އެތައް ހާސް މެލޭޝިއާގެ ރައްޔިތުން ހޮނިހިރު ދުވަހު ވެރިރަށުގެ މަގުތަކަށް ނުކުމެ ބޮޑު ވަޒީރުގެ އިސްތިއުފާ އަށް ގޮވައިފިއެވެ.

ޚަރަދު ބޮޑުވަމުން ދިއުމުގެ އިތުރުން ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ ކޯލިޝަން ސަރުކާރުން އިޞްލާޙުތައް ގެނައުމުގައި ފަސްޖެހިފައިވާ ކަމަށް މުޒާހަރާ ކުރާ މީހުން ބުނެފައިވެއެވެ.

އިދިކޮޅު ޕާޓީތަކުން އިންތިޒާމު ކުރި މި މުޒާހަރާ އަކީ 2022 ވަނަ އަހަރުގެ އާންމު އިންތިޚާބަށް ފަހު، އަންވަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ދެކުނު އޭޝިއާގެ ހަވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު އޮތް މެލޭޝިޔާ ގައި ބޭއްވުނު ފުރަތަމަ ބޮޑު މުޒާހަރާ އެވެ.

އިހުތިޖާޖު ކުރާ ފަރާތްތައް ވެރިރަށުގެ މެދުތެރޭގެ އެކި ހިސާބުތަކުގައި އެއްވެ، އެއަށް ފަހު ވެރިރަށުގެ މެދުތެރޭގައިވާ މިނިވަންކަމުގެ މައިދާނަށް ވަނީ ޖަމާވެފައެވެ. އެމީހުން ގެންގުޅުނު ބޯޑުތަކުގައި މެލޭ ބަހުން "އަންވަރު ވެރިކަމުން ފައިބާ" ލިޔެފައި ވެއެވެ.

މުޒާހަރާ އާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

"އޭނާ (އަންވަރު) މިހާރު ވެސް ތިން އަހަރު ވަންދެން ޤައުމު ހިންގައިފި. އެކަމަކު އަދި ވެސް އޭނާ ވީ ވަޢުދުތައް ފުއްދާފަ އެއް ނެތް،" އުމުރުން 35 އަހަރުގެ އިހުތިޖާޖުގެ ބައިވެރިއެއް ކަމަށްވާ ފައުޒީ މަޙްމޫދު އޭއެފްޕީ އަށް ބުންޏެވެ.

އަންވަރު "ވަނީ އިންވެސްޓްމަންޓްތައް ގެނައުމަށް ގިނަ ޤައުމުތަކަށް ޒިޔާރަތް ކޮށްފައި، އެކަމަކު އަދި އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ފެނިފައެއް ނެތް،" ފައުޒީ އިތުރަށް ބުންޏެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރު ވަނީ ދާދި ފަހުން ރަޝިޔާ އާއި ޔޫރަޕަށް ދަތުރުފުޅު ކުރައްވާފައެވެ.

އަންވަރު ބޮޑު ވަޒީރު ކަމަށް ޢައްޔަން ކުރެވުނީ އިޞްލާޙީ ވަޢުދުތަކާ އެކުގައެވެ. އަދި ޤައުމުގެ ބައިބައިވެފައިވާ ސިޔާސީ ނިޒާމުގައި އޮތް ކޮރަޕްޝަނާއި، އާއިލީ ބާރުވެރިކަމާއި، ގާތް މީހުންނަށް ކަންކަން ފަހިވާ ގޮތައް ހިނގަމުންދާ ނޭދެވޭ ކަންކަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޢުދުވިއެވެ.

މުޒާހަރާ އަށް އިއުލާނު ކުރުމާއެކު މީގެ ދެ ތިން ދުވަސް ކުރިން، ބޮޑު ވަޒީރު ވަނީ މީހުން ރުހިދާނެ ކަމަށް ބެލޭ ބައެއް ފިޔަވަޅުތައް އިޢުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ފައިސާގެ އެހީ ދިނުމާއި ތެލުގެ އަގު ކުޑަކުރުމަށް ވަޢުދުވުން ހިމެނެއެވެ.

ބުދަ ދުވަހު އަންވަރު އިޢުލާނު ކުރެއްވި ގޮތުގައި 18 އަހަރުން މަތީގެ މެލޭޝިއާގެ ކޮންމެ ރައްޔިތަކަށް 100 މެލޭޝިއާ ރިންގިޓް (23.71 އެމެރިކާ ޑޮލަރު) ގެ އެއް ފަހަރު ދޭ ފައިސާގެ އެހީ އެއް އޯގަސްޓް 31 އިން ފެށިގެން ދޭން ފަށާނެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެހިކަލް ދުއްވާ 18 މިިލިއަން މީހުންނަށް ތެޔޮ ލީޓަރެއް 1.99 ރިންގިޓަށް ގަތުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. މިހާރު ލީޓަރެއް ވިއްކަނީ 2.05 ރިންގިޓް އެވެ.

ސިޔާސީ ދިރާސާވެރިން މި ކަންކަން ދެކެނީ އިތުރު ވަމުންދާ ރައްޔިތުންގެ ނުތަނަވަސް ކަން ކުޑަކުރުމަށާއި ހޮނިހިރު ދުވަހުގެ އިހުތިޖާޖުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށް އަންވަރު އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު