Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން ބަލަމުންދާ މައްސަލަ

މަކަރާއި ހީލަތުގެ ދެ މައްސަލައަކާއި އިތުރު އެހެން ދެ މައްސަލައެއްގައި 4 ބިދޭސީއަކު ހޯދަނީ

2 މައްސަލައިގައި ހާޒިރުވާން އަންގާފައިވަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2025 | އަންގާރަ 14:09
ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅިގެން ހޯދަން އިއުލާން ކުރި ބިދޭސީ މީހުންތައް

ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅިގެން ހޯދަން އިއުލާން ކުރި ބިދޭސީ މީހުންތައް

މަކަރާއި ހީލަތުގެ ދެ މައްސަލައަކާއި އިތުރު އެހެން ދެ މައްސަލައެއްގައި 4 ބިދޭސީއަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ. އިއުލާންކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ 31އ މުހައްމަދު ތޮޔޮބުރު އަދި 20އ މުހައްމަދު އަސަދުއެވެ.

Advertisement - newsAdvertisement

މި ދެމީހުުން ހާޒިރުވާން އަންގާފައިވަނީ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށެވެ.

މީގެ އިތުރުން މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވެއެވެ.

މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް މާފަންނު ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވާން އަންގާފައިވަނީ އެމް.ޑީ މިރު ރަހްމާން (21އ) އަދި އެމް.ޑީ މިންތު މިއާ (38އ) އެވެ.

މުހައްމަދު ތޮޔޮބުރުމުހައްމަދު އަސަދުއެމް.ޑީ މިރު ރަހްމާންއެމް.ޑީ މިންތު މިއާކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގމާފަންނު ޕޮލިސް ސްޓޭޝަން

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ފެނިއްޖެ

05 ސެޕްޓެމްބަރު 2025
ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ފެނިއްޖެ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު