Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ ބޯޅަ ލީގު

ސިޓީ ފްރެންޑްސް އިން ގުޑް ގޭމްސް އެކަޑަމީގެ މައްޗަށް ކުރި ހޯދައިފި

ސިޓީ ފްރެންޑްސް އިން މެޗު ކާމިޔާބު ކުރީ، މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އެޕްރީލު 2025 | ހޯމަ 03:28
ޤައުމީ ވޮލީ ބޯޅަ ލީގުގައި ސިޓީ ފްރެންޑްސް ކުލަބު ކުޅުނު މެޗުގެ ތެރެއިން

ޤައުމީ ވޮލީ ބޯޅަ ލީގުގައި ސިޓީ ފްރެންޑްސް ކުލަބު ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗުން، ސިޓީ ފްރެންޑްސް ކުލަބު މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ސިޓީ ފްރެންޑްސް އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ގުޑް ގޭމްސް އިން ކާމިޔާބު ކޮށްފައި ވަނީ 25-19 އިންނެވެ. ނަމަވެސް 20-25 އިން ދެ ވަނަ ސެޓި ކާމިޔާބުކޮށް ސިޓީ ފްރްންޑްސް އިން ވަނީ ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ސިޓީ ފްރެންޑްސް އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ތިން ވަނަ ސެޓު 17-25 އަދި ހަތަރު ވަނަ ސެޓު 18-25 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ފްރެންޑްސްގެ ބިދޭސީ ކުޅުންތެރިޔާ ޖުލާލަކް އެވެ.

ޤައުމީ ވޮލީ ބޯޅަ ލީގު ކުރިއަށް ދަނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމުގެ ދެމެދުގަ އެވެ.

ޤައުމީ ވޮލީ ބޯޅަ ލީގު

އިތުރަށް ކިޔާލަން

10 ޖުލައި 2025

ސިފައިންގެ ކުލަބުން ޤައުމީ ލީގު ވެސް ކާމިޔާބު ކޮށްފި

10 ޖުލައި 2025
ސިފައިންގެ ކުލަބުން ޤައުމީ ލީގު ވެސް ކާމިޔާބު ކޮށްފި
21 އެޕްރީލު 2025

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ވެމްކޯ ބަލިވެއްޖެ

21 އެޕްރީލު 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ވެމްކޯ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު