Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ ބޯޅަ ލީގު

ސިފައިންގެ ކުލަބުން ޤައުމީ ލީގު ވެސް ކާމިޔާބު ކޮށްފި

މިއީ އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ސިފައިންގެ ކުލަބުން ޤައުމީ ލީގު ކާމިޔާބު ކުރި ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2025 | ބުރާސްފަތި 05:20
ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކުލަބަށް ލީގު ތަށި ހަވާލު ކުރަނީ

ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކުލަބަށް ލީގު ތަށި ހަވާލު ކުރަނީ

ޤައުމީ ވޮލީ ބޯޅަ ލީގުގެ ފަހު މެޗުގައި ކުލަބު އެޗްޑީސީ އަތުން ބަލިވި ނަމަވެސް، ދިވެހި ސިފައިންގެ ކުލަބަށް ލީގުގެ ޗެމްޕިއަންކަން ލިބިއްްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެޗްޑީސީ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޗްޑީސީ އިން ކާމިޔާބު ކުރީ 25-22، 25-22 އަދި 26-25 އިންނެވެ.

ލީގުގެ ފަހު މެޗަށް ނިކުތްއިރު ވެސް ސިފައިންގެ ކުލަބަށް އޮތީ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. އެއީ ލީގުގައި ހުރާ ކޮމިއުނިޓީ ކުލަބުން، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އެ މެޗުގައި ދަޑިމަގުން ވަނީ ތިން ސެޓު އެއް ސެޓުން ހުރާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދީ އެޗްޑީސީ އިންނެވެ. އެޗްޑީސީ އިން އެއް އަހަރުގެ ޤައުމީ ލީގު ކާމިޔާބު ކުރީ ފަހު މެޗުގައި ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އޭގެ ކުރިން 2023 ވަނަ އަހަރު ސިފައިންގެ ކުލަބުން ވަނީ ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ސިފައިންގެ ކުލަބުން ޤައުމީ ލީގު ކާމިޔާބު ކުރި ފަހަރެވެ.

ޤައުމީ ލީގުގެ އެއް ވަނަ ސިފައިންގެ ކުލަބުން ހޯދިއިރު، ދެ ވަނަ ދިޔައީ ދަޑިމަގު އެވެ. ތިން ވަނަ އަށް އެޗްޑީސީ ދިޔައިރު، ހަތަރު ވަނަ އަށް ދިޔައީ ހުރާ އެވެ. ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ދެން އޮންނާނީ ޤައުމީ މުބާރާތެވެ. ޤައުމީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ސިފައިންނެވެ.

ޤައުމީ ވޮލީ ބޯޅަ ލީގު

އިތުރަށް ކިޔާލަން

21 އެޕްރީލު 2025

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ވެމްކޯ ބަލިވެއްޖެ

21 އެޕްރީލު 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ވެމްކޯ ބަލިވެއްޖެ
21 އެޕްރީލު 2025

ސިޓީ ފްރެންޑްސް އިން ގުޑް ގޭމްސް އެކަޑަމީގެ މައްޗަށް ކުރި ހޯދައިފި

21 އެޕްރީލު 2025
ސިޓީ ފްރެންޑްސް އިން ގުޑް ގޭމްސް އެކަޑަމީގެ މައްޗަށް ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު