Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާގެ މައްސަލަ

ފުލުހުންތަކެއްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރި މައްސަލައެއް ބަލަނީ

ށ. މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވަނީ ތަހުގީގު ކުރަން ފަށާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 ޖުލައި 2025 | އަންގާރަ 18:29
ފުލުހުންތަކެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލަ: ފުލުހުން މިހާރުދަނީ އެކަމުގައި ސާމިލް ވި ފަރާތްތައް މާލެ ގެނެސް މައްސަލަ ތަހުގީގު ކުރަމުން

ފުލުހުންތަކެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލަ: ފުލުހުން މިހާރުދަނީ އެކަމުގައި ސާމިލް ވި ފަރާތްތައް މާލެ ގެނެސް މައްސަލަ ތަހުގީގު ކުރަމުން

ށ. މިލަންދޫ ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން އަންގާރަ ދުވަހުގެ ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަކަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެ ފުލުހުންތައް މާލެ ގެނެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން އެ ފަރާތްތައް މާލެ ގެނެސް ދަނީ ތަހުގީގު ކުރަމުން
ޕޮލިސް މީޑިއާ

މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި މި މައްސަލައިގައި މާލެ ގެނައީ ކިތައް ފުލުހުންކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި މީހުންގެ އެކައުންޓަށް ޖަމާކުރަމުން ދިޔައީ ފުލުހުންނަށް ކާން ދޭން ކޭޓަރިން ހިދުމަތްދޭ މީހުންނަށް ދޫކުރާ ފައިސާ އެވެ. މި ފައިސާ ފުލުހުންގެ އެކައުންޓުތަކަށް ޖަމާކުރަމުން ދިޔައީ ކޭޓަރިން ހިދުމަތްދޭ މީހުންނާ ހެދި ޑީލެއްގެ ދަށުންނެވެ.

މި ޑީލުގެ ދަށުން އެ މީހުން ކައިބޮއެ ހަދަމުން ދިޔައީ އަމިއްލައަށް ނަމަވެސް ކޭޓަރިން ހިދުމަތް ލިބޭ ކަމަށް ހަދައިގެން އެ ފައިސާ ބިލުކޮށް ނަގާފައި ވެ އެވެ. މިކަމެއް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންނަށް ކޮއްތު ފައިސާ އަމިއް އަތަށް ދިނުމުގެ ބަދަލުގައި އާއްމުކޮށް އޮންނަނީ ކެއިންބުއިމުގެ ކަންކަން ބިޑް އުސޫލުން ހަވާލުކޮށްފަ އެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެގޮތުން ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައި ވާއިރު ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ.

މިލަންދޫ ޕޮލިސްފުލުހުންފައިސާ ޖަމާކުރުންތަހުގީގުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު