Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަހާތީރު މުހައްމަދު

މަހާތީރުގެ 100 ވަނަ އުފަން ދުވަހުގެ ނަސޭހަތް - ހަށިގަނޑާއި ސިކުނޑި އަބަދުވެސް ހަރަކާތްތެރި ކޮށް ބަހައްޓާ!

މަހާތީރު މުހައްމަދުގެ ސަތޭކަވަނަ އުފަންދުވަހުގެ މުނާސަބަތުގައި ދެއްވި ނަސޭހަތަކީ ހަށިގަނޑާއި ސިކުނޑި އަބަދުވެސް ހަރަކާތްތެރި ކުރުވަން ޖެހޭނެ ކަމަށާއި ރިޓަޔަރ ކުރުމަށްފަހު ވެސް ޝައުގުވެރި ކަންތައްތައް ކުރުމުގައި ދެމިހުންނަން ޖެހޭނެ ކަމަށެވެ

ރާއްޖެ އެމްވީ | 15 ޖުލައި 2025 | އަންގާރަ 16:54
މަހާތީރު މުހައްމަދު އޭނާގެ 100 ވަނަ އުފަން ދުވަސް ފާހަގަ ކުރެއްވީ ޖުލައި 10، 2025 ގައި

މަހާތީރު މުހައްމަދު އޭނާގެ 100 ވަނަ އުފަން ދުވަސް ފާހަގަ ކުރެއްވީ ޖުލައި 10، 2025 ގައި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ސަތޭކަ ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ހެޔޮ އެދޭ ފަރާތްތަކަށް ދެއްވި ނަސޭހަތުގައި އަބަދުވެސް ހަށިގަނޑާއި ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށް ވިދާޅުވެއްޖެއެވެ.

ޖުލައި 10 ވަނަ ދުވަހު 100 ވަނަ އުފަން ދުވަސް ފާހަގަ ކުރެއްވުމަށް ހެޔޮއެދޭ ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަހާތީރު ވިދާޅުވީ، ސިކުނޑީގެ ދުޅަ ހެޔޮ ކަމަށްޓަކައި އަބަދުވެސް ސިކުނޑި ހަރާތްތެރި ކުރުވަން ޖެހޭނެ ކަމަށެވެ.

އުމުރުން ދުވަސްވެ ރިޓަޔަރ ކުރުމަށް ފަހު ބައެއް ފަހަރު ކަންކަމާ ދުރަށް ގޮސް ކަމެއް ނުކޮށް ކޮޓަރީގައި ގިނަ ވަގުތު މީހުން ހޭދަ ކުރާ ކަމަށާއި، އެ ގޮތުން ކަންކަމާ ފިކުރު ނުކޮށް، މީހުންނާ ވާހަކަ ނުދައްކާ، ފޮތް ނުކިޔާ، ލިޔެ ކިޔާ ނުހަދާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް ސިކުނޑި ހަރަކާތްތެރި ކުރުވަން ޖެހޭނެ." މަހާތީރު ވިދާޅުވިއެވެ.

ހަމަ އެގޮތައް ހަށިގަނޑުވެސް ހަރަކާތްތެރި ކުރުވަން ޖެހޭނެ ކަމަށާއި ހަށިގަނޑު ހަރަކާތްތެރި ނުވާނަމަ ގައިގެ މަސްތަކުގެ ބާރު ކެނޑޭނެ ކަން މަހާތީރު ފާހަގަ ކުރެއްވިއެވެ.

ހުރިހާ އިރެއް ގައިވެސް ގައިގެ މަސްތަކާއި ސިކުނޑި ހަރަކާތްތެރި ކުރުވަން ޖެހޭނެ ކަމަށް މަހާތީރު ވިދާޅުވިއެވެ.

ބައެއް ފަހަރު އަމިއްލަ ނަފްސަށް ގަދަ އަޅައިގެން ވެސް މިކަންކަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވެސް ބައެއް ފަހަރު ނިދާ އަރާމު ކޮށްލަން ދާ ހިތްޕުޅު ވާ ކަމަށާއި، މިހާރު ކުރިއަށް ވުރެ ގިނަ ވަގުތު ނިދޭ ކަމަށާއި އެހެން ނަމަވެސް ގިނަ ވަގުތު ނުނިދަން ވަރަށް މަސައްކަތް ކުރައްވާ ކަމަށް މަހާތީރު ވިދާޅުވިއެވެ.

މަހާތީރު ވިދާޅުވީ އުުމުރުން ދުވަސް ވުމުން އެމީހުން ދަރިން މައިންބަފައިން ދެކެ ލޯބިން އެމީހުން ލައްވާ ކަމެއް ނުކުރުވާ އަރާމު ކުރަން އެނދުގައި ބައިތިއްބަން އުޅޭ ކަމަށާއި އެހެން ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައެވެ.

"އާންމު ދިރިއުޅުޅުން އުޅެން މަސައްކަތް ކުރަން ޖެހޭނީ." މެޑިކަލް ޑޮކްޓަރަކުން ކިޔަވާ ވިދާޅުވި މަހާތީރު ވިދާޅުވިއެވެ.

ދެ ދައުރެއްގެ މަތިން 24 އަހަރުގެ މުއްދަތަކަށް މެލޭޝިޔާގެ ބޮޑު ވަޒީރު ކަން ކުރެއްވާ ގައުމަށް އިންގިލާބީ ތަރައްގީ ގެނެސްދެއްވި މަހާތީރު ވިދާޅުވީ ދުވަހަކު ވެސް އޭނާ ރިޓަޔަރ ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އޭނާ ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާ ކަމަށާއި، ހަފްތާ ބަންދުގައި ވެސް ކޮންމެވެސްމަސައްކަތެއް ކުރައްވާ ކަަމަށެވެ.

މެލޭޝިޔާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑު ވަޒީރުކަން ކުރެއްވި މަހާތީރު ވިދާޅުވީ އުމުރުން ދުވަސް ވިޔަސް އެމީހަކު ޝައުގުވެރިވާ ކަމެއް ކުރުމުގައި ދެމިހުންނަން ވާނެ ކަމަށެވެ.

މަހާތީރު އުފަންވެ ވަޑައިގަތީ 10 ޖުލައި 1925 ގައެވެ.

މަހާތީރު އަކީ މިހާރު ދުނިޔޭގައި ތިއްބެވި މެލޭޝިޔާގައި ބޮޑު ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވެސް އެންމެ ދޮށީ ކުރީގެ ބޮޑު ވަޒީރެވެ.

ފުރަތަމަ ފަހަރަށް 1981 ވަނަ އަހަރު ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ މެލޭޝިޔާގެ އެޑިޔުކޭޝަން މިިނިސްޓަރު ކަމާއި މިިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ކަމާއި ބޮޑު ވަޒީރުގެ ނައިބު ކަން ވެސް ކުރައްވާފައެވެ.

ފޮތް ކިޔުމާއި، ލިޔުންތެރިކަމާއި، ހަށިގަނޑު ހެލިފެލިވެ އުޅުމުގެ މުހިންމު ކަމަށް މީގެ ކުރިން ވެސް މަހާތީރު ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ކެއުން މަދު ކުރުމަށް ހިތްވަރު ދެއްވާ "ކާ އެއްޗެހި މީރު ނަމަ، ކެއުން ހުއްޓާލާށެވެ" މަހާތީރު ކުރިން ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު