Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

ރައީސް މުއިއްޒުގެ ދުރުވިސްނުމާއި، ސިޔާސަތުގެ ތެރެއިން ކަމެއް އަންނަ ކަމަކަށްވާނަމަ، އެކަމަކަށް ރައްޔިތުން ޝައްކުގެ ނަޒަރުން ބަލާނެ: މެންބަރު އަހުމަދު ދީދީ

ރައީސްގެ އިރުޝާދާ ސިޔާސަތުގެ ދަށުން ކުރާ ކަމަކަށްވާނަމަ، އޭގައި އާއްމު ގޮތެއްގައި 4 ކަމެއް އެކުލެވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 10:30
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުމާއި، ސިޔާސަތުގެ ތެރެއިން ކަމެއް އަންނަ ކަމަކަށްވާނަމަ، އެކަމަކަށް ރައްޔިތުން ޝައްކާއި، ވަހުމްގެ ނަޒަރުން ބަލާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ ރަނގަޅު ބިލެއް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ބިލަކީ ރައީސްގެ ދުރުވިސްނުމާއި، ސިޔާސަތުގެ ތެރެއިން އައި ބިލެއް ކަމަށްވާއިރު، އެހާ ހިސާބުން ދިވެހި ރައްޔިތުން މިކަމަށް ޝައްކާ ވަހުމުގެ ނަޒަރުން ބަލާ ކަމަށެވެ. އޭގެ ސަބަބަކީ ރައީސްގެ އިރުޝާދާ ސިޔާސަތުގެ ދަށުން ކުރާ ކަމަކަށްވާނަމަ، އޭގައި އާއްމު ގޮތެއްގައި 4 ކަމެއް އެކުލެވޭ ކަމަށް ގިނަ ރައްޔިތުން ބުނަމުންދާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ މަކަރާއި، އޮޅުވާލުމާއި، ދޮގު ކަމަށެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ސިޓީގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ސަރުކާރު އަމަލުކުރަމުންދާ ގޮތަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ކަމަށް ބުނެ، މަޝްރޫއު ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އެކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ ސިޔާސަތުގެ ދަށުން ކުރާ ކަމެއްކަމަށްވަންޏާ އޭގައި އާއްމު ގޮތެއްގައި 4 ކަމެއް އެކުލެވޭ ކަމަށް ގިނަ ރައްޔިތުން ހާމަކުރަމުން ގެންދާތީ. އެއީ މަކަރާއި، އޮޅުވާލުމާއި، ދޮގާއި މިކަންތައްތައް. މި ބިލަކީ ހަގީގަތުގައި ވެސް ބޭނުންތެރި ބިލެއް. ރައްޔިތުންގެ ގާތުން އަހަން އެބަޖެހޭ. ރައްޔިތުންގެ ހިޔާލު ހޯދަން އެބަ ޖެހޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިދޭތެރެއިން ފެނިގެން މިދިޔައީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެކުލެވޭ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ނިންމަމުން ގެންދިޔަތަން. މިގޮތުން އައްޑޫ ސިޓީގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯނެއް ހަދައި، އެތަން ތަރައްގީ ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކުއްލިއަކަށް ރައްޔިތުންގެ އެއްވެސް ހިޔާލެއް ހޯދުމެއް ނެތި އެތަން ބަދަލުކޮށްލީ ހަލާލު ޓޫރިޒަމް ޒޯނެއްގެ ގޮތުގައޭ ކިޔާފައި މުޅި މަޝްރޫއު ހުއްޓާލުމުގެ ނިޔަތުގައި އެކަން ބަދަލުކޮށްލީ މިބުނާ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ ދުރުވިސްނޭ ސިޔާސަތުގެ ދަށުން. މިދިޔަ އަހަރު ފެބްރުއަރީ މަހު ހަވާ އަރުވައި، އަމަލީ މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް އެއްވެސް ބައެއްގެ އެހުމަކާ ލަފައެއް ނުހޯދައި ބަދަލުކޮށްލީ މުޅިން އެހެން މޮޑެލްއަކަށް. ބަދަލުކޮށް ރައްޔިތުންގެ އުންމީދުތައް މުޅިން ގެއްލުވާލީ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުން ތަރައްގީގެ މަޝްރޫއުތަކަށް އުންމީދުކުރި ނަމަވެސް މިހާރު އެ އުންމީދެއް ނެތް ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުމަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއައްޑޫ ސިޓީގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު