Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ހަނގުރާމައިގެ ތެރޭގައި ފުރަތަމަ ފަހަރަށް ޣައްޒާ ގެ ދަރިވަރުން އިމްތިހާނު ހަދަނީ

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާއި ތަޢުލީމީ އިންފްރާސްޓްރަކްޗަރގެ 95 އިންސައްތަ ހަލާކުވުމުގެ ސަބަބުން، 660,000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ދިއުން ވަނީ ހުއްޓިފައެވެ. އދ. އިން ބުނާ ގޮތުގައި މިއީ ޣައްޒާ ގެ ސްކޫލް އުމުރުގެ އާބާދީގެ ގާތްގަނޑަކަށް ހުރިހާ ކުދިން

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 17:00
ޖުލައި 3، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީ އަށް ދިން އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން މުސްތަފާ ހާފިޒް ސްކޫލާއި އެ ސްކޫލުގެ ވަށައިގެންވާ ޓެންޓްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި

ޖުލައި 3، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީ އަށް ދިން އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން މުސްތަފާ ހާފިޒް ސްކޫލާއި އެ ސްކޫލުގެ ވަށައިގެންވާ ޓެންޓްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން ޣައްޒާ ގެ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް އިމްތިހާނު ދޭން ފަށައިފި އެވެ.

ޣައްޒާ ގައި އެތައް ސަތޭކަ ފަލަސްތީނު ދަރިވަރުންނެއް ޔުނިވަރސިޓީ ތައުލީމު ހާސިލު ކުރުމުގެ އުންމީދު ގައި، ޣައްޒާ ގެ ތަޢުލީމާ ބެހޭ ވުޒާރާ އިން އިންތިޒާމު ކޮށްގެން ބާއްވާ ސާނަވީ ތަޢުލީމު ނިންމުމުގެ މުހިންމު އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް އިން ދެކުނު އިސްރާއީލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާ ގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އިމްތިހާނު ހޮނިހިރު ދުވަހު ބޭއްވުމަށް މި މަހުގެ ކުރީކޮޅު ތައުލީމާ ބެހޭ ވުޒާރާ އިން ވަނީ އިއުލާނު ކޮށް ތާވަލު ނެރެފައެވެ.

އިމްތިހާނު ގައި ބައިވެރިވުމަށް 1,500 އެއްހާ ދަރިވަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އިމްތިހާނު ބޭއްވޭނީ ޚާއްޞަ ސޮފްޓްވެއަރއެއް ބޭނުން ކޮށްގެން އިލެކްޓްރޯނިކް ވަސީލަތް ތަކުން ކަމަށާއި، އިމްތިހާނު އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ތައްޔާރީ ތަކެއް ވަނީ ފުރިހަމަކޮށްފައި ކަމަށް ވުޒާރާ އިން ކަށަވަރު ކޮށްދީފައި ވެއެވެ.

ކޮންމެ ދުވަހަކުވެސް އިސްރާއީލުން ޣައްޒާ އަށް ބޮން އަޅަމުން ގެންދިއުމަށް ރިޢާޔަތްކޮށް، ސަލާމަތްތެރިކަމުގެ ކަންކަމަށް ވިސްނައި، ބައެއް ދަރިވަރުން އޮންލައިން އިމްތިހާނު ހަދާނީ ގޭގައި ތިބެގެންނެވެ. އަނެއްބައި ދަރިވަރުން އިމްތިހާނު ދެނީ އެ ދަރިވަރުން ތިބި ސަރަޙައްދަށް ބަލައި، އެކި ތަންތަނުގައެވެ.

އަލްޖަޒީރާ ގެ ރިޕޯޓަރު ދީރުލް ބަހާހް އިން ރިޕޯޓު ކުރި ގޮތުގައި، ފަލަސްތީނު ދަރިވަރުންނަށް މި އިމްތިހާނަކީ މަތީ ތަޢުލީމާއި، ސްކޮލަރޝިޕްތަކާއި، އިސްރާއީލުގެ ބްލޮކޭޑުން ނުކުތުމަށް މުހިންމު ދޮރެކެވެ.

އޭނާ ބުނީ "ހަނގުރާމައިގެ ސަރަޙައްދެއްގައި، ކްލާސްރޫމް ތަކެއް ނެތި، ފޮތްތައް ނެތި، އިންޓަނެޓްގެ ޚިދުމަތްވެސް ކުޑަކޮށް ލިބޭ އިރު، ޣައްޒާ ގެ ދަރިވަރުން ވަނީ އިމްތިހާނަށް ހާޒިރުވެ، ލޮގިންވެ، އެމީހުންގެ ފައިނަލް އިމްތިހާނު ހަދަމުންނެވެ. އެމީހުންގެ މުސްތަޤުބަލު ހަނގުރާމަގެ ސަބަބުން ފުހެލުމަށް ދޫކޮށް ނުލައެވެ."

ހަނގުރާމަ ފެށުމަށް ފަހު، ޣައްޒާ ގެ ގިނަ ދަރިވަރުންގެ ތަޢުލީމު ވަނީ މެދުކެނޑިފައެވެ. އަދި ހޮނިހިރު ދުވަހުގެ އިމްތިހާނުގެ ނަތީޖާ އިން އެމީހުންނަށް ޔުނިވަރސިޓީ ގައި ކިޔެވުމުގެ މަގު ތަނަވަސް ވާނެ އެވެ.

އިމްތިހާނު ގައި ބައިވެރިވާ ގިނަ ދަރިވަރުން މިހާރު ޔުނިވަރސިޓީ ގައި ކިޔަވަމުން ގެންދަން ޖެހޭނެ ނަމަވެސް، ހަނގުރާމައިގެ ސަބަބުން އެ ދަރިވަރުންނަށް ވަނީ ހައި ސްކޫލް ފެންވަރާ ހަމައިން ކިޔެވުން ހުއްޓިފައެވެ. އެއީ އިސްރާއީލުގެ ހަމަލާ ތަކުން ޣައްޒާ ގެ ތަޢުލީމީ ނިޒާމާއި އެހެނިހެން މަދަނީ އިންފްރާސްޓްރަކްޗަރ ހަލާކު ކޮށްލާފައި ވާތީއެވެ.

މި ދަތި އުނދަގޫ ހާލަތާ ގުޅޭ ގޮތުން، ޣައްޒާ ގެ ތަޢުލީމާ ބެހޭ ވުޒާރާ އިން ވަނީ ފުރަތަމަ ފަހަރަށް އޮންލައިން ޕްލެޓްފޯމެއް ތަޢާރަފު ކޮށްފައެވެ. މި ޕްލެޓްފޯމުގެ ޒަރީއާ އިން ހައި ސްކޫލް ގައި ކިޔަވަމުންދާ ސީނިއަރ ދަރިވަރުންނަށް ފައިނަލް އިމްތިހާނު ދެވޭނެއެވެ.

މެދުތެރޭ ޣައްޒާ ގެ ގަވަރނަރޭޓުގެ އިމްތިހާނުތަކުގެ ޑިރެކްޓަރު މުރާދު އަލް-އަޣާ އަލްޖަޒީރާ އަށް ބުނެފައި ވަނީ ދަރިވަރުން އިމްތިހާނު ދިނުމަށް އެޕް ޑައުންލޯޑު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ދަރިވަރުންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި މި ކަންބޮޑުވުންތައް ވާނީ ވުޒާރާގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.

'މިއީ ވަރަށް އުނދަގޫ ކަމެއް' ދަރިވަރުން ލޮގިން ވަނީ ކެފޭތަކުންނާއި، ޓެންޓުތަކުންނާއި، ހިމާޔަތް ހޯދާ ތަންތަނުންނެވެ. އެއީ ޗާޖުކޮށްފައިވާ ޑިވައިސް އަކާއި މަސައްކަތްކުރާ އިންޓަނެޓް ކަނެކްޝަނެއް ލިބޭ ކޮންމެ ތަނަކުންނެވެ.

ފައިނަލް އިމްތިހާނުގެ ކުރިން، ދަރިވަރުން ވަނީ މޮކް ޓެސްޓެއް ފުރިހަމަ ކޮށްފައެވެ. މި ޓެސްޓުގެ ބޭނުމަކީ ދަރިވަރުން އުނގެނިފައިވަ މިންވަރު ބެލުމުގެ އިތުރުން ސިސްޓަމުގެ ސްޓެބިލިޓީ ޓެސްޓު ކުރުމެވެ.

ދަރިވަރުން އަލްޖަޒީރާ އަށް ކިޔައިދިން ގޮތުގައި ޣައްޒާ ގައި އިމްތިހާނު ހެދުން ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ.

ދަރިވަރުން ބުނާ ގޮތުގައި އިންޓަނެޓް ފެންވަރު ވަރަށް ދަށެވެ. އޭގެ އިތުރުން ގިނަ ދަރިވަރުންގެ އަތުގައި ޑިވައިސްތަކެއް ނެތެވެ. އަދި އިމްތިހާނު ހަދާނެ ރައްކާތެރި ތަނެއްވެސް ނެތެވެ. އިސްރާއީލުގެ ބޮންއެޅުމުގެ ތެރެއިން ދަރިވަރުންގެ ފޮތްތައް ވެސް ވަނީ ގެއްލިފައެވެ.

ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން، މަދު އަދަދެއްގެ މުދައްރިސުން ވަނީ ގެއްލުން ލިބިފައިވާ ކްލާސް ރޫމްތައް އަލުން ހުޅުވައި، ސީދާ އެތަންތަނަށް ދަރިވަރުން ގެނެސްގެން އިރުޝާދު ދޭން ފަށާފައެވެ.

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާއި ތަޢުލީމީ އިންފްރާސްޓްރަކްޗަރގެ 95 އިންސައްތަ ހަލާކުވުމުގެ ސަބަބުން، 660,000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ދިއުން ވަނީ ހުއްޓިފައެވެ. އދ. އިން ބުނާ ގޮތުގައި މިއީ ޣައްޒާ ގެ ސްކޫލް އުމުރުގެ އާބާދީގެ ގާތްގަނޑަކަށް ހުރިހާ ކުދިންނެވެ.

ކުރީީގައި އދ. އިން ހިންގަމުން ގެންދިޔަ ގިނަ ސްކޫލުތައް މިހާރު ބޭނުން ކުރަމުން ގެންދަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިމާޔަތް ދިނުމަށެވެ. އަދި މި ތަންތަނަށްވެސް އިސްރާއީލުން ހުއްޓުމެއް ނެތި މަރުގެ ހަމަލާތައް ދަނީ ދެމުންނެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަށް ހުށަހެޅުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވަނީ އިސްރާއީލުގެ ބާރުތަކުން ޣައްޒާ ގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ނައްތާލަމުން ގެންދަނީ ސިސްޓަމެޓިކް ގޮތެއްގައި ކަމަށެވެ. މި ރިޕޯޓުގައި މި ޢަމަލުތައް ސިފަކޮށްފައިވަނީ ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ވެދާނެ ކަމެއްގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު